Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 17:33
އެޗްއާރުސީއެމުން ފުލުހުންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
އެޗްއާރުސީއެމުން ފުލުހުންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
އެޗްއާރްސީއެމް
އެޗްއާރުސީއެމް
އެޗްއާރުސީއެމުން މިދިޔަ އަހަރު ބެލި މައްސަލަތަކުގެ އަދަދު އިތުރު
2018 ވަނަ އަހަރު އެ ކޮމިޝަނުން ނިންމާފައިވަނީ 75
އެންމެ ގިނައިން ހިމެނެނީ ގައިދީން ހުށަހަޅާފައިވާ ސިއްހީ މައްސަލަތަކާއި ގުޅުންހުރި މައްސަލަތައް

2018 ވަނަ އަހަރާ އަޅާ ބަލާއިރު، މިދިޔަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބެލި މައްސަލަތަކުގެ އަދަދު އިތުރުވެފައިވާކަމަށް އެ ކޮމިޝަންގެ 2019 ވަނަ އަހަރު އަހަރީ ރިޕޯޓުން ދައްކައިފިއެވެ.

މި ރިޕޯޓުގައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 2018 ވަނަ އަހަރު އެ ކޮމިޝަނުން ނިންމާފައިވަނީ 75 މައްސަލައެކެވެ. ނަމަވެސް 2019 ވަނަ އަހަރު 264 މައްސަލަ ވަނީ ބަލާ ނިންމާފައެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ.

މީގެ އިތުރުން 2018 ވަނަ އަހަރު އެ ކޮމިޝަނަށް ހުށެހެޅި މައްސަލަތަކުގެ ތެރެއިން މިހާރު ބަލަމުންދާ މައްސަލަތަކުގެ އަދަދު އުޅެނީ 29 ގައެވެ. އެހެންނަމަވެސް މދިޔަ އަހަރު ހުށަހެޅިގެން ބަލަ މައްސަލަތަކުގެ އަދަދު އުޅެނީ 247 ގައެވެ.

Advertisement

އެޗްއާރުސީއެމުން ބުނީ 2019 ވަނަ އަހަރު ނިންމާފައިވާ މައްސަލަތަކަކީ، އެ އަހަރު ހުށަހެޅިފައިވާ މައްސަލަތަކާއި ކުރީ އަހަރުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން 2019 ވަނަ އަހަރު ނިންމި މައްސަލަތައް ކަމަށެވެ.

ކޮމިޝަންގެ ތެރެއިން ނުނިމި ހުރި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ގައިދީން ހުށަހަޅާފައިވާ ސިއްހީ މައްސަލަތަކާއި ގުޅުންހުރި މައްސަލަތަކެވެ. އެއީ 69 މައްސަލައެކެވެ. ދެން އެންމެ ގިނައީ ކުޑަކުދިންނާއި ގުޅުން ހުރި މައްސަލައެވެ. އޭގެ 41 މައްއަލައެއް ވަނީ މިދިޔަ އަހަރު ހުށަހެޅިފައެވެ. 2014 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް 294 މައްސަލައެއް އެކި ކަންކަމާއި ގުޅިގެން ހުށަހަޅާ އެ މައްސަލަތައް މިހާތަނަށް ބަލާ ނިމިފައި ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް