Advertisement
ކ. މާލެ
|
4 މާރޗް 2020 | ބުދަ 12:22
އައްޑޫސިޓީ ކައުންސިލްގެ އިންތިޙާބީ ދާއިރާތަކުގެ ފޯކަލް ޕޮއިންޓުންނާ އީސީން ބައްދަލުކުރުން
އައްޑޫސިޓީ ކައުންސިލްގެ އިންތިޙާބީ ދާއިރާތަކުގެ ފޯކަލް ޕޮއިންޓުންނާ އީސީން ބައްދަލުކުރުން
ރާއްޖެއެމްވީ
އީސީ
އައްޑޫ ސިޓީގެ އިންތިހާބީ ދާއިރާތަކުގެ ފޯކަލް ޕޮއިންޓުންނާ އީސީން ބައްދަލުކޮށްފި
އީސީގެ ނައިބްރައީސްވެސް ބައިވެރިވެވަޑަިގެންނެވި
އިންތިޙާބުގެ ކަންކަން އޮމާންކަމާއެކު ގެންދިއުމަށް މަޝްވަރާ ކުރެއްވި
ގުރުއަތުނެގުން އޮންނާނީ ބުދަ ދުވަހު ހަވީރު 4:30 ގައި

އައްޑޫސިޓީގެ އިންތިޚާބީ ދާއިރާތަކުގެ ފޯކަލް ޕޮއިންޓުންނާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބައްދަލުކޮށްފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބާ ގުޅިގެން މަޝްވަރާ ކުރުމަށް ބުދަ ދުވަހު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮޑިޓޯރިއަމްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އީސީގެ އޮފިޝަލުންގެ އިތުރުން ނައިބުރައީސް އަޙްމަދު އަކުރަމްވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.

Advertisement

މި ބައްދަލު ކުރެއްވުމުގައި އިންތިޚާބަށް އޮފިޝަލުން ހޯދުމާއި، ދާއިރާތަކަށް އައި ބަދަލުތަކާ ގުޅިގެން ވޯޓު ފޮށި ބެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުގެ އިތުރުން، އިންތިޚާބާއި އިންތިޚާބުގެ ކެމްޕެއިނާ ގުޅޭ ޝަކުވާ ހުށައެޅުމުގެ އިންތިޒާމު ހަރުދަނާ ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

އައްޑޫސިޓީ ކައުންސިލްގެ އިންތިޙާބީ ދާއިރާތަކުގެ ފޯކަލް ޕޮއިންޓުންނާ އީސީން ބައްދަލުކުރުން

އޭގެ އިތުރުން، އައްޑޫސިޓީގެ ދާއިރާތަކުގެ ފޯކަލް ޕޮއިންޓުން ވަނީ އިންތިޚާބު ވީހާވެސް އޮމާންކަމާއެކު ގެންދިއުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން އެފަރާތްތަކުން ވަނީ އައްޑޫސިޓީގެ އިންތިޚާބުތަކާ ގުޅިގެން ފޯކަލް ޕޮއިންޓުން ގުޅިގެން ޙައްލު ނުކުރެވޭ ވަރުގެ މައްސަލައެއް މިހާތަނަށް ފެންމަތިވެފައި ނުވާކަން ފާހަގަކުރައްވާފައެވެ.

މި ދެ އިންތިޚާބުގައި ބައިވެރިވާ ކެނޑިޑޭޓުންގެ ގުރުއަތު ނެގުން ބުދަ ދުވަހުގެ ހަވީރު 4:30 އަށް ތާވަލުކޮށްފައިވާއިރު، ގުރުއަތު ނެގުމަށް ހަމަޖެހިފައިވަނީވެސް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮޑިޓޯރިއަމްގައެވެ. އެގޮތުން އޮޑިޓޯރިއަމްގައި 500 މީހުންގެ ޖާގަ ހުންނާނެ ކަމަށާއި، ކޮންމެ ކެނޑިޑޭޓަކަށްވެސް މަދުވެގެން 5 ފަރާތެއް ގެނެވޭނެ ކަމަށް ފޯކަލް ޕޮއިންޓުން ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން، ޖާގަ ހުރި މިންވަރަކުން ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ޢާންމުންނަށްވެސް ވަނީ ހުޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް