Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 14:03
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް ޔާމީންގެ ޝަރީއަތް
ރައީސް ޔާމީންގެ ޝަރީއަތް: ދިފާއީ ހުރިހާ ނުކުތާއެއް ހުށަހަޅާ ނިންމާލައިފި، ބުރާސްފަތި ދުވަހު ދައުލަތުން ރައްދުދިނުން!
އަންނަ ބުރާސްފަތި ދުވަހު ބޭއްވޭ އަޑުއެހުމުގައި ދައުލަތުން ޖަވާބުދާރީ ވާންޖެހޭ
ރައީސް ޔާމީންގެ ފަރާތުން ދިފާއުގައި 75 ނުކުތާ ހުށަހެޅުއްވި
ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ބާޠިލް ކޮށްދިނުމަށް އެދިފައިވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް، އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލާގައި އެމަނިކުގެ ފަރާތުން ހުށަހަޅާ ދިފާއީ ހުރިހާ ނުކުތާއެއް ހުށަހަޅާ ނިންމާލައިފި އެވެ.

އިސްތިއުނާފް މައްސަލާއިގައި މައުލޫއީ ގޮތުން ވާހަކަ ދެއްކުމަށް ބޭއްވި ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. އެދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުންވަނީ ދިފާއުގައި ހުށަހަޅާ 75 ނުކުތާގެ ތެރެއިން 10 ނުކުތާއަށް ތަފްސީލްކޮށް ވާޙަކަ ދައްކަވާފަ އެވެ.

އަންގާރަ ދުވަހު ހައިކޯޓުގައި ބޭއްވި ދެވަނަ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ ބާތީއޮތް 65 ނުކުތާއާމެދު ތަފްސީލްކޮށް ވާހަކަ ދައްކަވާފަ އެވެ. ގާތްގަނޑަކަށް އެއްގަޑިއިރާއި 15 ވަނަ މިނެޓަށް ދިގުދެމުންގެންދިޔަ ދިފާއީ ވާހަކަތަކަށްފަހު، އަންގާރަ ދުވަހުގެ އަޑުއެހުން ވަނީ ނިންމާލާފަ އެވެ. އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ، މިމަހުގެ 5 ވާ ބުރާސްފަތި ދުވަހު ރައީސް ޔާމީންގެ ދިފާއުގައި ހުށަހަޅުއްވާފައިވާ ނުކުތާތަކާއި ގުޅިގެން ޖަވާބު ދެއްވުމަށް އަޑުއެހުމެއް ބޭއްވޭނެ ކަމަށެވެ.

Advertisement

ރައީސް ޔާމީންގެ ދިފާއުގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައިވަނީ މަނީ ލޯންޑަރ ކުރުމުގެ ދައުވާ އުފުލާފައިވާއިރު، އެކުށުގެ ރުކުންތަކާއި، ރައީސް ޔާމީނުގެ އެކައުންޓަށް ވަދެފައިވާ ފައިސާއަކީ ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބިފައިވާ ފައިސާކަން އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތް ކަމަށެވެ.

މީގެއިތުރުން، ވޮޑަމުލާގެ ފައިސާ ހޯދުމަށް ރައީސް ޔާމީން ގުޅުއްވިކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތު ކޯޓުގައި ދީފައިވާ ހެކިބަސް ފިޔަވާ އެހެން އެއްވެސް ހެއްކެއް ނެތްއިރު، އަދި ޒުޔާތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ މީހަކަށްވާތީ، އޭނާގެ ހެކިބަހަކީ ގަބޫލު ކުރެވޭނެ ހެކިބަހެއް ނޫންކަމަށް ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވި އެވެ.

ރައީސް ޔާމީނުގެ ދިފާއުގައި، ކްރިމިނަލް ކޯޓުން ޝަރީއަތް ހިންގިއިރު، ލިޔެކިޔުންތައް ހަމައަށް ފޯރުކޮށްދީފައި ނުވާކަމަށާއި އެކަށީގެން ވަގުތު ދީފައިނުވާކަން ފާހަގަކުރައްވައި، 75 ނުކުތާގެ މައްޗަށް އެކުލެވޭ އެބަޔާން ނިންމާލަމުން އެދިފައިވަނީ، ކްރިމިނަލް ކޯޓުން ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ބާޠިލު ހުކުމެއް ކަމަށް ކަނޑައަޅާ ދެއްވުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
3 މާރޗް 2020 | އަންގާރަ 17:59
ޢަދުރޭ
ޙަމަ އިންސާފް ލިބޭނެބާ ބަދަލު ހިފަން ފޫގަޅާފަ ހުރި މީހަކު މިނިސްޓުރީގަ ބަހަ އްޓަ އިގެން
3 މާރޗް 2020 | އަންގާރަ 14:08
ސިދާޑާލިން
ރައީސް ޔާމީން ގެ ށަރީއަތް އިންސާފު ވެރިކަމާއެކު ނުދާނެ ދެން. ޖަލަށްވަދެ ބިރުދައްކާފަ ޑީލްގެ ތެރޭން ހައްގު މިންވަރު ހޯދަން އުޅެގެންވެސް އެކަމެއް ނުވި