Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 16:50
ވަޒީރުންނަށް މައުލުމާތު ދިނުމަށް ބޭއްވި ސެޝަނުގެ ތެރެއިން
ވަޒީރުންނަށް މައުލުމާތު ދިނުމަށް ބޭއްވި ސެޝަނުގެ ތެރެއިން
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް
އިންފޮރމޭޝަން ކޮމިޝަނަރު
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭގޮތުން ވަޒީރުންނަށް މަޢުލޫމާތު އަރުވައިފި
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭގޮތުން ޕްރެޒެންޓޭޝަން ދެއްވީ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ
މައުލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް މުއައްސަސާތަކުން އަމަލުކުރާ މިންވަރު މިހާރު އަންނަނީ ރަނގަޅުވަމުން

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭގޮތުން ވަޒީރުންނަށް މަޢުލޫމާތު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަންގާރަ ދުވަހު ހެނދުނު ބޭއްވި ކެބިނެޓް ވޯކިން ސެޝަންގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭގޮތުން ޕްރެޒެންޓޭޝަން ދެއްވީ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އެވެ. އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން ކެބިނެޓްގެ ވަޒީރުންނާއި ރައީސް އޮފީހުގެ މިނިސްޓަރުންނާއި އިސް ވެރިން ބައިވެރިވެވަޑައިގަތެވެ.

Advertisement

އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ދެއްވި ޕްރެޒެންޓޭޝަންގައި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުތަކާ އުސޫލުތަކާބެހޭ ގޮތުންނާއި، ގޮންޖެހުންތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރެއްވެވިއެވެ.

މި ބައްދަލުވުމުގައި ވަޒީރުން ކުރެއްވި ގިނަ ސުވާލުތަކަށް ވެސް އިންފޮމޭޝަން ކޮމިޝަނަރު ޖަވާބު ދެއްވެވި އެވެ. މައުލޫމާތު ދޫކުރުމުގައި ދިމާވާ ކަންކަމާއި، އިތުރަށް ރަނގަޅު ކުރެވިދާނެ ބައެއް ކަންކަމުގެ ޚިޔާލު ވެސް ވަޒީރުން ދެއްވެވިއެވެ.

ވަޒީރުންނަށް މައުލުމާތު ދިނުމަށް ބޭއްވި ސެޝަނުގެ ތެރެއިން

އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު ފާހަގަ ކުރެއްވި ގޮތުގައި ބައެއް ހާލަތްތަކުގައި ގޮންޖެހުންތައް ހުރި ނަމަވެސް، ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މައުލޫމާތު ހޯދައިލިބިގަތުމުގެ ޙައްޤުގެ ޤާނޫނަށް މުއައްސަސާތަކުން އަމަލުކުރާ މިންވަރު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. ނަމަވެސް އިތުރަށްވެސް ރަނގަޅު ކުރަންޖެހޭ ބައެއް ކަންކަން ފާހަގަކުރެއްވެވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު ވިދާޅުވި ގޮތުގައި "މި ދައުލަތަށް އެންމެ ހެޔޮ ގޮތަކީ ހާމަކަން ވީހާ ވެސް ބޮޑުކުރުން" ކަމަށާއި، ބިރެއް ނެތި މައުލޫމާތު ހާމަކުރުމުގެ ސަގާފަތެއް ޤާއިމުކުރުން ކަމަށެވެ. ހެޔޮ ހިންގުމުގެ ނިޒާމަކަށް އެންމެ މުހިންމު ކަމަކީ ވެސް ހާމަކަން ބޮޑުކުރުން ކަމަށާއި ނަޒާހަތްތެރި ދައުލަތެއް އުފެދޭނީ ވެސް މައުލޫމާތު ހާމަކަން ބޮޑުވި މިންވަރެއްގެ މައްޗަށް ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހަށް ޕްރެޒެންޓޭޝަނެއް ދެއްވުމަށް ފުރުޞަތު ދެއްވި ކަމަށްޓަކައި އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު، ރައީސް ސޯލިހަށް ޝުކުރު އަދާކުރެއްވެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް