Advertisement
ކ. މާލެ
|
5 މާރޗް 2020 | ބުރާސްފަތި 01:06
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
ޔޫސުފް ސޮފްވާން ރަޝީދު
އިލެކްޝަންސް ކޮމިޝަން
އިންތިޚާބު ފަސްކުރުމުގެ އެއްވެސް ވިސްނުމެއް ނެތް: އީސީ
ކޯޓު އަމުރެއްނެތި އިންތިޚާބު ފަސް ނުކުރެވޭނެ ކަމަށް ވިދާޅުވި
އިންތިޚާބު ފަސް ކުރުމުގެ ވިސްނުން އީސީން ގެންގުޅޭ ކަމަށް ވަނީ އަޑުފެތުރިފައި
އެއްވެސް ފަރާތަކުންވެސް އިންތިޚާބު ފަސްކުރުމަށް އީސީގައި އެދިފައެއްނުވޭ

އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި ,އަންހެނުން ތަރައްޤީއަށް މަސައްކަޔްކުރާ ކޮމިޓީގެ އިންތިޚާބު ފަސްކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބަށް މާލޭސިޓީން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ގުރުއަތު ނެގުމަށް ބުދަ ދުވަހުގެރޭ އިލެކްޝަންސް ކޮމިޝަންގެ އިންތިޚާބައި ބެހޭ މަރުކަޒުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެކޮމިޝަނުން ގަބޫލު ކުރާ ގޮތުގައި ރާއްޖޭގެ މާހައުލު އަދި އޮތީ އންތިޚާބު ބޭއްވޭނެ ހާލަތެއްގައި ކަމަށެވެ. އަދި އެނޫން ހާލަތެއް މެދުވެރިވެއްޖެނަމަވެސް ކޯޓުއަމުރެއްނެތި އިންތިޚާބު ފަސްނުކުރެވޭނެ ކަމަށެވެ.

Advertisement

ޝަރީފް މިހެން ވިދާޅުވެފައި މިބަނީ އިންތިޚާބު ފަސް ކުރުމުގެ ވިސްނުން އީސީން ގެންގުޅޭ ކަމަށް އަޑުފެތުރުމާއި ގުޅިގެންނެވެ.

އީސީން އިންތިޚާބު ލަސްކުރުމުގެ ވިސްތަކެއް ގެންގުޅޭ ކަމަށް މީގެ ދެދުވަހެއް ކުރިން މީޑިއާގައި އަޑުފެތެމުން ދިޔަ.ބައެއް ސިޔާސީ ފަރާތްތަކުން އިންތިޚާބު ފަސް ކުރުމަށް މަސައްކަތް ކުރާ ކަމާއި އަދި އިލެކްޝަންސް ކޮމިޝަންގައި އެދިފައިވާ ކަމަށް ވަނީ އަޑުފެތުރިފައި.
އީސީގެ ރައީސް އަހުމަދު ޝަރީފް

ޝަރީފް ވިދާޅުވީ އެއްވެސް ސިޔާސީ ޕާޓީއަކުންވެސް ސަރުކާރުގެ އެއްވެސް ފަރާތަކުންވެސް އިންތިޚާބު ފަސްކުރުމަށް އީސީގައި އެދިފައި ނުވާކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބަށް މާލޭ ސިޓީން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ގުރުއަތުނެގުން ކުރިއަށް ގެންގޮސްފައިވާއިރު މާލޭ ސިޓީ ކައުންސިލްގެ އެއް ގޮނޑި އާއި ޑަބްލިއުޑީސީގެ 10 ގޮނޑި އެމްޑީޕީއަށް ކަށަވަރުވެފައިވާކަން އީސީން ވަނީ އިއުލާން ކޮށްފައެވެ.

އިންތިޚާބަކާއި ނުލާ އެމްޑީޕީއަށް މާލޭ ސިޓީ ކައުންސިލުން ކަށަވަރުވެފައިވަނީ ގަލޮޅު އުތުރު ދާއިރާގެ ގޮނޑި އެވެ.

މީގެ އިތުރުން އިންތިޚާބަކާއި ނުލާ މާލެ ސިޓީގެ ޑަބްލިއުޑީސީއަށް އެމްޑީޕީއަށް ކަށަވަރުވެފައިވަނީ ހެންވޭރު އުތުރު ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ، ގަލޮޅު އުތުރު ދާއިރާ، ގަލޮޅު މެދު ދާއިރާ، ގަލޮޅު ދެކުނު ދާއިރާ، މައްޗަންގޮޅި އުތުރު ދާއިރާ، މައްޗަންގޮޅި މެދު ދާއިރާ، މައްޗަންގޮޅި ދެކުނު ދާއިރާ، މާފަންނު މެދު ދާއިރާގެ އިތުރުން، މާފަންނު އުތުރު ދާއިރާގެ ގޮނޑިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް