Advertisement
ކ. މާލެ
|
5 މާރޗް 2020 | ބުރާސްފަތި 11:16
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން
ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން
އެޑްމިން
ރަށްގިރުމުގެ މައްސަލަ
ދަރަވަންދޫގެ އަތިރިމަތި ގިރަމުންދާ މައްސަލައިގައި ޕެޓިޝަނެއް ހުށަހަޅައިފި
މި ޕެޓިޝަން ހުށަހަޅުއްވާފައިވަނީ ބުދަ ދުވަހު
އެ ސަރަހައްދު ހިމާޔަތްކޮށް ރައްކައުތެރިގޮތުގައި ބޭނުންހިފާނެ ގޮތް ހައްދަވައިދެއްވުމަށް ވަނީ އެދިފައި

ބ. ދަރަވަންދޫ އަތިރިމަތި އާދަޔާ ޚިލާފަށް ގިރަމުންދާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

250 މީހުންގެ ސޮޔާއި އެކު، މި ޕެޓިޝަން ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން އެވެ.

ރައްޔިތުންގެ މަޖިލީހަށް މި ޕެޓިޝަނާއެކު ދަރަވަންދޫ ރައްޔިތުންގެ ފަރާތުން ބުދަ ދުވަހު ފޮނުވާފައިވާ ސިޓީގައި ވަނީ ދަރަވަންދޫ އަތިރިމައްޗަކީ ދަތުރުވެރިންނާއި ފަތުރުވެރިން، އަދި ރަށުގެ ޢާންމު ރައްޔިތުންވެސް މޫދަށް އެރުމާއި މޫދު ކުޅިވަރުތަކަށް ނުހަނު ގިނައިން ބެނުންކުރާ ތަނެއް ކަމަށާއި ގޮނޑުދަށުގެ ބޭނުން ހިފާލެއް ބޮޑުވަމުންދިއުމާއި އެކުވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށުގެ މީހުން މޫދަށް އެރޭ ޞަރަޙައްދު (ހުޅަނގުކޮޅު އުތުރުފަރާތް، ރަސްގެ އޮދީ އަތުރުތުމަތި ) އާދަޔާޚިލާފަށް ގިރަމުންދާތީ ، ގޮނޑުދަށުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ދަތިވެގެންދާކަމަށެވެ.

Advertisement

މިކަމަށް ޙައްލެއް ހޯދާ މި ޞަރަޙައްދު ޙިމާޔަތްކޮށް ރައްކާތެރިގޮތުގައި ބޭނުންހިފާނެ ގޮތް ހަދައިދިނުމަށް ވަނީ އެދިފައެވެ.

މި ސިޓީއާއިއެކު ދެ މޫސުމުގައި ގޮނޑުދަށަށް އަންނަމުންދާ ބަދަލުތަކުގެ ފޮޓޯތައްވެސް ވަނީ ހުށަހަޅާފައެވެ.

ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމާއި ދިމާކޮށް ރާއްޖޭގެ ރަށްތައް ގިރަމުންދެއެވެ. ނަމަވެސް މި އަހަރު މިމައްސަލަ އާދަޔާ ޚިލާފަށް ދިމާވަމުންދާކަން ވަނީ ފާހަގަކުރެވިފަ އެވެ. އެކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ޢާންމުންނާއި އެ ރަށްރަށުގެ މީހުންވެސް އަންނަނީ ފާޅުކުރަމުންނެވެ.

އާދަޔާ ޚިލާފަށް ރަށްގިރުމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީގެ ކުއްލި ބައްދަލުވުމެއްވެސް މިދިޔަ މަހު ވަނީ ބާއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް