Advertisement
ކ. މާލެ
|
4 މާރޗް 2020 | ބުދަ 12:46
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު (މެދުގައި) އަދި ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު (މެދުގައި) އަދި ރާއްޖޭގެ ބައެއް ދީނީ އިލްމުވެރިން
އިސްލާމިކް މިނިސްޓްރީ
ައިސްލާމިކް މިނިސްޓާރީ
ކޮވިޑް-19 އާގުޅިގެން ވިސާތައް ކެންސަލް ކޮށްފައިވާކަން އުމްރާ ގްރޫޕްތަކަށް އަންގައިފިން: އިސްލާމިކް މިނިސްޓްރީ
އުމުރާއަށް ވިސާ ނެގާފައިވާ ގިނަ ބައެއްގެ ވިސާ ވަނީ ކެންސަލް ކޮށްފަ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް (ނޮވެލް ކޮރޯނާ ވައިރަސް) އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، 27 ފެބްރުއަރީން ފެށިގެން ބޭރު ޤައުމުތަކުން ސަޢުދީ ޢަރަބިއްޔާއަށް އުމުރާވެރިން އެތެރެވުން ވަގުތީ ގޮތުން ހުއްޓުވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުދަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި، އުމްރާވެރިންނަށް ވިސާ ދޫކުރުން ހުއްޓާލައި، އަދި މިހާތަނަށް އުމްރާގެ އަޅުކަން އަދާކުރުމަށް ވިސާ ހޯދާފައިވާ ފަރާތްތަކުގެ ވިސާ ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުގެ އެ ނިންމުން، ދިވެހި ސަރުކާރުން ވަނީ ރާއްޖޭގައި ޙަރަކާތްތެރިވާ ޓްރެވަލް އެޖެންސީތަކާ ހިއްސާކޮށްފައި ކަމަށްވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

Advertisement

އިސްލާމިކް މިނިސްޓްރީން ބުނީ ކޮވިޑް-19 ވައިރަސް ފެތުރުން ހުއްޓުވުމަށް ސަޢުދީން އަޅާފައިވާ އެ ފިޔަވަޅު ދިވެހި ސަރުކާރުން ބަލައިގަންނަ ކަމަށެވެ. އެހެންކަމުން ސަޢުދީ ސަރުކާރުން ނިންމާފައިވާ އެނިންމުމަށް އިޙުތިރާމުކޮށް، އެކަންކަމަށް ކެތްތެރިވެ ތިބުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.

މީގެއިތުރުން ،އިސްލާމިކް މިނިސްޓްރީން ބުނީ، ކޮވިޑް-19 ވައިރަސްއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޓާސްކް ފޯހެއް އެކުލަވާލައްވާ، ސަރުކާރުން ވަރަށް ގާތުން މިކަން ބަލަމުން ގެންދާތީ، އެފަރާތްތަކުގެ ލަފަޔާއި އިރުޝާދާއެކު، އުމްރާވެރިންނާ، އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން ޢަމަލުކުރަންވީގޮތް ހިއްސާކުރަމުން ގެންދާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް