Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 21:53
މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އައިމިނަތު އާތިފާ
މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އައިމިނަތު އާތިފާ
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މިނިސްޓަރ އާތިފާއާއި ސުވާލުކުރުމަށް އެޖެންޑާގައި ހިމެނުމަށްފަހު، އެޖެންޑާއިން ނަގައިފި
އާޒިމް މިނިސްޓަރާއި ކުރައްވާ ސުވާލުތަކަކީ ގެދޮރުވެރިކަމާއި ގުޅުންހުރި އެކި މަޝްރޫޢުތަކާ ގުޅޭ ސުވާލުތަކެއް
މިދިޔަ ހަފުތާގެ ޖަލްސާގައި މިިނިސްޓަރ އާތިފާގެ އިސްތިއުފާއަށް އެމްޑީޕީގެ ބައެއް މެމްބަރުން ގޮވާލާފައިވޭ

މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އައިމިނަތު އާތިފާއާ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް ކުރައްވާ 4 ސުވާލެއް މާދަމާގެ ޖަލްސާއަށް އެޖެންޑާގައި ހިމެނުމަށްފަހު، އެޖެންޑާއިން ނަގައިފި އެވެ.

އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުން އާންމުކުރެއްވި ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި އާތިފާއައި ސުވާލުކުރުން ހިމަނާފައިވެއެވެ. ނަމަވެސް އޭގެފަހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސައިޓްގައި އިން ޖަލްސާގެ އެޖެންޑާ ބަދަލުކޮށް، އާތިފާއާއި ސުވާލުކުރުމުގެ ބައި އުނިކޮށްފަ އެވެ. ނަމަވެސް އެބައި ޖަލްސާގެ އެޖެންޑާއިން އުނިކުރެއްވީ ކީއްވެކަމެއް މަޖިލީހުގެ އިދާރާއިން ހާމައެއް ނުކުރައްވައެވެ.

އާޒިމް މިނިސްޓަރ އަރިހުން އެއްސެވުމަށް އެޖެންޑާކުރީ ކޮންމެ ސުވާލެއްގައިވެސް މިނިސްޓަރަށް އިތުބާރު ކުރާނީ ކިހިނެއްތޯ އައްސަވާފައިވެއެވެ. އާޒިމް އާތިފާ އާއި ކުރައްވާ ފުރަތަމަ ސުވާލުގައި ބުނެފައިވަނީ 2011 ވަނަ އަހަރު ސަރުކާރުން ވަނީ މާލޭގެ ބިންވެރިންގެ ތެރެއިން 350 މީހުންނާއެކު އެއްބަސްވުމަކަށް އައިސްފައެވެ. އެމީހުން ދިރިއުޅޭ ތަންކޮޅު ދޫކޮށްލުމުން އޭގެ ބަދަލުގައި ހުޅުމާލެއިން ގޯއްޗެއް ދޭނެކަމަށް އެއްބަސްވެފައެވެ. މިދެންނެވި އެގްރިމަންޓާއި ސަރުކާރުން ވަނީ ޚިލާފުވެފަ އެވެ. އެގްރިމަންޓް ހިންގުމަށް ކަމާ ބެހޭ މިނިސްޓްރީން އެކުލަވާލާފައިވާ އެއްވެސް އުސޫލެއް ސިޔާސަތެއްނެތެވެ. އެހެންވުމުން މަޖިލީޙުގެ މެމްބަރުން މިނިސްޓަރަށް އިތުބާރު ކުރާނީ ކިހިނެއްތޯ އާޒިމް ވަނީ މިނިސްޓަރު އަރިހުން އައްސަވާފަ އެވެ.

ދެވަނަ ސުވާލުގައި އައްސަވާފައިވަނީ 2011 ވަނަ އަހަރު މާލޭގެ ފްލެޓް ދޫކުރުމަށް ސަރުކާރުންވަނީ އަގެއް ކަނޑައަޅާފައެވެ. އެދުވަހު ވިދާޅުވި އަގުތަކުގައި ފްލެޓު ދިނުމަށް އެއްބަސްވުމަށް ފަހުގައި އެ އަގަށް ބަދަލުގެނައުމަކީ މިނެކިރުމުގައި އޮޅުވާލުންކަމަށް ބެލެވެ އެވެ. އަދި މިނިސްޓަރުގެ މަގާމުގައި އަހަރެއްވެފައި، ޙައްޤު ބަދަލު ދޭނެކަމަށް ވައުދުވެފައި ވީއިރުވެސް މިއަދާ ހަމައަށް އެ ބަދަލު ދިނުމުގެ އެއްވެސް ސިޔާސަތެއް ރޭވިފައި ނުވެއެވެ. މީ މިނިސްޓަރަށް އިތުބާރު ނުކުރެވޭންވީ ސަބަބެއް ކަމަށް ޤަބޫލު ކުރައްވަންތޯ އެވެ.

Advertisement

އާޒިމް މިނިސްޓަރ އާތިފާ އާ ކުރައްވާ ތިން ވަނަ ސުވާލުގައި ބުނެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުގެ ފްލެޓްތައް ހަލާކުވެ ވީރާނާވެ ގޮސްފައިވާާއިރުވެސް، އެ ފްލެޓްތަކަށް މީހުން ވެއްދިފައިނުވުމަކީ ރާއްޖޭގެ ރައްޔިތުން ނުހަނު ކަންބޮޑުވާ މައްސަލައެކެވެ. މިކަންތައް މިހެންދާތީ މިއީ މިނިސްޓަރުގެ މައްޗަށް މަޖިލީހުގެ އިތުބާރު އޮންނަންވީ ސަބަބެއް އޮތްކަމަށް ދެކެވަޑައިގަންނަވަންތޯ އެވެ.

ހަތަރު ވަނަ ސުވާލުގައި ބުނެފައިވަނީ 7010 ފްލެޓް ޙައްޤުވާ މީހުންގެ ލިސްޓެއް އެކުލަވާނުލައި 1 އަހަރުވެ ގޮސްފައިވާއިރު މި ފުލެޓުތައް ޙައްޤުވާ މީހުންނަކީ ކޮބައިތޯ ދެނެނުގަނެވި ވާކަމީވެސް މެމްބަރުންގެ އިތުބާރު މިނިސްޓަރަށް ނެތް ސަބަބެއްކަމަށް ޤަބޫލުކުރައްވަންތޯ އެވެ.

ހައުސިންގ މިނިސްޓަރާއި ހަތަރު ސުވާލެއް ކުރުމަށް އެޖެންޑާ ކޮށްފައިވާއިރު މިދިޔަ ހަފްތާގެ ޖަލްސާއެއްގައި މިނިސްޓަރ އާތިފާ އިސްތިއުފާ ދެއްވުމަށް އެމްޑީޕީ މެމްބަރުންތަކެއް ވަނީ ގޮވާލައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް