Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 11:52
އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި ބައެއް މެމްބަރުން
އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި ބައެއް މެމްބަރުން
ޔޫސުފް ސޮފްވާން ރަޝީދު
ރައްޔިތުންގެ މަޖިލިސް
އީސީ ގެ މެންބަރުކަމަށް ޢައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތަކަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި
ޢާންމުންގެ ޝަކުވާއެއް އޮތްނަމަ 8 މާރިޗު ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަންފުޅު ފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނަށް މެންބަރަކު ޢައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި އެމައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފައިވާ ކަމަށެވެ. އެހެންކަމުން، އީސީގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކާ ގުޅޭގޮތުން ޢާންމުންގެ ޝަކުވާއެއްވޭތޯ ބެލުމަށްޓަކައި ރައްޔިތުންގެމަޖިލީހުގެ ޤަވާއިދުގެ 201 ވަނަ މާއްދާގެ (ރ) ދަށުން އިޢުލާނު ކުރާކަމަށް އިއުލާންގައި ބުނެފައިވެ އެވެ.

Advertisement

އީސީގެ މެންބަރުކަމަށް ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތަކަކީ:

  1. އަޙްމަދު އަކްރަމް، ފަރީދީނޫރު/ހއ. ހޯރަފުށީ
  2. އަޙްމަދު ފަޔާޟު ޙަސަން، މ. ހަޒާރީވިލާ
  3. އަލްއުސްތާޛާ މަރްޔަމް ޙަނީފާ ޚާލިދު، އަނބުގަސްދޮށުގެ/ހއ. ކެލާ
  4. އަލްފާޟިލް އަޙްމަދު މަންޞޫރު /ވ. ރިވެތި

އެހެންކަމުން މި ނަންފުޅުތަކާ ގުޅޭގޮތުން ޢާންމުންގެ ޝަކުވާއެއް އޮތްނަމަ 8 މާރިޗު ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތެއްގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ކޮމިޓީގެ މެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ޢިދާރާއަށް ލިޔުމުން ފޮނުވުމަށް މަޖިލީހުގެ އިދާރައިން ވަނީ އެދިފަ އެވެ.

އީސީއަށް މެންބަރަކު ޢައްޔަނު މިކުރަނީ އީސީގެ ނައިބު ރައީސްކަމުގައި ހުންނެވި އަޙްމަދު އަކްރަމް އަދާކުރަމުންދާ މަޤާމުގެ މުއްދަތު މާރޗު މަހުގެ 23 ވަނަ ދުވަހަށް ހަމަވާތީ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް