Advertisement
އައްޑޫ ސިޓީ
|
4 މާރޗް 2020 | ބުދަ 16:48
އައްޑޫސިޓީ އިންތިޙާބަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތު
އައްޑޫސިޓީ އިންތިޙާބަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތު
ލައިޝާ އަހްމަދު
އައްޑޫސިޓީ
އައްޑޫ ސިޓީގެ 3 ދާއިރާއެއް އެމްޑީޕީއަށް ކަށަވަރުވެއްޖެ
ކަށަވަރު ވެފައިވަނީ ކައުންސިލް 1 ދާއިރާ އަދި އަންހެނުންގެ ތަރައްޤީ ކޮމިޓީގެ 2 ދާއިރާ
މި 3 ކެނޑިޑޭޓުންވެސް ކުރިމަތިލައްވާފައިވަނީ އެމްޑީޕީން
ކެނޑިޑޭޓުންގެ ގުރުއަތުލުން ވަނީ ފަށާފައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޙާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޙާބުގެ 3 ދާއިރާއެއް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ކަށަވަރުވެއްޖެއެވެ.

ބުދަ ދުވަހު އައްޑޫސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮޑިޓޯރިއަމްގައި މި ދެ އިންތިޙާބަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތު ފަށާފައިވާއިރު، އެކަން އިއުލާނު ކުރައްވާފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ ނައިބް ރައީސް އަހުމަދު އަކުރަމްއެވެ. އެގޮތުން އެމްޑީޕީއަށް ކަށަވަރުވެފައިވަނީ ލޯކަލް ކައުންސިލް އިންތިޙާބުގެ އެއް ދާއިރާއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޙާބުގެ 2 ދާއިރާއެވެ.

އަކްރަމް ވިދާޅުވީ، އައްޑޫސިޓީ ލޯކަލް ކައުންސިލް އިންތިޙާބުގެ "އައްޑޫސިޓީ ހިތަދޫ ބޭރުމަތީ ދާއިރާ"ގެ އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ގޮނޑިއަށް ކުރިމަތިލައްވާފައިވަނީ އިންތިޙާބު ކުރަންޖެހޭ އަދަދަށް ކަމަށާއި، އެ ދާއިރާއަށް ސ ހިތަދޫ މުޝްތަރީގޭ މަރްޔަމް ސައީދާ ހޮވިފައިވާ ކަމަށެވެ.

Advertisement

އޭގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޙާބަށް "އައްޑޫސިޓީ S7- މަރަދޫ ދާއިރާ"ގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުކަމަށް ސ މަރަދޫ ޝަބާހީ މަންޒިލް ނުސްރަތު ރަޝީދު ހޮވިފައިވާއިރު، "އައްޑޫސިޓީ S-9، S-10- ފޭދޫ ދާއިރާ"ގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުކަމަށް ސ ފޭދޫ މުބޭލީވިލާ ޙައްވާ ޒާހިރާ ވަނީ ހޮވިފައެވެ.

މި 3 ކެނޑިޑޭޓުންވެސް ކުރިމަތިލައްވާފައިވަނީ އެމްޑީޕީންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް