Advertisement
ކ. މާލެ
|
5 މާރޗް 2020 | ބުރާސްފަތި 13:03
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރާއްޖެ އެމްވީ
ރައީސް ސާލިހު
"ރަށްވެހި ފަތިސް" ކެމްޕޭންގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސާލިހު ފުވައްމުލައް ސިޓީއަށް!
ރައީސް ފުވައްމުލަކަށް ވަޑައިގަތުމަށް ހަަމަޖެހިފައިވަނީ އާދިއްތަ ދުވަހު
އާދިއްތަ ދުވަހު ރައީސް ނަޝީދުވެސް ލ.އަތޮޅަށް ވަޑައިގަތުމަށް ވަނީ ހަަމަޖެހިފައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ކެމްޕޭން ކުރުމަށް އެމްޑީޕީން ކުރިޔަށްގެންދާ "ރަށްވެހި ފަތިސް"ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

"ރަށްވެހި ފަތިސް" ކެމްޕޭނާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވުމަށް އެމްޑީޕީ އޮފީގައި ބޭއްވި ޕްރެސްކޮންފަރެސްގައި ވާހަކަ ދައްކަވަމުން ކެމްޕެއިންގެ ސްޕޯކްސް ޕަރސަން އަފްޝަން ލަޠީފު ވިދާޅުވީ މި ކެމްޕޭން ދަތުރުފުޅުގައި އަންނަ އާދިއްތަ ދުވަހު ރައީސް ޞާލިޙު ފުވައްމުލަކަށް ވަޑައިގެން ކެނޑިޑޭޓުންނާއި އެކުގައި، ކެމްޕޭނުގެ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން އާދިއްތަ ދުވަހު ޕާޓީގެ ރައީސް ރައީސް މުޙައްމަދު ނަޝީދުވެސް ކެމްޕޭން ދަތުރުފުޅުގައި ލ. އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އަފްޝަން ވިދާޅުވިއެވެ.

Advertisement

އެމްޑީޕީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕޭން ޙަރަކާތްތަކުގެ ތެރޭގައި ހުކުރު ދުވަހުގެ މެންދުރުފަހު 14:00 އިން ފެށިގެން މާލޭގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ދޮރުން ދޮރަށް ޙަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެދުވަހު ބާއްވާ ޙަރަކާތުގައި މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގައި ވާދަކުރާ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތައް ހަރަކާތްތެރިވާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް