Advertisement
ކ. މާލެ
|
5 މާރޗް 2020 | ބުރާސްފަތި 07:24
ކޮރޯނާވައިރަސްއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެޗްޕީއޭ އަދި ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ކޮރޯނާވައިރަސްއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް އެޗްޕީއޭ އަދި ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ހެލްތު މިނިސްޓްރީ
ކޮވިޑް19
ރާއްޖޭގައި ކުރި ޓެސްޓުތަކުން އެއްވެސް މީހަކު މިހާތަނަށް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައެއް ނުވޭ: އެޗްޕީއޭ
ނިއުމޯނިއާ ނުވަތަ އަރިދަދުސްރޯގާ ޖެހި ސީރިއަސް ހާލަތަކަށްދާ ފަރާތްތައް ޓެސްޓްކުރޭ
މިބަލިން ރައްކާތެރިވުމަށް ރާއްޖެއިން ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައި
ކަރަންޓީނުގެ ގިނަ ފެސިލިޓީތަކެއް ވަނީ ގާއިމްކުރެވިފައި

ރާއްޖެއިން ކުރެވުނު ޓެސްޓުތަކުން އެއްވެސް މީހަކު މިހާތަނަށް ކޮރޯނާ ވައިރަސްށް ނުވަތަ ކޮވިޑް19 ޕޮޒިޓިވްވެފައިނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ކޮވިޑް19 ރާއްޖޭގައި އުޅޭތޯ އިތުރަށް ދެނެގަތުމަށް ބަލިއުޅޭ ޤައުމަކަށް ދަތުރުކޮށްފައިނުވި ނަމަވެސް، ނިއުމޯނިއާ ނުވަތަ އަރިދަފުސްރޯގާ ޖެހި ސީރިއަސް ޙާލަތަކަށްދާ ފަރާތްތައް މިބައްޔަށް ޓެސްޓްކުރަމުން އަންނަކަމަށެވެ. އަދި މިކުރެވޭ ޓެސްޓްތަކުން އަދި މިހާތަނަށް އެއްވެސް މީހަކު ޕޮސިޓިވް ވެފައިއެއްނުވާކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.

ހަލުވި މިނެއްގައި ކޮވިޑް19 ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދާއިރު، މިހާތަނަށް ރާއްޖެއިން މިފަދަ ކޭސްއެއް ފެނިފައެއްނުވެއެވެ. އެޗްޕީއޭ އަދި ހެލްތު މިނިސްޓްރީ ތައްޔާރީ ޙާލަތުގައި އޮތްއިރު މިބަލިން ރައްކާތެރިވުމަށް ރާއްޖެއިން ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

Advertisement

އެގޮތުން މިހާތަނަށް ފަރުކޮޅުފުށީގައި 12 ކަރަންޓީން ރޫމް ޤާއިމުކޮށްފައިވާއިރު، ފަރުކޮޅުފުށީގައި 40 އެނދުގެ ކެޕޭސިޓީއާއެކު 02 އައިސީޔޫ އެނދު ޤާއިމުކުރެވިފައިވާ ކަަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި ވިލިވަރުގައި 30 ކޮޓަރީގެ ކަރަންޓީން ރޫމް ޤާއިމުކޮށްފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގައިވެސް ވަނީ ކަރަންޓީން ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު، މިހާތަނަށް އަތޮޅުތަކުގައި ޖުމުލަ 406 އެނދުގެ ކެޕޭސިޓީގެ ކަރަންޓީން ވަނީ ޤާއިމުކޮށްފައެވެ.

ހުރިހާ ބައިނަލްއަޤުވާމީ ބަނދަރުތަކުގައި ސްކްރީން ކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، ނުރައްކާ ބޮޑު ޤައުމުތަކުން މީހުން އައުމާ ފްލައިޓް އައުން ވަނީ ހުއްޓުވިފައެވެ. އެގޮތުން ފުރަތަމަ ހުއްޓާލާފައިވަނީ ޗައިނާއިން އަންނަ ނުވަތަ ޗައިނާގައި ޓްރާންސިޓް ކޮށްފައި އަންނަ ފްލައިޓެވެ. މިހާރު ޗައިނާގެ އިތުރުން، އިރާނުން އަންނަ ކްރޫޒް ލައިނަރތަކާއި، ސައުތް ކޮރެއާގެ ޑޭގޫ، ޖިއޮންބޮކް، ބޫސާން، ސޯލް، ޖިއޮންގީ އަދި ޖިއޮންގނަމް އިން (ދިވެހިން ނޫން މީހުންނަށް) ޓްރެވަލް ރެސްޓްރިކްޝަންތަކެއް ވަނީ ނެރިފައިއެވެ.

ނަމަވެސް އިރާނާއި، ދެކުނު ކޮރެއާއިން ރާއްޖެ އަންނަ ދިވެހިންވެސް 14 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަންޖެހޭނެއެވެ. އޭގެ އިތުރުން، އަންނަ މީހުން އެއަރޕޯޓުގައި އައިސޮލޭޓް ކޮށް، އަދި ހުޅުމާލޭގައިވެސް ސްކްރީން ކުރުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް