Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 14:07
ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފް
ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފް
ރާއްޖެއެމްވީ
އެމްޑީޕީ
މިނިމަމްވޭޖްއާ ގުޅޭގޮތުން ހިޔާލާއި މަޝްވަރާ ދޭން ބޭނުންވާ ރައްޔިތުން މާދަމާ ރޭ މަޖިލީހަށް ދިއުމަށް އެމްޑީޕީން އެދިއްޖެ
ހިޔާލާއި މަޝްވަރާ ހޯދުން މާދަމާ ރޭ 08:15 ގައި އޮންނާނެ

މިނިމަމްވޭޖްއާ ގުޅޭގޮތުން ހިޔާލާއި މަޝްވަރާ ދޭން ބޭނުންވާ ރައްޔިތުން މާދަމާ ރޭ މަޖިލީހަށް ދިއުމަށް އެމްޑީޕީން އެދިއްޖެއެވެ.

Advertisement

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އަންހެނުންގެ ކޮމެޓީގެ އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގެ މައުލޫމާތު ދެއްވުމަށް އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން މައި އޮފީހުގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކެމްޕެއިން ސްޕޯކްސްޕަރސަން އަފްޝަން ލަތީފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކާމެދު އާންމުންގެ ހިޔާލު ހޯދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ އެންމެ ކުޑަމިނުން ދެވޭ އުޖޫރައިގެ ބިލަށް ކަމަށާއި ހިޔާލާއި މަޝްވަރާ ހޯދުން މާދަމާ ރޭ 08:15 ގައި ރައްޔިތުންގެ މަޖިލީހުގެ ކަނޑައެޅިފައިވާ މާލަމެއްގައި އޮންނާނެ ކަމަށެވެ.

މި ބިލަކީ ވަރަށް ގިނަ އާންމުންގެ ހިޔާލުތަކާއި ކަންބޮޑުވުންތަކާއި ގުޅިފައިވާ ބިލަކަށްވެފައި ސޯޝަލް މީޑިއާގައި ވެސް މި ބިލާ ގުޅިގެން ވަރަށް ގިނަ ބަހުސް ކުރެވެމުންދާތީ، އިކޮނޮމިކް މިނިސްޓްރީގެ ބޭފުޅުންނާ ވޭޖް ބޯޑުގެ ބޭފުޅުންނާ ރައްޔިތުންގެ މަޖިލީހުގެ މިކަންކަމުގައި އުޅުއްވާނެ ބޭފުޅުން ތިއްބަވާތީ، މި ބައްދަލުވުމަށް ހުރިހާ ރައްޔިތުން ވެސް ވަޑައިގަތުމަކީ މުހިންމުކަމެއް
އަފްޝަން ވިދާޅުވިއެވެ.

އަފްޝަން އިތުރަށް ވިދާޅުވީ "ރަށްވެހި ފަތިސް" ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގދ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އެމަނިކުފާނު މާރޗް 4 ވާ ބުދަ ދުވަހުގެ މެންދުރު ފަހު ދަތުރު ފައްޓަވާނެ ކަމަށާއި އެނބުރި ވަޑައިގަންނަވާނީ މާރޗް 6 ވާ ހުކުރު ދުވަހު ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ކެންޑިޑޭޓުންނާ އެއްކޮށް އެކި ހަރަކާތްތަކުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެކަން ފާހަގަކުރައްވާ އަފްޝަން ވިދާޅުވީ ދޮރުން ދޮރަށް ވަޑައިގަތުމާއި ހަރުގެ ޖަލްސާތައް ބޭއްވުމުގެ އިތުރުން ގިނަ ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.

ރާއްޖޭގެ ސިއްހީ ނިޒާމާ ގުޅޭގޮތުން ވެސް ސަރުކާރުން ގިނަ މަޝްރުއޫތަކެއް ހިންގަމުންދާ ކަމަށާއި ލާމަރުކަޒީކޮށް ސިއްހީ ނިޒާމު ތަރައްޤީ ކުރުމަށް މި ސަރުކާރުން އަހައްމިއްތުކަން ދޭ ކަމަށް އަފްޝަން ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ 5 ސަރަހައްދެއްގައި ޓަރޝިއަރީ ހޮސްޕިޓަލް ޤާއިމުކުރެވިގެންދާ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީއަށް ސާފު އަޣުލަބިއްޔަތެއް ހޯދައިދިނުން މުހިންމުކަމަށް އަފްޝަން ވިދާޅުވިއެވެ. އަދި ކުރީ ސަރުކާރުން ރައްޔިތުންނަށް ޚިޔާނަތްތެރިވުމަށް ފަހު ބާރުވެރި ކުރުވާ ވާހަކަ ދެއްކުމުން ލަދުވެތިވާ ކަމަށް ވެސް އަފްޝަން ވިދާޅުވިއެވެ.

އެ ބޭފުޅުން ވަނީ ރައްޔިތުންގެ ބޯހިޔާވަހިކަމުން ވެސް ވައްކަންކޮށް އެ ހައްޤު ނިގުޅައިގަނެފައި، ވަކި ފަންޑުތައް ހުޅުވައިގެން އެ ފައިސާ އިން ވެސް ވައްކަންކޮށްފައި. ގޮތް ނޭނގޭ އެކި މަޝްރޫއުތައް ހިންގާ އެކަންކަމުން ވެސް ވައްކަންކޮށްފައި. މިސްކިތެއް ވެސް ވަގަށް ނަގާފައިވޭ. މިސްކިތެއް ވަގަށް ނެގުމުން ދެން ކޯއްޗެއްތޯ ވަގަށް ނުނަގާނީ. އަޅުގަނޑުމެން މި އަންނަނީ ރައްޔިތުންނާއި ގާތުން ހިދުމަތްދީ ހެޔޮ ސިޔާސަތެއް ތަންފީޒުކޮށްދޭން.
އަފްޝަން ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ މަރުކަޒީ ސިޔާސަތުގެ ސަބަބުން މާލެއަށް ތޮއްޖެހުން ބޮޑުވެފައިވަނީ ރަނގަޅު ތައުލީމީ ފުރުސަތުތަކާއި، ސިއްހީ ފަރުވާ އާއި ވަޒީފާ ނުލިބޭތީ ކަމަށް ވެސް އަފްޝަން ފާހާގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
4 މާރޗް 2020 | ބުދަ 00:13
ޯޮޯ
މަޖުލިސް ކުރާގެ އަކީ އެމްޑީ ޕީ ގެ އައްޑާަ އެއް ތަ؟