Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 22:37
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރައީސް ނަޝީދު
އިސްލާމް ދީނާ ދެކޮޅު ޖަމިއްޔާއަކަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުސަތެއް ނެތް: ރައީސް ނަޝީދު
ރައީސް ނަޝީދަށް މި ތުހުމަތުކުރެއްވީ ކުރީގެ ބިލެއްދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޙަލީލް
ރައީސް ނަޝީދު ވިދާޅުވީ އެއީ ދިވެހިންގެ ހިތްތަކުގައި ނަފްރަތާއި ފިތުނަވެރިކަން އުފެއްދުމަށް ދައްކަވާ ވާހަކަތަކެއް ކަމަށް
ލާދީނީ ވޯކްޝޮޕްތައް ހިންގި މައްސަލަ އިސްލާމިކް މިނިސްޓްރީން އަންނަނީ ބަލަމުން

ރާއްޖޭގައި އިސްލާމް ދީނާ ހިލާފު އެއްވެސް ޖަމިއްޔާއަކަށް ހަރަކާތްތެރިވުމުގެ ފުރުސަތެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ، ކުރީގެ ބިލެއްދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޙަލީލު ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ. ޙަލީލް ވަނީ މި ފަހުން ރާއްޖެއަށް އައިސްގެން ދީނާ ހިލާފު ވަރކްޝޮޕްތަކެއް ހިންގި ކުއަލިމް ޖަމިއްޔާއަކީ ރައީސް ނަޝީދާއި ސަރުކާރުގެ ބައެއް އިސްބޭފުޅުން އެހީތެރިކަމާއެކު ރާއްޖެއަށް ގެނައި ޖަމިއްޔާއެއް ކަމަށެވެ.

Advertisement

ރައީސް ނަޝީދުގެ ޓްވީޓުގައި ވަނީ، އެމަނިކުފާނުގެ އެހީތެރިކަމާއެކު އެފަދަ ޖަމިއްޔާތަކަށް ގެންނަކަމަށް ވިދާޅުވެ ޙަލީލު އެވާހަކަތައް ދައްކަވަނީ ދިވެހިންގެ ހިތްތަކުގައި ނަފްރަތާއި ފިތުނަވެރިކަން އުފައްދަން ދައްކަވާ ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ.

ލާދީނީ ވޯކްޝޮޕްތައް ހިންގި މައްސަލައާއި ގުޅިގެން އިދިކޮޅުން ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުން އަންނައިރު، އެ ވޯކްޝޮޕްތައް ހިންގި ކަމަށްވަނީ ހދ. ހަނިމާދޫ އާއި އައްޑޫ ސިޓީ ހިތަދޫގައި އެވެ. އަދި މިތަނުން އެއް ވޯކްޝޮޕްގައި ހަނިމާދޫ ދާއިރާ މެމްބަރު އަބްދުލް ޢަފޫރު މޫސާ ހުންނަ ފޮޓޮއެއް ސޯޝަލް މީޑިއާގައި ތިލަވުމުން އޭނާއަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ލާދީނީ ވޯކްޝޮޕްތައް ހިނގި މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން އެ މިނިސްޓްރީން ބުނީ ދީނީ އެއްބައިވަންތަ ކަމުގެ ގާނޫނާއި ހިލާފު ވޯކްޝޮޕްތަކެއް ރާއްޖޭގައި ހިންގިކަމުގެ ޝަކުވާ ލިބިގެން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް