Advertisement
ކ. މާލެ
|
5 މާރޗް 2020 | ބުރާސްފަތި 17:46
ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ޓީމް ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި
ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ޓީމް ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި
ރާއްޖެ އެމްވީ
ރައީސް ޔާމީންގެ ޝަރީއަތް
ދައުވާ ކުރީ ފުލުހުން ހިންގި ތަހުގީގަކަށް ނޫން: ދިފައީ ވަކީލުން
ރައީސް ޔާމީން ވިދާޅުވަނީ ފުލުހުން ސުވާލު ކުރީ ދޮގުމައުލޫމާތު ދިންކަމުގެ ކުށުގައި ކަމަށް
ގއ. ވޮޑަމުލާގެ އެއްވެސް ސުވާލެއް ނުކުރާކަމަށް ވަކީލު ވިދާޅުވި
ދައުލަތުން ބުނަނީ ތަހުގީގުގައި ތުހުމަތު ކުރަނީ މަނީ ލޯންޑަރިންގ ގާނޫނުގެ ދަށުން ކަމަށް ބުނެފައިވާ ކަމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ފަސް އަހަރަށް ޖަލަށްލުމާއެކު، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރި ހުކުމް، އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލާގައި، ފުލުހުން ހިންގި ތަހުގީގާއި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ކުރި ދައުވާ ދިމާނުވާކަމަށް ރައީސް ޔާމީންގެ ފަރާތުން ބުނެފި އެވެ.

އިސްތިއުނާފް މިމައްސަލާގައި، ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާޠިލްކޮށްދިނުމަށް އެދި ރައީސް ޔާމީންގެ ފަރާތުން ވަނީ 75 ނުކުތާ ހުށަހަޅާފަ އެވެ. އެ 75 ނުކުތާ ތަފްސީލުކޮށް ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމަށް ދެ އަޑުއެހުމެއް ބާއްވަން ޖެހުނެވެ.

ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި 75 ނުކުތާއަށް ޖަވާބުދާރީވުމަށް ޕީޖީ އޮފީހުން ހުށަހެޅީ މައިގަނޑު 6 ނުކުތާ އެވެ. ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ ތެރެއިން މައިގަނޑު ގޮތެއްގައި ފާހަގަކުރައްވާފައިވާ، 6 ކަމެއްގެ މަށްޗަށް ބިނާކޮށް ދައުލަތުން ފާހަގަކުރި 6 ނުކުތާއަކީ، ދައުވާގެ އުއްސުރުތައް ފުރިހަމަ ނުވާކަމަށްބުނާ ވާހަތަކާއި ހެކި ބަސްދިން ފަރާތްތަކުގެ ހެކިބަސް ގަބޫލު ނުކުރެވޭނެ ކަމަށް ބުނާ ވާހަކަތަކާއި ދިފާއުގައި ހުށަހެޅި ކަންކަން ބަލައިގަނެފައިނުވާކަމަށް ބުނާ ވާހަކަތަކާއި، ގާނޫނީ ގޮތުން ފާހަގަކޮށްފައިވާ ނުކުތާތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ އިތުރުން ޝަރީއަތް ހިންގުމުގެ އިޖުރާއަތުތަކާއި އަދި ތަހުގީގުގައި މަރުހަލާއާ ގުޅިގެން ދެއްކެވި ވާހަކަތައް ހިމެނެ އެވެ.

ތަހުގީގު މަރުހަލާގެ ނުކުތާއާ ގުޅިގެން ރައީސް ޔާމީންގެ ފަރާތުން ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ވާހަކަ ދެއްކެވި އެވެ.

ރައީސް ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒު ވިދާޅުވީ، ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށް ތަހުގީގު ހިންގިިއިރު މަނީ ލޯންޑްރިންގެ ކުށާ ގުޅޭގޮތުން ސުވާލުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ސުވާލުކޮށްފައިވަނީ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިންކަމުގެ ކުށުގައި ކަމަށެވެ.

ޝިޔާޒުގެ އެވާހަކަތަށް ޖަވާބު ދެއްވަމުން، ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު ވިދާޅުވީ ރައީސް ޔާމީންއަށް ތުހުމަތު ކުރަނީ މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުންކަން "ގާނޫނީ އިންޒާރު"، ތަހުގީގު މަރުހަލާގައި ދިންއިރު ބަޔާން ކޮށްފައިވާނެ ކަމަށެވެ. ރައީސް ޔާމީނަށް ފުލުހުން ދީފައިވާ ގާނޫނު އިންޒާރުން ވެސް އެކަން ސާފުކޮށް ފެންނަން އޮތް ކަމަށާއި އޭގައި ރައީސް ޔާމީން ސޮއި ކުރައްވައި އިނގިލީގެ ނިޝާން ޖަހާފައިވާކަންވެސް ފާހަގަކުރެއްވި އެވެ.

އެކަން ޝަރީއަތުން ޔަގީން ކުރެއްވުމަށްޓަކައި އެ ތަހުގީގުގެ ވީޑިއޯ ހައިކޯޓަށް ވެސް ހުށަހަޅާފައިވާނެ ކަމަށާއި، މި ޝަރީއަތުގެ އަޑު އެހުމުގައި އެވީޑިއޯ ދައްކާލަ ދެއްވުން އެދޭ ކަމަށްވެސް ދައުލަތުގެ ވަކީލާ އެދިލެއްވި އެވެ.

Advertisement

ރައީސް ޔާމީންގެ ގާނޫނީ ވަކީލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، ދައުވާ ކުރީ، ހިންގި ތަހުގީގުގެ މައްޗަށް ނޫން ކަމަށެވެ. އެހެންކަމުން ފަނޑިޔާރުންގެ ބެންޗުން ނިންމީ ވީޑިއޯ ބެލުމަށެވެ.

އެވޯޑިއޯއިން ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލު، ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާ މަންޒަރު ފެންނައިރު، އެރިކޯޑިންގައި އަޑުއިވޭގޮތުން ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު، ރައީސް ޔާމީނަށް ގާނޫނީ އިންޒާރު ދެމުން ސުވާލު ކުރަނީ އެސްއޯއެފްގެ އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އެކައުންޓަށް ޖަމާވެ، އެ ފައިސާ އިސްލާމިކް ބޭންކްގެ އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށް އެ ލޯންޑާކުރި މައްސަލާގައި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުގަ ކަމަށެވެ.

ޝިޔާޒު ވަނީ ދައުލަތުން އޮޅުވާލަން މަސައްކަތް ކުރަމުންދާކަމުގެ ތުހުމަތު ވެސް ކުރައްވާފަ އެވެ. ޝިޔާޒު ވިދާޅުވީ ގާނޫނު އިންޒާރު ފުލުހުން ދީފައިނުވާ ކަމަކަށް ފާހަގަކޮށްފައިނުވާނެ ކަމަށެވެ. ދިފާއުގައި ފާހަގަކުރަނީ ސުވާލު ކުރީ މަނީ ލޯންޑްރިންގެ ކުށާ ގުޅިގެން ނޫން ކަމަށާއި ގދ. ވޮޑަމުލާއާ ގުޅޭ އެއްވެސް ސުވާލެއް ކުރައްވާފައި ނުވާކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، ރައީސް ޔާމީނަށް ގާނޫނު އިންޒާރު ދިނުމުގައި މަނީ ލޯންޑަރިން ގާނޫނުގެ ދަށުން އިންޒާރު ދީފައިވާނެ ކަމަށެވެ.

އެ ނުކުތާއާ ގުޅިގެން ދެބަސްވުން ބޮޑުވެފައިވާތީ، މިމަހުގެ 21 ވަނަ ދުވަހު އިތުރު އަޑުއެހުމެއް ބޭއްވޭނެ ކަމަށާއި ދެފަރާތަށްވެސް ވާހަކަދެއްކުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ނިންމައި، ބުރާސްފަތި ދުވަހުގެ އަޑުއެހުން ވަނީ ނިންމާލާފަ އެވެ.

މަނީ ލޯންޑަރ ކުރުމުގެ ކުށާއި މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނާ ގުޅިގެން، ދައުލަތުގެ ވަކީލު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ އުންސުރުތައް ފުރިހަމަ ނުވާ ކަމަށް ރައީސް ޔާމީންގެ ފަރާތުން އެކަން ފާހަގަކޮށްފައިވީނަމަވެސް، ކުށުގެ އުންސުރުތައް ފުރިހަމަ ވާނެ ކަމަށެވެ. އަދި މިއީ އަމަލުން ފުރިހަމަވާ ކުށެއް ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

މީގެއިތުރުން ދައުލަތުގެ ވަކީލާ ވިދާޅުވީ، މަނީ ލޯންޑަރ ކުރުމަކީ ކޮބައިކަން ރައީސް ޔާމީނަށް ރަނގަޅަށް އެނގިވަޑަގަންނަވާނެ ކަމަށެވެ. އެއީ އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރި މަނީ ލޯންޑްރިންގެ ކުށުގެ ގާނޫނަކީ އެމަނިކުފާނުގެ ވެރިކަމުގައި އެމަނިކުފާނު އަމިއްލަފުޅަށް ތަސްދީގުކޮށްފައިވާ ގާނޫނަކަށްވާއިރު ދައުވާގައި ބުނާ ކުށަކީ ކުށެއް ނޫން ކަމަށް އެމަނިކުފާނަށް ނޭނގޭނެ ކަމަށް ނުބެލެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް