ކ. މާލެ
|
5 މާރޗް 2020 | ބުރާސްފަތި 12:12
ލިޔޯން އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން
ލިޔޯން އާއި ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
ފްރެންޗް ކަޕް
ލިޔޯން ބަލިކޮށް ޕީއެސްޖީ ފައިނަލަށް
ލިޔޯން އަތުން ޕީއެސްޖީ މޮޅުވީ 5-1 އިން

އޮލިމްޕިކް ލިޔޯން ބަލިކޮށް ފްރެންޗް ކަޕްގެ ފައިނަލަށް ޕީއެސްޖީ ދަތުރުކޮށްފި އެވެ.

ލިޔޯން އަތުން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ޕީއެސްޖީ މޮޅުވެފައިވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ބުދަ ދުވަހުގެރޭ ލިޔޯންގެ ދަނޑުގައި ކުޅުނު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލިޔޯނުންނެވެ. މެޗުގެ 11 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ މާޓިން ޓެރިއާ އެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ކީލިއަން އެމްބާޕޭ ވަނީ ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ފުރަތަމަ ހާފު 1-1 އިން އެއްވަރުވެގެން ނިމުނުއިރު، ޕީއެސްޖީން މެޗުގައި ލީޑު ނެގީ 64 ވަނަ މިނެޓުގައެވެ. ލިޔޯންގެ ޑިފެންޑަރު ފާނާންޑޯ މާސެލް އޭރިއާ ތެރެއިން ބޯޅައިގައި އަތްލުމުން ޕީއެސްޖީއަށް ޕެނަލްޓީއެއް ލިބުނުއިރު، މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ނޭމާ އެވެ.

އޭގެ ފަހުން 70 ވަނަ މިނެޓުގައި އެމްބާޕޭ ޕީއެސްޖީގެ ތިންވަނަ ލަނޑު ޖެހިއިރު، 81 ވަނަ މިނެޓުގައި ޕަބްލޯ ސަރާބިއާ ވަނީ ޕީއެސްޖީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އިތުރު ވަގުތުގައި ޕީއެސްޖީގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށް، އެމްބާޕޭ ވަނީ މި މެޗުގައި ހެޓްރިކް ހަދާފައެވެ.

ލިޔޯން ބަލިކޮށް މުބާރާތުގެ ފައިނަލަށް ޕީއެސްޖީ ދަތުރުކުއިރު، ފައިނަލްގައި ޕީއެސްޖީ ބައްދަލުކުރަން ޖެހޭނީ ސެމީ ފައިނަލް ދެވަނަ މެޗުގައި ރެނެސް އާއި ސެއިންޓް އެޓިއެން ކުޅެ މޮޅުވާ ޓީމަކާއެވެ.

- ކޮމެންޓް