Advertisement
ކ. މާލެ
|
4 މާރޗް 2020 | ބުދަ 18:48
ޕީޖީ ޝަމީމް
ޕީޖީ ޝަމީމް
ރާއްޖެއެމްވީ
ޕްރޮސެކިއުޓަރ ޖެނެރަލް
ޕީޖީ އޮފީހުގެ ރިވިއު ކޮމިޓީގެ މަސައްކަތް މި މަސްތެރޭގައި ހުއްޓާލަނީ
ކޮމިޓީގެ މަސައްކަތް ހުއްޓާލަނީ މާޗް 15 އިން ފެށިގެން
''ވާނުވާ'' ޖަހާފައިވާ މީހުންގެ އަދަދު ވަނީ ދަށްވެފައި

ޝަރީޔަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތަކާއި، ޝަރީއަތް ނިމެންދެން މައްސަލަތައް ރިވިއުކުރަން އެކުލަވާލާފައިވާ ''ރިވިއު ކޮމިޓީ''ގެ މަސައްކަތް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ނިމުމަކަށް ގެންނަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީން ބުނީ، ''ރިވިއު ކޮމިޓީ'' އާއި އެކު ކޮމިީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އުފައްދާފައިވާ ''އެރެސްޓް ރިމާންޑް'' ކޮމިޝަންގެ މަސައްކަތްވެސް މި މަހުގެ 15 އިން ފެށިގެން ނިންމާލާނެ ކަމަށާއި، އަދި އެ ތާރީހުން ފެށިގެން ރިވިއުކުރުމަށްޓަކައި ޝަކުވާ ހުށަހަޅާ ފޯމް ބަލައިގަތުންވެސް ހުއްޓާލާނެ ކަމަށެވެ.

ކޮމިޓީގެ މަސައްކަތް ހުއްޓާލިޔަސް ޕްރޮސިކިއުޓަރ ޖެނެރަލަށް ގާނޫނީ ގޮތުން ލިބިފައިވާ ބާރުގެ ދަށުން ރިވިއު ކުރަންޖެހޭ ކަމަށް ޕީޖީ އަށް ފެންނަ މައްސަލަތައް ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

Advertisement

''ރިވިއު'' ކޮމިޓީގެ މަސައްކަތް ނިންމާލާފައިވާއިރު، މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވެފައިވާ ގޮތުގައި، ޝަރީއަތް ނިމެންދެން ބަންދުގައި ވަކި ގޮތެއް ނިމެންދެން ''ވާނުވާ'' ޖަހާފައި ތިބި މީހުންގެ ތެރޭގައި، މިހާރު ތިބޭނީ ކޮންމެހެން ތިބެން ޖެހޭ މީހުން ކަމަށެވެ.

ޝަރީއަތް ނިމެންދެން ވާނުވަގައި ތިބޭ މީހުންގެ އަދަދު ގިނަވުމުން އިންސާފަށް ހުރަސް އެޅޭ ކަމަށް ބައެއް ފަރާތްތަކުން ވަނީ މީގެ ކުރިންވެސް އަޑު އުުފުލާފައެވެ. އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އިންސާފު ގާއިމްކޮށްދިނުމަކީ ކޯޓްތަކުގެ މައްޗަށް ގާނޫނު އަސާސީ ލާޒިމް ކުރާ ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް