Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 13:58
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އިސްލާމިކް ޔުނިވާސިޓީގެ ބަދަލުގައި ފެކަލްޓީއެއް ހެދުމުގެ ހިޔާލު ފާޅުކުރުމުން ބޯ ބުރިކުރަން ގޮވި: އިންތި
ތައުލީމު ދޭ ތަނެއްގެ ފެންވަރު ރަނގަޅުކުރުމުގެ ނިޔަތުގައި ޚިޔާލެއް ފާޅުކުރުމުން ކަރު ބުރިކުރަން އަމުރުކުރި ކަމަށް އިންތި ވިދާޅުވި
ޤާނޫނުތަކުން ހާސިލްކުރަން ބޭނުންވަނީ ކިޔަވައިދޭ ތަންތަނުގެ ފެންވަރު މަތިކުރުން ކަމަށް އިންތި ވިދާޅުވި

އިސްލާމިކް ޔުނިވަރސިޓީގެ ބަދަލުގައި ގައުމީ ޔުނިވަރސިޓީގައި އިސްލާމިކް ފެކަލްޓީއެއް ގާއިމު ކުރުމުގެ ޚިޔާލު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ފާޅު ކުރުމުން ބޯ ބުރި ކުރަން ބައެއް މީހުން ގޮވާލި ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ދިވެހިރާއްޖޭގެ މަތީ ތައުލީމުގެ ބިލަށް ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ތައުލީމު ދޭ ތަނެއްގެ ފެންވަރު ރަނގަޅުކުރުމުގެ ނިޔަތުގައި ޚިޔާލެއް ފާޅުކުރުމުން ކަރު ބުރިކުރަން އަމުރުކުރި ކަމަށެވެ. އިސްލާމްދީން މިގައުމުން ނައްތާލަނީ ކަމަށް ވިދާޅުވެ ބައެއް ފަރާތްތަކުން ނޫސްތަކުގަޔާއި އެނޫންތަންތާންގައި އެގޮތަށް ގޮވާލާފައިވާކަމަށް ވިދާޅުވެ އިންތިވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އަޅުގަނޑުގެ ޚިޔާލަކަށްވީ އިސްލާމިކް ޔުނިވަރސިޓީ އެހެން ހުންނައިރުގައި އޭގެ ބަދަލުގައި އިސްލާމިކް ފެކަލްޓީ އެއް އުފައްދައިގެން ފެންވަރު މަތިކޮށް އިސްލާމް ދީނާއި އިސްލާމީ އުސޫލުތައް ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް މާރަނގަޅަށް ހިންގިދާނެ ކަަމަށް އަޅުގަނޑަށް ފެންނާތީވެ އެޚިޔާލު މިތަނުގައި އެޝުއޫރު ފާޅުކޮށްލި ކަމަށްޓަކައި ހަމަ ބޯ ބުރިކުރަން އަމުރުކުރީ. އެހެންވީމާ މިޒަމާނުގައި ހަމަ ބޮޑެތި ސިންގާ މީހުންގެވެސް ވިސްނުން އެބަހުއްޓޭ މިފެންވަރުގައި އަޅުގަނޑުގެ މިވާހަކަ ދަންނަވާލަން ބޭނުންވާ ސަބަބަކީ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ

އިންތި ވަނީ އިސްލާމިކް ޔުނިވަރސިޓީއަށް ބަދަލެއް ގެނައުމުން އިސްލާމް ދީން މި ގައުމުން ފޮހެވިގެންދާނެތޯ ސުވާލުކުރައްވާފަ އެވެ. އިންތި ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީގެ ބަދަލުގައި ފެކަލްޓީއެއް ހެދުމުގެ ވިސްނުން ފާޅު ކުރެއްވީ އިސްލާމް ދީން އޮތުމާ ދެކޮޅު ހެއްދެވުމުގެ ގޮތުން ނޫން ކަމަށާއި ރާއްޖެއަކީ އިސްލާމީ ގައުމެއް ކަމަށެވެ.

މީގެއިތުރުން އިންތި ވީދާޅުވީ ދައުލަތުގެ ޚަރަދުގައި ކުރެވޭ ކަމަކަށްވާނަމަ ދެ ޔުނިވަރސިޓީ ހިންގުމަކީ މައްސަލައެއް ނޫން ކަމަށެވެ. އަދި އިސްލާމިކް ޔުނިވަރސިޓީއެއް އޮތުމަކީ މަރުހަބާ ކިޔާ ކަމެއް ކަމަށާއި އިސްލާމިކް ޔުނިވަރސިޓީއަކީ ރައްޔިތުންގެ މަޖިލީހުގެ އުފެއްދުމެއް ކަަމަށެވެ.

ޤާނޫނުތަކުން ހާސިލުކުރަން ބޭނުންވަނީ ކިޔަވައިދޭ ތަންތަނުގެ ފެންވަރު މަތިކުރުން ކަމަށް ވިދާޅުވެ އިންތި ވިދާޅުވީ މަގްސަދަކީ ތަންތަނުގެ ކޮލިޓީ ހިފެހެއްޓުން ކަަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
3 މާރޗް 2020 | އަންގާރަ 16:38
ހަސަންބެ
އިންތި! ބްރޯ ވީ ލަވްޔޫ. ބަޓް ތަންކޮޅެ އްބޮޑަށް ދީނަ އިގެން އުޅެލަބަލަ. ނަމާދުކޮށް ޤުރު އާން ކިޔަވާ ދީނަށް ނަޝްރުދޭ މީހަކަށް ވީމަ ހާދަހާ ހެޔޮކަންތަށް ލިބޭނެޔެ ފަހުން.