ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 18:30
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އައިޔޫއެމް
ޑރ.ޝަހީމް
އެމްޑީޕީން އަދާލަތަށް ހައްގު މިންވަރު ދީފާނެކަމަށް ދުށުމަކީ މޮޔަކަމެއް: ޑރ.ޝަހީމް
މިނިސްޓަރު އިމްރާންއަށް ގިނަ ސުވާލުތަކެއް ކުރިމަތިކުރެއްވި
އަދާލަތުގެ ސްލޮޓުތަކުގެ ގިނައިން ތިބީ އެމްޑީޕީ މީހުން
ޝިދާތާގެ ދިފާއުގައި ވާހަކަދެއްކެވީ އިސްތިއުފާ ދެއްވުމުން

އެމްޑީޕީން އަދާލަތު ޕާޓީއަށް ހައްގު މިންވަރުދީފައިވާނެ ކަމަށް ދުށުމަކީ މޮކަމެއްކަމަށް ވިދާޅުވެ ގިނަ ސުވާލުތަކެއް ހޯމް މިނިސްޓަރު އައްޝެއިހް އިމްރާން އަބްދުﷲއަށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރައްވައިފިއެވެ.

ޑރ.ޝަހީމް، މިނިސްޓަރު އިމްރާންއާ ގިނަ ސުވާލުތަކެއް ކުރައްވާފައިމިވަނީ ހޯމަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުހުރީ ޕްރޮގްރާމްގައި މިނިސްޓަރު އިމްރާން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ އަދާލަތަށް ހައްގު މިންވަރު ލިބެން ޖެހޭ ކަމަށާއި، ވަގުތުކޮޅެއް ނެގިއަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންކަން ހަމަޖައްސަވާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.

މިވާހަކަތަކަށް ރައްދުދެއްވުމުގެ ގޮތުން ޑރ.ޝަހީމް ވަނީ ގިނަ ސުވާލުތަކެއް ކުރިމަތިކުރައްވާފައެވެ. އެގޮތުން މިނިސްޓަރު އިމްރާން އަރިހުގައި ފުއްދާނެ ކަމަށް އެމްޑީޕީން އިން ބުނި އެއްވެސް ވައުދެއް ފުއްދިތޯ ސުވާލުކުރައްވަފައެވެ. ރާއްޖޭގެ ވެރިކަން ފުރޮޅާލަން ހެދި ކޯލިޝަން އެގްރިމެންޓް ކޮބައިތޯ އައްސަވައެވެ.

އަދާލަތުގެ ހަތަރު ވަޒީރުންނާއި 16 މަޖިލިސް މެމްބަރުން ކޮބައިތޯ ޑރ.ޝަހީމް ސުވާލު ކުރެއްވި އެވެ. އަދާލަތު ޕާޓީގެ މެމްބަރުންނަށް ހަމަޖައްސައިދޭން ވައުދުވީ ވަޒީފާތައް ކޮބާތޯއާ އަދާލަތުން ހިމެނި 33 ސިޔާސަތާ ބެހޭ ގޮތުން ޑރ.ޝަހީމް ސުވާލުކުރެއްވިއެވެ.

މީގެ އިތުރުން ޑރ.ޝަހީމް ވިދާޅުވީ އަދާލަތުގެ ސްލޮޓުތަކުގެ ގިނައިން ތިބީ އެމްޑީޕީގެ އަސްލު މީހުން ކަމަށާއި، އެމީހުން އެސްލޮޓްތަކަށް ލީ ވެސް އަދާލަތު ޕާޓީގެ ރައްޔެއްނެތި ކަމަށެވެ.

ޑރ.ޝަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަދާލަތު ޕާޓީން ވާދަކުރި ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ނެގީ، ސަރުކާރުން ވަޒީފާ އެކެންޑިޑޭޓުންނަށްދޭނެ ކަމުގެ ޔަގީންކަމާއެކު ކަމަށެވެ. އެއީ، އެ ގޮނޑިތައް އެމްޑީޕީއަށް ކަށަވަރުކުރުމުގެ ގޮތުން ކުރެއްވި ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. ނަމަވެސް އެއެއްބަސްވުމާ އެއްގޮތަށް ވެސް އަމަލުނުކުރާ ކަމަށް އަދިވެސް އެކެންޑިޑޭޓުން ތިބީ ވަޒީފާއެއްނެތި ކަމަށް ޑރ.ޝަހީމް ތުހުމަތު ކުރެއްވިއެވެ.

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވި ޝިދާތާ ޝަރީފްގެ މައްސަލައަށް އަލިއަޅުއްވާލައްވާ ޑރ.ޝަހީމް ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން މަޖުބޫރުވެވަޑައިގެންނެވިއިރު މިނިސްޓަރު އިމްރާން ހުންނެވީ ހަނު ކަމަށެވެ.

މިސަރުކާރު ގެނައުމުގައި އެހާ ބޮޑު ގުރުބާނި ވިކަމަށް ބުނެވޭ ބޭފުޅެއް ނިކަމެތި ގޮތަކަށް ދުއްވާލި އިރު އޭނާ މަގާމުން ވަކިވުމުގެ ކުރިން ދިފާއުގަ ހަރުދަނާ އެއްވެސް ބަހެއް ވެސް ޕަބްލިކްކޮށް ނުބުނި. އިމްރާންއަށް ވެސް ޓްވީޓެއް ކޮއްލެވީ އޭނާ ވަކިވުމަށް ފަހު، މައްޔިތާ އަށް ރަހުމައިލެއްވުމަށް އެދި ދުއާ ކުރާ މަގުން.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ޑރ.ޝަހީމް ވިދާޅުވީ އެމްޑީޕީން އަދާލަތަށް ހައްގު މިންވަރު ދީފާނެ ކަމަށް ދުށުމަކީ މޮޔަކަމެއް ކަމަށާއި، މިހުރިހާ ކަމަކާއި އަދާލަތުގެ އެންމެހާ ހައްގުތަކެއް ޤުރުބާން ކުރައްވަފަ ވެސް މިނިސްޓާރު އިމްރާން ނިކުއްނެވީ އޭރުވެސް އެމްޑީޕީއަށް މަޖިލިސް މeޖޯރިޓީ ހޯއްދަވާ ދެއްވަން ކަމަށެވެ.

ޑރ.ޝަހީމް ވީދާޅުވީ ކޯލިޝަނުން އައި މިވެރިކަމުގައި އަދާލަތުގެ އެއްވެސް ނިއްމުމެއްނެތް ކަމަށެވެ. އަދި ރާއްޖޭގެ އިސްލާމީ ޝަހުޝިއްޔަތަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާއިރު އަދާލަތު ޕާޓީގެ އަސްލު އިސްލާމީ ޝަހުސިއްޔަތު ފެނިގެން ނުދާކަމީ މިއަދު ލޮލުން ކަރުނަ އަޅައި ހިތާމަ ކުރާ ކަމެއް ކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

- ކޮމެންޓް