Advertisement
ކ. މާލެ
|
5 މާރޗް 2020 | ބުރާސްފަތި 15:06
ރައީސް ނަޝީދު ގދ. ފަރެސްމާތޮޑާގައި ވާހަކަފުޅު ދައްކަވަނީ
ރައީސް ނަޝީދު ގދ. ފަރެސްމާތޮޑާގައި ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
ރަށްވެހި ފަތިސް
ތަރައްގީގެ ނާރެހަކީ އާއިލާ: ރައީސް ނަޝީދު
އާއިލާގެ ދުޅެހެޔޮ ކަމަކީ ގައުމު ބިނާކުރަން މުހިންމު ކަމެއް: ރައީސް ނަޝީދު
މި ސަރުކާރުން ކޮށްދިން ކަމަކީ އާއިލީ ދުޅަހެޔޮކަން ކަށަވަރުކުރުން: ރައީސް ނަޝީދު
ހުވަދު އަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެމްޑީޕީގެ ޓީމް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައި

ތަރައްގީގެ ނާރެހަކީ އާއިލާ ކަމަށާއި، މި ސަރުކާރުން މަސައްްކަތް ކުރަނީ އެ މަގުން ގައުމު ބިނާކުރަން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ރަށްވެހި ފަތިސް ކެމްޕެއިންގެ ތެރެއިން ހުވަދު އަތޮޅު ދެކުނު ބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން އެ އަތޮޅު ފަރެސްމާތޮޑާގައި ހުންނަވާ ރައީސް ނަޝީދު ވިދާޅުވީ، މިހާރު އެންމެންވެސް އެންމެ ގިނައިން އުފައްދަމުން އަންނަ ސުވާލަކީ، މި ސަރުކާރުން ކޮށްދިނީ ކޮންކަމެއްތޯ؟ އެވެ. މި ސުވާލުގެ ޖަވާބުގައި ރައްޔިތުންނަށް ދަންނަވަން އޮތް ވާހަކައަކީ، މި ސަރުކާރުން ކޮށްދިން ކަންކަމަކީ އާއިލާތަކުގެ ދުޅެހެޔޮ ކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.

Advertisement

މި މަސައްކަތުގެ ތެރެއިން ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް މިހާރު ހެނދުނުގެ ނާސްތާ ކަށަވަރުކޮށްދެއްވިފައިވާ ކަމަށާއި، ވިހާ މަންމައިންނަށް ހަ މަސް ދުވަހުގެ ޗުއްޓީ އަދި ބައްޕައިންނަށް އެއް މަސް ދުވަހުގެ ޗުއްޓީ ދެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާކަން ފާހަގަކުރެއްވިއެވެ. އޭގެއިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދިވެހި ކިޔަވާކުދިންނަށް ހިލޭ ޑިގްރީ ފޯރުކޮށްދޭން ނިންމާ، އެކަން މިހާރު ކުރަމުން ތަންފީޒުވަމުން އަންނަކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ތަރައްގީއަކީ މިއީ ކަމަށް ވިދާޅުވިއެވެ.

ހުވަދު އަތޮޅު ދެކުނު ބުރީގެ އަތޮޅުތަކަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައެވެ. އަދި މި ދަތުރުގެ ތެރޭގައި އެމްޑީޕީގެ ޓިކެޓުގައި ކައުންސިލްގެ ގޮނޑިތަކަށް ވާދަކުރައްވާ ފަރާތްތަކާއި، އަންހެނުން ކުރިއަރުވާ ކޮމިޓީއަށް ވާދަކުރައްވާ ފަރާތްތަކުގެ ކެމްޕެއިން ރައީސް ނަޝީދު އަރިހުގައި ބައިވެރިވެވަޑައިގަންނަވަައެވެ.

ަފަރެސްމާތޮޑާގައި ބޭއްވި ރަށްވެހި ފަތިސް ކެމްޕޭން ޖަލްސާގެ ތެރެއިން

ވޯކްޝޮޕް ސްޓައިލްއަށް ކުރިއަށް ގެންދާ މި ޖަލްސާތަކުގައި ރައީސް ނަޝީދު އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ގެންދަވަނީ، ލާމަރުކަޒީ ނިޒާމަށް އައިސްފައިވާ ބަދަލުތައް ރައްޔިތުންނަށް އޮޅުންފިލުއްވައި ދެއްވަމުންނެވެ.

އެމްޑީޕީގެ މި ދަތުރުތަކުގައި ރައީސް ނަޝީދު އަރިހުގައި، ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަދި ހުވަދު އަތޮޅު ދެކުނުބުރީގެ ދާއިރާތަކަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ މަޖިލިސް މެމްބަރުންވެސް ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް