Advertisement
ކ. މާލެ
|
4 މާރޗް 2020 | ބުދަ 13:04
ރައީސް ނަޝީދު މީގެކުރިން ކުރެއްވި ކެމްޕެއިން ދަތުރުފުޅެއްގެ ތެރެއިން
ރައީސް ނަޝީދު މީގެކުރިން ކުރެއްވި ކެމްޕެއިން ދަތުރުފުޅެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ލޯކަލް ކައުންސިލް އިންތިހާބު- އެމްޑީޕީ
ރަށްވެހި ފަތިސް ކެމްޕެއިން: ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ރައީސް ނަޝީދު ވަޑައިގަންނަވަނީ
މިރޭ ގައްދޫގައި ޖަލްސާއެއް އޮންނާނެ
މި ދަތުރުފުޅުގައި ގދ އަތޮޅުގެ ހުރިހާ ރަށަަކަށް ވަޑައިގަންނަވާނެ
ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީން 876 ކެންޑިޑޭޓުން ވާދަކުރޭ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެމްޕެއިން ދަތުރުތަކާއި ގުޅިގެން، ގދ އަތޮޅުގެ ރަށްތަކަށް ރައީސް މުޙައްމަދު ނަޝީދު މިއަދު މެންދުރު ފުރާވަޑައިގަންނަވާނެކަމަށް އެމްޑިޕީން ބުނެފިއެވެ.

ކައުންސިލް އިންތިޚާބާއި ގުޅިގެން އެމްޑީޕީން ސިލްސިލާކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި، ރަށްވެހި ފަތިސް ކެމްޕެއިންގެ ސްޕޯކްސްޕަރސަން އަފްޝަން ލަތީފް ވިދާޅުވީ، ރައީސް ނަޝީދު ގދ އަތޮޅަށް ބުދަ ދުވަހުގެ މެންދުރު ފަހު ފުރާވަޑައިގަންނަވާނެކަމަށާއި، މި ދަތުރުފުޅުގައި އެ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށެވެ. ކެމްޕެއިންގައި އެމްޑީޕީގެ ޓިކެޓުގައި ކައުންސިލްތަކަށް ކުރިމަތިލައްވާ ހުރިހާ ކެންޑިޑޭޓުންވެސް ބައިވެރިވެވަޑައިގަންނަވާއިރު، ދޮރުން ދޮރަށް ހިންގެވުމާއި ޖަލްސާތައް ބޭއްވުމުގެ އިތުރުން ރައްޔިތުންނާއި ބައްދަލުކުރައްވާނެކަމަށް އެމްޑިޕީން ވަނީ ބުނެފައެވެ،

އިތުރަށް ވާހަކަ ދައްކަވަމުން އަފްޝަން ވަނީ ގދ އަތޮޅުން ވީހާވެސް ގިނަ ބޭފުޅުން ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު ހުވަދު އަތޮޅު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގައި ބުދަ ދުވަހުގެ ރޭ ގައްދޫ ހަރުގޭގައި ޖަލްސާއެއް އޮންނާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

Advertisement

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 2435 ކެންޑިޑޭޓުން ވާދަކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހޮނިހިރު ދުވަހުގެރޭ ވަނީ ބުނެފަ އެވެ. އެގޮތުން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ އެމްޑީޕީން ނެވެ. އެއީ 876 ކެންޑިޑޭޓުން ނެވެ. އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ކުރިމަތިލާފައިވަނީ 679 ފަރާތެކެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީން 127، އަދާލަތު ޕާޓީން 30، އެމްޑީއޭ 22، އެމްއާރުއެމް 16، އެމްއެލްއެސްޑީޕީ 4، ޑީއާރުޕީ 1 އަދި އަމިއްލަ ގޮތުން 680 މީހަކު ވަނީ ކުރިމަތިލާފައިވެއެވެ.

މީގެއިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް 1817 ފަރާތެއް ވަނީ ކުރިމަތިލާފައެވެ. އެއީ އެމްޑީޕީން 722، ޕީޕީއެމް 517، ޖޭޕީ 56، އަދާލަތު ޕާޓީ 25، އެމްޑީއޭ 20، އެމްއާރުއެމް 4 އަދި އަމިއްލަ ގޮތުން 473 މީހަކު ކުރިމަތިލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
4 މާރޗް 2020 | ބުދަ 14:36
ަެަެަ އަލީ
އިޓަލީން އިންޑިއާއަށް ދިޔަ 14 މީހަކު ވައިރަސް އަށް ޕޮޒިޓިވް ވެއްޖެ!
4 މާރޗް 2020 | ބުދަ 14:32
ހ މ ޒ
އޭނާ އެ މަސް ދުވަސް ތެރޭގައި ސިންގަޕޫރް، މެލޭޝިއާ، އިންޑޮނޭޝިއާ އަދި ރާއްޖެއަށާއި، ސްޕެއިންއަށް ދަތުރުކޮށްފައި ވެއެވެ.