Advertisement
ކ. މާލެ
|
4 މާރޗް 2020 | ބުދަ 16:51
އައްޑޫސިޓީ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމާއި ގުރުއަތު ނެގުމަށް ބޭއްވި ރަސްމިއްޔާތު
އައްޑޫސިޓީ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމާއި ގުރުއަތު ނެގުމަށް ބޭއްވި ރަސްމިއްޔާތު
ލައިޝާ އަހްމަދު
ައައްޑޫސިޓީ
ކުރިއަށް އޮތް 2 އިންތިޙާބަށް އައްޑޫސިޓީން 53 ކެނޑިޑޭޓުން ކުރިމަތިލައްވައިފި
އެކަން އިއުލާނު ކުރެއްވީ އިލެކްޝަންސް ކޮމިޝަނުގެ ނައިބްރައީސް
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 17 ކެނޑިޑޭޓުން ކުރިމަތިލައްވާފައިވޭ
ލޯކަލް ކައުންސިލް އިންތިޙާބަށް އައްޑޫސިޓީގެ 12 ދާއިރާއަށް 36 ކެނޑިިޑޭޓުން ކުރިމަތިލައްވާފައިވޭ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޙާބަށް އައްޑޫސިޓީން 53 ކެނޑިޑޭޓުން ކުރިމަތިލައްވައިފިއެވެ.

ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމާއި ގުރުއަތު ނެގުމަށް ބުދަ ދުވަހު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަން އިއުލާނު ކުރެއްވީ އިލެކްޝަންސް ކޮމިޝަނުގެ ނައިބްރައީސް އަހުމަދު އަކުރަމްއެވެ.

އަކުރަމް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބަށް އައްޑޫސިޓީގެ 12 ދާއިރާއަށް 36 ކެނޑިިޑޭޓުން ކުރިމަތިލައްވާފައިވާ ކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 17 ކެނޑިޑޭޓުން ކުރިމަތިލައްވާފައިވާ ކަމަށެވެ.

Advertisement

އަކުރަމް އިތުރަށް ވިދާޅުވީ، އައްޑޫސިޓީން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންވެސް ޤާނޫނުގައިވާގޮތުން ރަސްމީކޮށް ކެމްޕެއިން ކުރުމަށް ހުޅުވާލެވިފައިވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ފުލުހުންނާއި، އޭސީސީގެ އިތުރުން، އެޗްއާރްސީއެމްގެ އޮފިޝަލުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް