Advertisement
ކ. މާލެ
|
4 މާރޗް 2020 | ބުދަ 12:02
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮރޯނާވައިރަސް ރާއްޖެއަށް ނާންނާނެކަމަކަށް ނުދެކެން، ޑަބްލިޔުއެޗްއޯގެ މިންގަނޑަށް އުޅުނީމާ ރަނގަޅުވާނެ: ނަޝީދު
ދިވެހިރާއްޖެއަށްވެސް ދުނިޔޭގައި އުޅޭ ބައްޔެއް ވިއްޔާ އަންނާނެ
ބަލިތައް ޖެހުނީމާ އޮންނަގޮތަކީ ބަލީގެ ފަރުވާ އާއި ފަރުވާގެ ނިޒާމު ވަރުގަދަކުރުން ކަމަށް ނަޝީދު ވިދާޅުވި
ގައުމީ އެއްވެސް އެމަރޖެންސީއެއް މިކަމުގައި ގެންގުޅެން ފެނިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި

ދިވެހިރާއްޖެއަށް ކޮރޯނާވައިރަސް އަންނާނެ ކަމަށާއި އެއީ ނުވެދާނެކަމެއްގެ ގޮތުގައި ދެކިގެން އުޅުމަކީ އުނދަގޫ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަސް އާ ގުޅިގެން ރާއްޖެއަށް ކާޑުގެ ދަތިކަން ފޯރާނެކަމަށް ފެންނާތީ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ތެރެއިން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ތަކުރާރުކޮށް ފާހަގަކުރަން ބޭނުންފުޅުވާ ކަމަކީ ދިވެހިރާއްޖެއަށްވެސް ދުނިޔޭގައި އުޅޭ ބައްޔެއް ވިއްޔާ އަންނާނެކަމެވެ. އަދި ރާއްޖެއަކީ ދުނިޔެއިން ބޭރުގައިވާ ބައެއްވެސް ނޫން ކަމަށާއި ދިވެހިންނަށް ދުނިޔެއިން ބޭރަށް ނިކުމެވެސް ނުތިބެވޭނެ ކަަމަށެވެ.

Advertisement

ބަލިތައް ޖެހުނީމާ އޮންނަގޮތަކީ ބަލީގެ ފަރުވާ އާއި ފަރުވާގެ ނިޒާމު ވަރުގަދަކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. ކަންބޮޑުވެގެން ނުވަތަ މިކަމާއި ހާސްވެ ދުއްވައިގަނެ މުދާ ބައްކޮށް ގެއަށްވަދެ ފިލާތިބެ މިބާވަތުގެ ކަންކަމުގެ ތެރެއަށް ޤައުމު ދާން އުޅުން އެއީ ޒިންމާދާރު އަދި ބުއްދިވެރިކަމެއްވެސް ނޫންކަމަށް ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާނީ އަޅުގަނޑު ދެކޭގޮތުގައި ރާއްޖެއަށް ކޮރޯނާވައިރަސް އަންނާނެ އެއީކީ ނުވެދާނެކަމެއްގެ ގޮތުގައި ދެކިގެން ވަރަށް އުނދަގޫ. ދިވެހިރާއްޖެއަށް ވަކި ނާންނަ އެއްވެސް ބައްޔެއް މުޅި ދުނިޔޭގައި ނޫޅޭ. އަޅުގަނޑަށް ވަރަށް އުނދަގޫ ދެކެން އަޅުގަނޑުމެންގެ ހިތްތަކަށް ވައްދަން މިރާއްޖެއަކަށް މިބައްޔެއް ނާންނާނޭ. މިރާއްޖެ މީގެން ސަލާމަތްވާނޭ .އެހެންވެމުން މިރާއްޖެއަށްވެސް މިބަލި އައުން ހަމަ ވަރަށް އެކަށީގެންވޭ. އެހެންނަމަވެސް މިރާއްޖޭގެ ސިއްހީ ނިޒާމު މިއީ ވަރަށް ބޮޑަށް މިބާވަތުގެ ރޯގާތަކަށް ފަރިތަވެފައިވާ ސިއްހީ ނިޒާމެއް. 1940 ން ފެށިގެން ދުނިޔޭގެ ސިއްހީ ޖަމިއްޔާ އެކީގައި ދިވެހި ސަރުކާރުން އެކިފަހަރު މަތިން ޕަބްލިކް ހެލްތުގެ މަސައްކަތް އިންތިހާއަށް ވަނީ ގެންގޮސްފައި.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މިރޯގާއަށްވެސް ކުރަންޖެހޭ ކަމަކީ ސާފުތާހިރުކޮށް އުޅުން ކަމަށެވެ. އަދި މިކަމަކީ ރަނގަޅަށް ތައްޔާރުވާންޖެހޭ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންނަމަވެސް އެއީ ޤައުމުގައި ހިނގާ ކަންކަން ބަންދުކޮށްގެން އުޅެންޖެހޭ ކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މި ވައިރަސް އާ ގުޅިގެން ފަތުރުވެރިން އައުމާއި ކާނާގެ ބާވަތްތައް ރާއްޖެ ގެނައުން ހުއްޓުމަކީ އެންމެ ބުއްދިވެރި ކަމެއްގެ ގޮތުގައި ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އިޓަލީ ވިލާތަކީ ރާއްޖެއަށް ވަރަށް ގިނައިން ޓޫރިސްޓުން އެގައުމުން އަންނަ ގައުމެއް. ރާއްޖެއަށް އެބައާދޭ އިޓަލީގެ އެއްލައްކަ ފަންސާސްހާސް ޓޫރިސްޓުން އަހަރެއްގެ މައްޗަށް. ޚާއްސަކޮށް އަންނަނީ އިޓަލީގެ މިލާން. އިޓަލީގައި ކޮރޯނާވައިރަސް ފެތުރުނަސްވެސް އިޓަލީން ބޭރަށް ދިޔުމަށް މަނައެއް ނުކުރޭ. އެބޭފުޅުން ގެންގުޅޭ ފުރުމުގެ ކުރީގައި ފުރަންޖެހޭ ފޯމެއް. އެއީ ރަނގަޅަށް ހުރި މީހެއްކަން ސާބިތުވާ ފޯމެއް. އަޅުގަނޑު ދަންނަވަން މިއުޅެނީ އަޅުގަނޑުމެން ދަންނަވަން ބާރު އެޅުން ބުއްދިވެރިއެއް ނޫނޭ އެއްވެސް ގައުމަކުން ފަތުރުވެރިން އައި ނުދިނުމަކަށް. އަދި ރާއްޖެއަށް އެއްވެސް ގައުމަކުން ކާނާ އުފުލިއަ ނުދޭކަށްވެސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މިކަމުގައި ޢަމަލުކުރަންޖެހޭ ޑަބްލިޔުއެޗްއޯގެ މިންގަނޑެއް އޮންނަކަމަށާއި ބަލަންޖެހޭނީ އެމިންގަނޑަށް ކަމަށެވެ. އެހެންކަމުން އެމިންގަނޑަށް ޢަމަލުކުރަމުންދާނަމަ މިކަމުގައި ހާސްވެ ކަންބޮޑުވެގެން އުޅުމުގެ ބޭނުމެއް ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ޤައުމީ އެއްވެސް އެމަރޖެންސީއެއް މިކަމުގައި ގެންގުޅެން ފެނިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް