Advertisement
ކ. މާލެ
|
4 މާރޗް 2020 | ބުދަ 12:42
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮރޯނާވައިރަސްއާ ގުޅިގެން ސަރުކާރުން ދޮގެއް ނުހަދާނެ: އީވާ
މިސަރުކާރުން މިވަރުގެ ބައްޔަކާ ބެހޭގޮތުން ދޮގު މައުލޫމާތުދޭކަށް ނޫޅޭނެ
މިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމަށް އީވާ ވިދާޅުވި
އީވާ ވިދާޅުވީ މިކަމުގައި ހާސްވެ ކަންބޮޑުވުމުގެ ތެރެއަށް ރައްޔިތުން ދިޔުން އެއީ މާބޮޑު ބިރުވެރިކަމެއް ކަމަށް

ދިވެހިރާއްޖެއަށް ކޮރޯނާވައިރަސް އަޔަސް އަދި މީހަކަށް އެބަލި ޖެހުނަސް، އެކަމާ ދޭތެރޭގައި ސަރުކާރުން އިސްވެ, ދޮގުހަދާނެކަމަށް ރައްޔިތުން ހީނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

Advertisement

ކޮރޯނާވައިރަސް އާ ގުޅިގެން ރާއްޖެއަށް ކާޑުގެ ދަތިކަން ފޯރާނެކަމަށް ފެންނާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން އީވާ ވިދާޅުވީ މިސަރުކާރުން މިވަރުގެ ބައްޔަކާ ބެހޭގޮތުން ދޮގު މައުލޫމާތުދޭކަށް ނޫޅޭނެކަމަށެވެ. ރައްޔިތުންނާއި ސަރުކާރާ ގުޅުންއޮތް ކަމެއްގައި ދޮގުހަދައިގެން ސަލާމަތްވެވޭކަމަށް މިސަރުކާރަކުން ނުދެކޭނެކަމަށް އީވާ ވިދާޅުވި އެވެ.

އެހެންވީމާ އަޅުގަނޑު ވަރަށް ޔަގީންކަމާއެކީގައި މިދަންނަވަނީ ރާއްޖޭގައި މީހަކަށް ކޮރޯނާވައިރަސް ޖެހިއްޖޭ ކިޔައިގެން ވާހަކަފެތުރެމުން ދިޔަސް ރައްޔިތުންނަށް ޔަގީންކަން އަޅުގަނޑު އަރުވަން ބޭނުންވަނީ ސަރުކާރަކުން ދޮގެއް ނުހަދާނެކަން. މިއަދާހަމައަށްވެސް ކަރަންޓީނު ކުރާ މީހުންގެ މައުލޫމާތުވެސް ފުރިހަމައަށް ދުވަހުން ދުވަހަށް ހާމަކުރަމުންދަނީ. އަދި ޓެސްޓުކުރެވެން ފެށި ހިސާބުން ޓެސްޓުކުރެވޭ ނަތީޖާތައްވެސް ހަމަ ފުރިހަމައަށް ދުވަހުން ދުވަހަށް ހާމަކުރަމުން އެދަނީ. އެއްވެސް ޝައްކެއްނެތް ރާއްޖެއަށް މިބަލި އައިސިއްޔާ ރާއްޖޭގެ ސަރުކާރަކުން އެކަން ފޮރުވާކަން ނޫޅޭނެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ

އީވާ ވިދާޅުވީ މިގޮތަށް މިވާހަކަ ދަންނަވާ ސަބަބަކީ ފާއިތުވެގެންދިޔަ ފަސް އަހަރު ރާއްޖޭގައި ކަންކަން ހިނގާފައިވާ ގޮތުން ބައްޔެއް އުޅުނަސް ދޮގުހަދައިގެން ބައްޔެއް ނެތްކަމަށް ހަދައިގެން ސަރުކާރަކުން އުޅެދާނެކަމަށް ރައްޔިތުންނަށް ބިރު ހީވެފައިތިބޭތީ ކަމަށެވެ. މީގެއިތުރުން ފާއިތުވި ދެދުވަހެއްގެ ތެރޭގައި މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހަކު ރާއްޖޭގެ އުޅޭކަމަށާއި ދޮގުހަދަނީ ކަމަށް ބުނެ ރައްޔިތުން އެވާހަކަ އީވާ އާ ހިއްސާކޮށްފައިވާ ކަމަށް އީވާ ވިދާޅުވި އެވެ. އީވާ ވިދާޅުވީ މިކަމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅީމާ މިކަމުން ރައްކާތެރިވެގެން ތިބެވޭނެކަމަަށެވެ.

އެސްޓީއޯގެ އެމްޑީ އަޅުގަނޑުމެންނަށް މައުލޫމާތު އެބަދެއްވާ ތިން ހަތަރު މަހުގެ ކާޑޫގެ ސްޓޮކް އެބަހުއްޓޭ . އަދި އިތުރު ހަތަރު ފަސްމަހުގެ ސްޓޮކް މިހާރުވެސް އެބައާދޭ. އަދި ރާއްޖޭގެ ކޮންމެ ރަށަކަށް މިހާރު ޑިސްޓްރިބިޔުޝަން އެޖެންޓެއްވެސް ގާއިމުކޮށްފައޭ ވާނީ. އަދި ޑިސްޓްރިބިޔުޝަން ޗެނަލްތައްވެސް ގާއިމުކޮށްފައޭ ވާނީ. އަދި ބޭރުގެ ބޯޓުފަހަރުތައް ރާއްޖެއަށް ކާޑުގެ ބާވަތްތައް ގެނައުން ހުއްޓާލަން އުޅޭ ކަމުގެ އެއްވެސް ކަހަލަ އަލާމާތެއް ޚަބަރެއް އުޅެނީކީ ނޫން އިއްޒަތްތެރި ރައީސް.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ

އީވާ ވިދާޅުވީ މިކަމުގައި ހާސްވެ ކަންބޮޑުވުމުގެ ތެރެއަށް ރައްޔިތުން ދިޔުން އެއީ މާބޮޑު ބިރުވެރިކަމެއް ކަމަށެވެ. އެފަދަ ބިރުވެރިކަމެއް ރައްޔިތުންގެ ތެރޭގައި އުފެއްދުމަށް މަސައްކަތްކޮށްގެންނުވާނެ ކަަމަށް އީވާ ވިދާޅުވި އެވެ.

މިކަމުގައި ބިރު ދެއްކުމާއި، ދޮގު ހަދައިގެން, "ނެތް ރައްކާތެރިކަމެއް އޮތް ކަމަށް" ދައްކަން އުޅެގެން ނުވާނެކަމަށް އީވާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
4 މާރޗް 2020 | ބުދަ 14:29
ހ މ ޒ
ރާއްޖެެއަށް ދަތުރުކުރި މީހަކު ޗިލީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެެއްޖެ؟