Advertisement
ކ. މާލެ
|
5 މާރޗް 2020 | ބުރާސްފަތި 07:20
ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
ރައީސް ނަޝީދު
ޑްރެކިއުލަރއަށް ބްލަޑް ބޭންކްގެ ތަޅުދަނޑި ނުދިނުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ނިޒާމެއް
ޕީޕީއެމްއަށް ވެރިކަން ލިބުނު ފަހަރު ލާމަރުކަޒީ ގާނޫނު ރޫޅާލި
ލާމަރުކަޒީ ނިޒާމުން ރަށާއި، އަތޮޅަށް ބާރުވެރިކަން ލިބޭނެ

ޑްރެކިއުލަރއަށް ބްލަޑް ބޭންކުގެ ތަޅުދަނޑި ނުދިނުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިހެން ގޮވާލެއްވީ ގދ. ގައްދޫގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ކެންޕޭން ޖަލްސާގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ލާމަރުކަޒީ ނިޒާމަކީ ކޮންއެއްޗެއް ކަމާއި، ލާމަރުކަޒީ ނިޒާމު ހިންގަން ނޭނގޭނެކަމުގެ މިސާލު ޖައްސަވަމުންނެވެ.

Advertisement

ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ނިޒާމެއް ކަމަށާއި، އެނިޒާމަށް ފަރިތަވެފައި އެނިޒާމުން އެނގޭނީ އެމްޑީޕީއަށްކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމަށް ވެރިކަން ލިބުނު ފަހަރު ލާމަރުކަޒީ ޤާނޫނު ރޫޅާލާ އަދި ރަށްރަށަށް ބާރުވެރިކަން ދިނުމަށް ފަސްޖެހުނު ކަމަށެވެ. އަދި ރަށްރަށުގެ ހަޤީޤީ ތަރައްޤީއާއި މަންފާ ލިބޭނީ އެމްޑީޕީއަށް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ލިބިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުވަރަށް އިހުތިރާމާއެކު އިހުލާސްތެރިކަމާއެކު އެދެން ގައްދޫ ރައްޔިތުންގެ ކިބައިން އެދެނީ ޑްރެކިއުލަރއަށް ބްލަޑް ބޭންކް ހަވާލުނުކުރައްވައްޗޭ . މިހާރު ލޭ ރައްކާކުރާ ބޭންކް ތަޅުގަނޑި ޑްރެކިއުލަރ އަތަށް ދިނީމަ ރައްކާކުރެވިފައި ހުރުން އޭއީ ނާދިރު ކަމެއް. ގިނަ ފަހަރު އޮންނާނީ ބޯލެވިފައި.
ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ގައްދޫގެ ތަރައްޤީއަށް އަލިއަޅުއްވާލައްވާ ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމުން ރަށާއި، އަތޮޅަށް ބާރުވެރިކަން ލިބޭއިރު، ގައްދޫގެ 700 މީޓަރު ކައިރީގައިވާ ހުރިހާ ތަނެއް އެއީ ގައްދޫގެ ތަންތަނަށް ބަދަލުވެގެންދާނެ ކަމަށެވެ. އެގޮތުން ގައްދޫގެ ތަނަކަށް ގަން ބަދަލުވެގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ 05 މިލިއަން ރުފިޔާއަށްވުރެ ކުޑަ ހުރިހާ މަސައްކަތެއް ކައުންސިލްގެ ބާރުވެރިވެރިކަމުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް