Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 12:18
ކޮރޯނާވައިރަސް އާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ކޮރޯނާވައިރަސް އާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
ރައީސް އޮފީސް
ކޮވިޑް-19
ކޮވިޑް-19 އަށް ޚާއްސަކޮށްގެން އިތުރަށް ސްކްރީން ކުރުމަށް ޓްރެވަލް ކްލިނިކެއް ގާއިމުކުރަނީ
ކޮވިޑް-19 އިން ރައްކާތެރި ވުމަށްޓަކައި ޚާއްސަކޮށްގެން ބާއްވާ އެމަޖެންސީ ޑްރިލެއް މިއަދު އޮންނާނެ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލޭގައި ޓްރެވަލް ކްލިނިކެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް، މިވައިރަސް އަށް ރާއްޖެއިން ވަމުންދާ އެންމެފަހުގެ ތައްޔާރީތައް ހާމަކުރައްވަމުން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ އާއި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ހާމަކޮށްފި އެވެ.

މިދެ އިދާރާއިން މިވައިރަސް އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިކްލިނިކުގެ ބޭނުމަކީ ރާއްޖއިން ބޭރަށް ދަތުރު ކޮށްފައި އަންނަ ފަރާތްތައް ކޮވިޑް-19 އަށް އިތުރަށް ސްކްރީން ކުރުންކަމަށެވެ. އެހެން ޤައުމުތަކުގައި ކޮވިޑް-19 ބަލި ފެތުރެމުން އަންނަ މިންވަރަށް ރިޢާޔަތްކޮށް، އަދި އެހެން ޤައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތަކަށް ބަލާ، ރާއްޖެއަށް މި ބަލި އަތުވެދާނެ ކަމުގެ ފުރުޞަތު ބޮޑުކަމަށް ވާތީ މިހާރުން މިހާރަށް ދުރާލާ ތައްޔާރުވުމަށް އެކިއެކި މަސައްކަތް ކުރެވެމުންދާ ކަމަށް ބާޔާނުގައި ބުނެފައިވެއެވެ.

މިހާތަނަށް ދިވެހިރާއްޖެ އިން ކޮވިޑް-19 އަށް އެއްވެސް ފަރާތަކުން ޕޮޒިޓިވްވެފައި ނުވިނަމަވެސް، ކޮވިޑް-19 އިން ރައްކާތެރި ވުމަށްޓަކައި ދިވެހިރާއްޖޭގައި އަޅަމުންދާ އެންމެހާ ފިޔަވަޅުތައް އިތުރަށް ފުޅާކޮށް، ޤައުމީ ފެންވަރުގައި ދައުލަތުގެ ހުރިހާ އިދާރާތައް ގުޅިގެން މި މަސައްކަތްކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ޤައުމީ ފެންވަރުގައި އެކުގައި ބޮޑެތި މަސައްކަތްތަކެއް ކުރަން ނިންމާފައި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

އެހެންކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިމިނެއްގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިރުޝާދުގެ ދަށުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން މިހާރު ވަނީ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރެއް ޤާއިމުކޮށް، މި މަސައްކަތުގައި ދިވެހިރާއްޖެ އޮތް ޙާލަތަށް ބަލައި މި މުއައްސަސާތަކަށް ޤާނޫނުން މަތިކުރާ ޒިންމާ އަދާކުރުމުގައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކޮވިޑް-19 އިން ރައްކާތެރި ވުމަށްޓަކައި ޚާއްޞަކޮށްގެން ބާއްވާ އެމަޖެންސީ ޑްރިލެއް އަންގާރަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިޑްރިލަކީ ގޭބިސީއެއްގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ ޙާލަތެއްގައި ކަމާބެހޭ ފަރާތަކުން ކަންކުރާނެ މިޞްރާބު ހާމަކޮށްދިނުމާއެކު އެފަދަ ޙާލަތެއްގައި އެންމެ އެކަށޭނަ ފިޔަވަޅުތައް އެޅުމަށްޓަކައި ވެވިފައިވާ ތައްޔާރީތައް ވަރުގަދަކުރުމުގެ ގޮތުން ބޭއްވޭ ޑްރިލްއެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން މި ޑްރިލްގެތެރެއިން ގޭބިސީއެއްގައި ކޮވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކާއި ކަރަންޓީނު ކުރާނެގޮތުގެ އިރުޝާދު ދެވިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް