Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 15:32
ޖުމްހޫރީ ޕާޓީޏް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ޖުމްހޫރީ ޕާޓީޏް ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ކޯލިޝަން
ކޯލިޝަނުން ބޭރުކޮށްފިއްޔާ ވާނެ ގޮތް އެނގޭނޫންތޯ, އަޑުވެސް މާ ގަދަވާނެ: ޖޭޕީ
ކޯލިޝަންގައި ދެމިއޮތުމަށްވެސް އަދި ކޯލިޝަނުން ވަކި ވުމަށްވެސް އެއްވެސް "އިންޓްރެސްޓެއް" ނެތް
ރަނގަޅުވާނީ ފުރަތަމަ ވެވުނު އެއްބަސްވުމާއެކު ބަސްއަހައިގެން އުޅުންކަމަށާއި މިއީ ވަރަށް ގިނަ ވާހަކަ
ކޯލިޝަނުން ބޭރުކޮށްފިއްޔާ ޖުމްހޫރީ ޕާޓީގެ އަޑު މިހާރަށްވުރެންވެސް ވަރުގަދަ ވާނެ

ރަނގަޅު ގޮތަކީ މިހާރު އޮތް ގޮތަށް ކޯލިޝަނާއެކީ ބަސްއަހައިގެން ތިބުންކަމަށާއި، ކޯލިޝަން ރޫޅައިފި ނަމަ ވާނެ ގޮތް އެނގޭނެކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

އަންނަ ހުކުރު ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއާއި ބެހޭގޮތުން މައުލޫމާތުދިނުމަށް ޖުމްހޫރީ ޕާޓިގެ މައި އޮފީސް، މ. ކުނޫޒްގައި އަންގާރަ ދުވަހުގެ މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އަދި ގާސިމް އިބްރާހިމްގެ އެޑްވައިޒަރ އިލްހާމް އަހުމަދު ވިދާޅުވީ ޖުމްހުރީ ޕާޓިއިން ކޯލިޝަންގައި ދެމިއޮތުމަށްވެސް އަދި ކޯލިޝަނުން ވަކިވުމަށްވެސް އެއްވެސް "އިންޓްރެސްޓެއް" ނެތްކަމަށެވެ.

Advertisement

އޭނާ ވިދާޅުވީ ކޯލިޝަނުން ރޫޅާލުން ނުވަތަ ވަކިކުރުން އެހާ ރަނަގަޅެއްނުވާނެކަމަށާއި މާޒީގެ ތަޖުރިިބާއަށް ބަލާލުމުން އެކަން ހާމަވެގެންދާނެކަަމަށެވެ. އިލްހާމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ވަރަށް ވިސްނުންފުޅު ތޫނު ބޭފުޅެއްކަމަށެވެ. އަދި ރަނގަޅުވާނީ ފުރަތަމަ ވެވުނު އެއްބަސްވުމާއެކު ބަސްއަހައިގެން އުޅުންކަމަށާއި މިއީ ވަރަށް ގިނަ ވާހަކަ ކަމަށެވެ.

އަޅުގަނޑުމެން އެއްވެސް އިންޓްރެސްޓެއް ނެތް، ކޯލިޝަންގައި އޮންނާކަށްވެސް ނޯންނާކަށްވެސް. އަޅުގަނޑުމެންނަށް ހަމަ ރަނަގަޅީ ސަރުކާރުން ކޯލިޝަނޭ ކިޔަންޏާ ކޯލިޝަން ކޯލިޝަނެއްގެ ގޮތުގައި އޮތުން. ދެން ރައީސް ވަރަށް އުފާވޭ ޖޭޕީން ކޯލިޝަންގައި އުޅޭތީ. އަޅުގަނޑުމެން ގަބޫލުކުރަނީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ވިސްނުންފުޅު ތޫނު ބޭފުޅަކަށް ވާތީ އިއްޔެއާއި މިއަދާއި މާދަމާއާއި މާޒީ ބަލާލުމުން ފެންނާނެ، ކޯލިޝަނުން ވަކިވުން ރަނގަޅެއް ނުވާނެ އެއްވެސް ބަޔަކަށް. ރީތިކޮށް ބަސްއަހައިގެން އުޅުނިއްޔާ ރަނގަޅުވާނީ. ދެން އެނގެންޖެހޭނެއެއްނު މި ބުނި ވާހަކަ. ރަނގަޅުވާނީ ތަރުތީބުކޮށް ރީތިކޮށް ގެންދިޔުން. އަދި މާދަމާ އެބައޮތޭ ރަންކޮޅާ. ވަރަށް ގިނަ ވާހަކަ.
ގާސިމް އިބްރާހިމްގެ އެޑްވައިޒަރ އިލްހާމް އަހުމަދު

