Advertisement
ކ. މާލެ
|
4 މާރޗް 2020 | ބުދަ 18:20
ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަދި އެމް ސެވަންގެ އެމްޑީ ސައްތާރު، ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަދި އެމް ސެވަންގެ އެމްޑީ ސައްތާރު، ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
އެމް ސެވަން/ ދިވެހި ބަހުގެ އެކެޑަމީ
ދިވެހި ފޮތްތެރިކަން އާލާކުރުމަށް ދިވެހި ބަހުގެ އެކެޑަމީ އާއި އެމްސެވަން އެއްބަސްވުމެއްގައި ސޮއިކޮށްފި
މައިގަނޑު މަޤްޞަދަކީ މުބާރާތްތަކެއް ހިންގައިގެން، ކުޑަކުދިންގެ އަދަބިއްޔާތުގެ ފޮތްތަކެއް ނެރުން

ދިވެހި ފޮތްތެރިކަން އާލާކުރުމާއި ކުޑަކުދިންގެ އަދަބިއްޔާތު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރަން ދިވެހި ބަހުގެ އެކެޑަމީ އާއި އެމް ސެވަންއާ ދެމެދު އެއްބަސްވެވޭ ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.

މި ފަހުމުނަމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ، ބުދަ ދުވަހު ދިވެހި ބަހުގެ އެކެޑަމީގަ އެވެ. އެ ފަހުމުނާމާގައި ދިވެހި ބަހުގެ އެކެޑަމީގެ ފަރަތުން ސޮއިކުރެއްވީ އެކެޑަމީގެ ރައީސް އަޝްރަފް އަލީ އެވެ. އެމް ސެވަންގެ ފަރާތުން ސޮއި ކުރެއްވީ އެމް ސެވަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އަބްދުއްސައްތާރު އެވެ.

Advertisement

ދިވެހި ފޮތްތެރިކަން އާލާކުރުމާއި ކުޑަކުދިންގެ އަދަބިއްޔާތު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރަން ވެވުނު އެއްބަސްވުމާގުޅޭ ގޮތުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ވިދާޅުވީ، މިއީ ވަރަށް މުހިއްމު މަސައްކަތެއްގެ ފެށުން ކަމަށެވެ. އެގޮތުން ދިވެހި އަދަބިއްޔާތުގައި، ކުޑަކުދިންނަށް ޝައުޤުވެރިކަމާއެކު ކިޔޭނެ ފޮތްތައް މަދުކަން އަބަދުވެސް ފާހަގަވާ ކަމަށާއި، އެމް ސެވަންއިން އިސްނަގައިގެން މިކަމަށް ހައްލެއް ގެނައުމަށް އެކަޑަމީއަށް ހުށަހެޅި ހުށަހެޅުމަކީ ވަރަށް ބޮޑަށް ބަލައިގަނެވޭ ހުށަހެޅުމެއް ކަމަށެވެ.

މީގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ އަދަބިއްޔާތުގައި އަސްލު ވަރަށް ބޮޑަށް މަދުވެފައި މިއޮންނަނީ، ކުދިންނަށް ޝައުޤުވެރިކޮށް ކިޔޭނެ ތަކެތި. އެކުދިން ބަލަނެ ފޮތްތައް. އެކުންދިންނަށް ކުޅެވޭނެ ގޭމްތައް. މިހެންގޮސް ތައުލީމީ ގޮތުން ކުދިންގެ ވިސްނުމާއި ފިކުރު ބަހުގެ ތެރެއިން ތަރައްގީވެ ކުރިއެރުމަށްޓަކައި ބޭނުންވާ ވަރަށް ގިނަ ވައްތަރުގެ ތަކެތި ރާއްޖޭގައި އަދަބިއްޔާތުގެ ފޮތް ވަރަށް މަދު.

އެމް ސެވަންގެ މެނޭޖިންގ ޑިރެކްޓަރު ސައްތާރު ވިދާޅުވީ، މި ޕްރޮގްރާމަކީ އެއް އަހަރު ހިންގުމަށް ނިންމާލަން ރާވާފައިވާ ޕްރޮގްރާމެއް ނޫންކަމަށާއި މި ޕްރޮގްރާމް ތިން އަހަރަށް ނުވަތަ އެއަށްވުރެވެސް ދިގު މުއްދަތަށް ކުރިއަށް ގެންދެވޭ ޕްރޮގްރާމެއް ކަމަށެވެ.

މިޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދިވެހި ބަހުގެ ނޫނީވިއްޔާމު ސިލަބަސް (ޖުމްލަކޮށް)، އަޅުގަނޑުމެން ލިޔަމުން ގެންދިޔައީ އެޑިއުކޭޝަން މިނިސްޓްރީގެ ކޮންޓެރެކްޓެއްގެ ދަށުން ވޭތުވެދިޔަ ފަސް އަހަރު، އޭގަ ހުރި ބައެއް ކަންތައްތަކާއި އަދި އަޅުގަނޑުމެންނާއެކު މަސައްކަތްކުރެއްވި ބޭފުޅުންގެ އިރުޝާދުގެ މަތިން، އިތުރު ސަޕްލިމެންޓެއް މުޖުތަމައުއަށް ބޭނުންވާނެ ކަމަށް ބެލެވިގެން، އެމަގްޞަދު ހާޞިލްކުރުމަށްޓަކައި ތައްޔާރުވެ އެކަމަށް އަޅުގަނޑުމެން ވިސްނަމުންދިޔައީ، ވޭތުވެދިޔަ ދެ އަހަރު ދުވަހު މަސައްކަތް ފަށަން،

ސައްތާރު ވިދާޅުވީ މިކަން ކުރަން ގަސްތުކޮށްފައިވަނީ، މުބާރާތެއްގެ ގޮތަށް ކުރިއަށް ގެންގޮސް، ދަރިވަރުންނަށް އަދަބިއްޔާތުގެ ތަކަތި ނުވަތަ ފޮތްތައް ތައްޔާރު ކުރުން ކަމަށެވެ. ސައްތާރު ވިދާޅުވީ، މުބާރާއި މި ޕްރޮގްރާމްގެ އިތުރު މައުލޫމާތުތައް ވަރަށް އަވަހަށް އާންމު ކުރައްވާނެ ކަމަށާއި އެކަމުގައި އަމަލީ ގޮތުން އުޅުއްވާނީ ތައުލީމީ ދައިރާގެ ބޭފުޅުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް