Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 15:00
އެމްއެންޑީއެފް އިން ބޭއްވި ހަފްލާއެއްގެ ތެރެއިން
އެމްއެންޑީއެފް އިން ބޭއްވި ހަފްލާއެއްގެ ތެރެއިން
އެމްއެންޑީއެފް
ސިފައިން
ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި
ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ހިމެނޭ
ސުންގަޑިއަކީ މާރިޗު 22 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން

ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޑިފެންސް އިން އާންމުކޮށް ހުޅުވާލައިފިއެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއި، ދަށްވެގެން ޖީސީއީ އޯ ލެވެލް ފެންވަރު ހުރުން ނުވަތަ އެ ފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައި ވުން ހިމެނެއެވެ.

އަދި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އިސްކޮޅު (ފިރިހެން: 5 ފޫޓް 5 އިންޗި، އަންހެން: 5 ފޫޓް 3 އިންޗި) ފުރިހަމަވުމާއި، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން ހިމެނެއެވެ.

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، ކުރެވޭ އިންޓަރވިއު ތަކަށާއި، އަދި ފުރަތަމަ އިންޓަރވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝް އަޕްސް، ސިޓް އަޕްސް، ޕުލް އަޕްސް، ދުވުން، ސްވިމިންގ އަދި އެޕްޓިޓިއުޑް) ޓެސްޓުން އެމީހަކު ހޯދާ ނަތީޖާއަށް ބެލޭނެއެވެ.

Advertisement

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މާރިޗު 22 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ވަޒީފާއަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމައް ހަމަޖެހިފައިވަނީ ޑިފެންސް މިނިސްޓްރީގެ އިތުރުން އެމްއެންޑީއެފް އޭރިއާ ކޮމާންޑު ތަކުންނެވެ. އެމްއެންޑީއެފް އޭރިއާ ކޮމާންޑުތަކުގެ ތެރެއިން އެމްއެންޑީއެފް ނޮދަން އޭރިއާއިން ވަޒީފާއަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީ ޕޯސްޓާއި ޅ. ނައިފަރު ފަޔަރ ސްޓޭޝަނާއި ށ. ފުނަދޫ ކައުންސިލް އިދާރާއިންނެވެ.

އަދި ސެންޓްރަލް އޭރިއާއިން ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކުއާޓަރޒް ލ. ކައްދުއާއި ދ. ކުޑަހުވަދޫ ޕޯސްޓާއި ތ. އަތޮޅު ކައުންސިލް އިދާރާ އާއި ފ. އަތޮޅު ކައުންސިލް އިދާރާގެ އިތުރުން އެމްއެންޑީއެފް މުލީ ޕޯސްޓު (މ.މުލި) ނެވެ. މީގެ އިތުރުން ސަދަން އޭރިއާއިން ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަދަން އޭރިއާ ޏ. ފުވައްމުލަކު ޕޯސްޓާއި ސ. ހިތަދޫ ފަޔަރ ސްޓޭޝަންގެ އިތުރުން ގދ. ތިނަދޫ ފަޔަރ ސްޓޭޝަނުންނެވެ.

ވަޒީފާއަށް އެދޭ ފޯމު ހުށަހަޅާނީ އެމީހަކު އިންޓަވިއުއަށް ހާޒިރުވުމަށް ބޭނުންވާ އޭރިއާއެއްގެ ފޯމު ބަލައިގަތުމަށް ކަނޑައެޅިފައިވާ މަރުކަޒުތަކަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް