Advertisement
ކ. މާލެ
|
5 މާރޗް 2020 | ބުރާސްފަތި 15:17
ފައިލް ފޮޓޯ
ފައިލް ފޮޓޯ
އަލީ ޔޫސުފް
ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް
ޓައިނީ ހާރޓްސްގެ "ކެއަރ ފޮރ ޓައިނީ ހާރޓްސް" ކޭމްޕް ފަސްކޮށްފި
މި ކޭމްޕް ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 7 އިން 9 އަށް
ކޭމްޕް ފަސްކުރަން ނިންމީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުން ރާއްކޭތެރި ފިޔަވަޅެއްގެ ގޮތުގައި
ކޭމްޕް ބޭއްވޭނެ ތާރީހެއް އިއުލާން ކުރާނެކަމަށް ބުނި

އާސަންދައާ ގުޅިގެން ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް އިން މި މަހު ބޭއްވުމަށް ހަމަޖެހިފައވާ "ކެއަރ ފޮރ ޓައިނީ ހާރޓްސް" ކޭމްޕް ކެންސަލްކޮށްފިއެވެ.

ޓައިނީ ހާރޓްސްއިން ބުނީ މި ހިނގާ މާޗް މަހުގެ 7 އިން 9 އަށް އޭޑީކޭ ހޮސްޕިޓަލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތް ކެންސަލް ކުރަން ޖެހުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުން ރާއްކޭތެރި ފިޔަވަޅެއްގެ ގޮތުގައެވެ. އަދި މި ބަލީގެ ސަބަބުން ދަތުރުކުރުމަށް ގިނަ ދަތިތަކައް ކުރިމަތިވާކަން އެ ޖަމިއްޔާއިން ފާހަގަކޮށްފައިވެއެވެ.

Advertisement

މި ކޭމްޕްގައި އިންޑިއާއިން ޒިޔާރަތް ކުރާ ކުޑަކުދިންގެ ހިތުގެ ބައްޔަށް ހާއްސަ ދެ ޑޮކްޓަރުންނަށް 165 ފަރާތެއް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، ޓައިނީ ހާރޓްސްއިން ބުނީ، މި ކޭމްޕް ފަހުގެ ތާރީހަކަށް ފަސްކުރަން ނިންމާފައިވާކަމަށެވެ.

މި ޑޮކްޓަރުންނަށް ދެއްކުމަށް ރާއްޖެގެ އެކިކަންކޮޅުން ގިނަ ފަރާތްތަކެއް މާލެއަށް އައުމަށް ހަމަޖެހިފައިވާއިރު، މި ނިންމުމުގެ ސަބަބުން ދިމާވެދާނެ އުނދަގޫތަކަށް އެ ޖަމިއްޔާއިން މާފަށް އެދުނެވެ. އަދި ކޭމްޕް ބޭއްވޭނެ ތާރީހެއް އިއުލާން ކުރާނެކަމަށް ބުންޏެވެ.

Advertisement

Advertisement
- ކޮމެންޓް