Advertisement
ކ. މާލެ
|
4 މާރޗް 2020 | ބުދަ 21:27
މިނިމަމް ވޭޖް ބޯޑުގެ ޗެއަރ މަރިޔަމް ހާލިދާ
މިނިމަމް ވޭޖް ބޯޑުގެ ޗެއަރ މަރިޔަމް ހާލިދާ
މަޖިލިސް
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން
މީއީ މިނިމަމް ވޭޖް ކަނޑައަޅަން އެންމެ ރަނގަޅު ވަގުތެއް ނޫން: ބޯޑުގެ ޗެއަރ
އެންމެ ކުޑަ އުޖޫރާއެއް ކަނޑައެޅީ ކޮވިޑް-19 ފެތުރުމުގެ ކުރިން
އިޤްތިސާދަށް އަންނަ ބަދަލަށް ސަރުކާރުން ވިސްނަންޖެހޭ
މިނިމަމް ވޭޖެއްގެ ގޮތުގައި ކަނޑައަޅަން ބޯޑުން ހުށައެޅީ 6،400 ރުފިޔާ

ދުނިޔޭގައި ހަލުވިކަމާއިއެކު ކޮރޯނާވައިރަސް ފެތުރެމުންދާއިރު، މި ދަނޑިވަޅަކީ މިނިމަމް ވޭޖް ކަނޑައެޅުމަށް އެންމެ ރަނގަޅު ދަނޑިވަޅެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެންމެ ކުޑަ އުޖޫރާ ކަނޑައެޅުމަށް ރައީސް އިބްރަހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ މިނިމަމް ވޭޖް ބޯޑްގެ ޗެއަރމަން މަރިޔަމް ހާލިދާ ވިދާޅުވެއްޖެއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް، ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ވަނީ ބައްދަލުވުމެއް ކުރިޔަށް ގެންގޮސްފައެވެ. އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިމަމް ވޭޖް ބޯޑްގެ ޗެއަރމަން ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް ކުރައްވާފައިވަނީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ހަމަހަމަ ކަމާއިއެކު ލިބޭ އަދަދެއް ކަނޑައެޅުމަށް ކަމަށެވެ.

Advertisement

ހާލިދާ ވިދާޅުވީ، އެންމެ ކުޑަ އުޖޫރާއެއްގެ ގޮތުގައި އަދަދެއް ކަނޑައެޅީ ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ފެތުރެމުން ދިޔުމުގެ ކުރިން ކަމަށެވެ. ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށްވެސް އަސަރުތަކެއް ކުރާނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާއިރު، ސަރުކާރާއި މަޖިލީހުން އެކަންތައްތައް ބެލުން މުހިއްމު ކަމަށެވެ. އެއަށްފަހު ހާލިދާ ވިދާޅުވީ، މިއީ މިނިމަމް ވޭޖް ކަނޑައަޅަން އެންމެ ރަނގަޅު ދަނޑިވަޅެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ބޭއްވި ހިޔާލު ހޯދުމުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލީސް އިދާރާ

ސަރުކާރުގެ ފަރާތުން އެ ބޯޑުގައި ހުންނަވާ ހާލިދާ ވިދާޅުވީ، މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމަޔަށް އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަށް މަސައްކަތް ކުރެއްވީ، އިހްލާސްތެރިކަމާއި އެކު ކަމަށާއި، މަޖިލީހުގެ އިތުރުން އެހެން އިދާރާތަކުން އެކި އަދަދުތައް ބޯޑައް ހުށައެޅި ކަމަށެވެ. ނަމަވެސް ބޯޑުން ނިންމީ ބައިނަލްއަގްވާމީ މިންގަނޑަށް ފެތޭ ގޮތަށް ދިރާސާއެއް ހެދުމަށެވެ.

އެ ބައްދަލުވުމުގައި މިނިމަމް ވޭޖް ބޯޑުން ވަނީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ބޯޑުން ކުރި މަސައްކަތުގެ ޕްރެޒެންޓޭޝަނެއް ދައްކާލާފައެވެ. އެ ޕްރެޒެންޓޭޝަންގެ ތަފްސީލު ދެއްވަމުން ބޯޑްގެ ރިސާޗް އޮފިސަރު ވިދާޅުވީ، ދިރާސާ އަށް މައުލޫމާތު އެއްކޮށްފައިވަނީ، ނެޝަނަލް ބިއުރޯ އޮފް ސްޓޭޓިސްޓިކް (އެންބީއޭސް)، ހައުސް ހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ ސަރވޭގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޝާއިއުކޮށްފައިވާ ނެޝަނަލް ފުޑް ބޭސްޑް ޑައިޓަރީ ގައިޑްލައިން ކަމަށެވެ.

އެ ރިސާޗުގެ ތެރެއިން ޒަރޫރީ ހަރަދުތައް ބެލުމަށް ދެ ބަޔަކަށް ބަހައިލިއެވެ. އެއީ، ކުލީގެ ހަރަދުތަކާއި އަދި ކުލި ފިޔަވާ ގޭބީސީތަކުން ޒަރޫރީ ހަރަދުގެ ގޮތުގައި ކުރާ ހަރަދުތަކެވެ. ބޯޑުން ހެދި ދިރާސާތަކުން ހޯދިފައިވާ ގޮތުން ގޭބީސީގެ ޒަރޫރީ ހާލަތުގެ ތެރެއިން އެންމެ ބޮޑަށް ހިއްސާކުރަނީ ކުލީގެ ހަރަދެވެ. ކުލީގެ ހަރަދު ފިޔަވާ ގޭބިސީގެ ހަރަދުތަކުގެ ގޮތުގައި ޖެހެނީ މަހެއްގެ މައްޗަށް 926 ރުފިޔާއެވެ.

މިނިމަމް ވޭޖެއް ކަނޑައެޅުމަށް ބޮޑުން އެންމެ ބޮޑަށް ބަލާފައިވަނީ ދުނިޔޭގެ މިނިމަމް ވޭޖް ކަނޑައެޅުމަށް ބޭނުންކުރާ އިންޑެކްސް އެއް ކަމަށްވާ ކައިޓްސް އިންޑެކްސްއެވެ. އެ އިންޑެކްސް އަށް ބަލާފައި ބޯޑަށް ހޯދިފައިވަނީ 4125 ރުފިޔާ އާއި 6،544 ދެމެދުގެ އަދަދެކެވެ. ބޯޑުން، މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅާފަައިވާ 6،400 އަކީ 40 އިންސައްތަ މުވައްޒަފުންނަށް ފައިދާ ކުރާނެ އަދަދެއް ކަމަށް ބޯޑުން ބުންޏެވެ. އެއީ ހަފްތާއަކު 48 ގަޑިއިރު މަސައްކަތްކުރާ މީހުންނަށް ލިބެން ޖެހޭ އަދަދެެއް ކަމަށް ބޯޑުން ހުށައެޅި ލަފާގައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
4 މާރޗް 2020 | ބުދަ 22:22
މަރިޔަން
މަރިޔަމް ހާލިދާ އައް ލިބެޔެންނު ބޮދު މުސާރަ. ޢެހެން ވީމަ ހެޔޮވާނެ. ނުފެނެ މުސާރަ ދޭކައް ވެސް.