Advertisement
ކ. މާލެ
|
5 މާރޗް 2020 | ބުރާސްފަތި 11:14
މަސްވެރިކަން ކުރާ އުޅަނދުފަހަރުތަކެއް މާލޭ މަސް މާރުކޭޓް ސަރަހައްދުގައި ބަނދަރުކޮށްފައި
މަސްވެރިކަން ކުރާ އުޅަނދުފަހަރުތަކެއް މާލޭ މަސް މާރުކޭޓް ސަރަހައްދުގައި ބަނދަރުކޮށްފައި
ޝުއައިބް މުހައްމަދު އިގްބާލް
ަމަސްވެރިކަމުގެ ސިނާއަތް
މަސްވެރިކަމަށް ހާއްސަ 25 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމެއްގައި ސޮއިކުރަނީ
މި ފައިސާ އެއްކޮށް ހަރަދުކުރާނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް
އެގޮތުން ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް މަގުފަހި ވެގެންދާނެ
މަސްވެރިންނަށް ހަމައަގު ހޯދައިދީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަކީ ސަރުކާރުގެ ވައުދެއް

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވަން ޚާއްޞަކޮށްގެން، ސަޢުދީ ޢަރަބިއްޔާއިން ފޯރުކޮށްދޭ 25 މިލިއަން ޑޮލަރު (375 މިލިއަން ރުފިޔާ) ގެ ހިލޭ އެހީގެ އެއްބަސްވުމެއްގައި އަންނަ ހަފުތާގެ ތެރޭގައި ސޮއިކުރާނެ ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭންގެ ތެރެއިން ގދ. ގައްދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ސައުދީން ފޯރުކޮށްދޭ އެހީ ބޭނުންކުރާނީ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވަން މި ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށެވެ.

މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވަޢުދުތަކުގެ ތެރޭގައި ގޭދޮށު މަސް ޕްލާންޓްތައް އެޅުމާއި، މަހުގެ ވެލިއު އެޑް ޕްރޮޑަކްޓްސްތައް އުފެއްދުމުގެ ކެޕޭސިޓީ އިތުރު ކުރުމުގެ އިތުރުން، ޒަމާނުއްސުރެން މަސްވެރިން ކުރަމުން އަންނަ ޝަކުވާއެއް ކަމުގައިވާ މަސްވެރިންނަށް ހަމައަގު ހޯދައިދިނުން ހިމެނެއެވެ.

Advertisement

ސަރުކާރުގެ އިސްނެގުމާއެކު، މިދިޔަ އަހަރުގެ ތެރޭގައި ވަނީ މަސްވެރިކަމުގެ ޤާނޫނަށް ބޮޑެތި އިޞްލާޙުތަކެއް ގެނެސް އެ ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ. މިއީ 1987 ވަނަ އަހަރު ފާސްކޮށްފައި އޮތް މަސްވެރިކަމުގެ ޤާނޫނަށް ޒަމާނާ ބައްދަލު ބަދަލުތަކެއް ގެނެސް، ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމަށް އެޅުނު ފުރަތަމަ ފިޔަވަޅެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ މަސްވެރިންގެ ދަފުތަރެއް އެކުލަވާލާ އެފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދީ އެފަރާތްތަކަށް އިޖުތިމާޢީ ރައްކާތެރިކަމާއި ޕެންޝަން ކަށަވަރު ކޮށްދޭންޖެހުމެވެ. އަދި މަސްވެރިކަމުގެ ސިނާޢަތުގައި ދެ ޖިންސުގެ މީހުންނަށް ހަމަހަމަކަމާއެކު ޙަރަކާތްތެރިވުމަށް ބާރުއަޅައި އެކަމަށް މަގުފަހި ކުރުންވެސް ހިމެނެއެވެ.

މި ޤާނޫނުގެ ދަށުން ގެެނެސްފައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި ބޭރު މަސް ބޯޓު ފަހަރަަށް ރާއްޖޭގެ ކަނޑުތަކުން މަސް ބޭނުން މަނާކުރުމާއި، ބޭރުގެ މަސް ކިރާ ދޯނިތަކަށް ރާއްޖެއިން މަސް ގަނެވޭނެ އިންތިޒާމް ހަމަޖެއްސުމާއި އޮފް ޝޯ ފިޝިންގ ޕްލެޓްފޯމްތައް ޤާއިމުކުރުން ހިމެނެއެވެ. އޭގެ އިތުރުން މަސްވެރިކަން އާލާކޮށް ކުރިއެރުވުމަށް މަސްވެރިކަމާ ގުޅޭ އިންސްޓިޓިއުޓްއެއް ނުވަތަ ކޮލެޖެއް ޤާއިމުކޮށް ތަރައްޤީކުރުން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
5 މާރޗް 2020 | ބުރާސްފަތި 13:54
ހަސަނން
ވޯޓު ހޯދަން މަސްވެރިން ހައްދަނާ؛