އިލްހާމް ވިދާޅުވީ، ސަރުކާރުން އެ ޕާޓީއަށް ލިބެންވާ ހައްގު މިންވަރު ނުލިބޭކަމަށެވެ. އެގޮތުން "ދެތިން" ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުގެ މަގާމު ދިންފަހުން ހަބަރެއް ނުވާކަމަށް ވިދާޅުވެ އޭނާ ވަނީ އެއީ ބޮޑު ޖޯކެއްކަމަށް ސިފަކުރައްވާފައެވެ.

އޭނާ ވިދާޅުވީ ކޯލިޝަނުން ބޭރުކޮށްފިއްޔާ ޖުމްހޫރީ ޕާޓީގެ އަޑު މިހާރަށްވުރެންވެސް ވަރުގަދަ ވާނެކަމަށާޢި ބޭނުން އެއްޗެއް ނުކިޔެނީ ކޯލިޝަން ސަރުކާރަކަށް ވީމައިކަމަށެވެ. އޭނާ ވަނީ ސަރުކާރު ހިންގާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް ނަޝީދު ބޭނުންފުޅުވެވަޑައިގަތަސް ރައީސް ސޯލިހަށް ބާރު އޮތްކަމުގައި ވާނަމަ ރައްޔިތުންނަށް ވި ވައުދާއެކު ކޯލިޝަން އުވާނުލާނެކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ކޯލިޝަން ރޫޅާލުމަށް އެމްޑީީޕީން ފައިނަގައިގެން ތިބި ކަމުގެ އަަޑުތައް ވަނީ ގަދަވެފައެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުން ގެންދަވަނީ އެމްޑީޕީ ފިޔަވާ އެހެން ޕާޓީގެ ވަޒީރުންނަށް ފާޑު ވިދާޅުވެ ކޯލިޝަން ރޫޅާލާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މެމްބަރުން ވިދާޅުވާ ގޮތުގައި އެމްޑީޕީ ނޫން އެހެން ޕާޓީގެ ވަޒީރުންނަށް އެ ވަޒީރުންގެ މަސްއޫލިއްޔަތު އަދާނުކުރެވެއެވެ. އަދި ސަރުކާރުގެ ދުވެލި މަޑުވުމުގެ ފަހަތުގައިވެސް ވަނީ އެ ވަޒީރުންނާއި ގުޅިގެންނެވެ. ކޯލިޝަން ތެރޭގައި އެންމެ ބޮޑަށް ކޯޅެނީ ޖޭޕީއާ އެމްޑީޕީއާއެވެ. ޖޭޕީން ދަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އިސްކޮށް އުޅުއްވި ބޭފުޅުން އެ ޕާޓީޢަށް އިތުރުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
3 މާރޗް 2020 | އަންގާރަ 19:15
ޙަބީބު.
ތިޔަގާސިމު އެބަޖެހޭ ސިޔާސީ ކަންކަމުން ދުރައްދާން ނާޖާއިޒް ގޮތުގަ ރައްޔިތުންގެ ހައްގުތަކައް އަރައިގަންނަން ވިޔަ ފާރި ވެރިންނައް މަގު ފަހިވަނީ ދޯދިޔާ ގާނޫނުގެ ސަބަބުން
3 މާރޗް 2020 | އަންގާރަ 15:42
ވަޓް
ދިސް ޕިކްޗަރ ލުކްސް ލައިކް ގާސިމް އިން އެ ޕީ.ޕީ.އެމް މީޓިންގ ދޯ؟