Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 11:03
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ގަވާއިދަށް ނުފެތޭތީ ހުށަހެޅި ކުއްލި މައްސަލައެއް މިއަދުވެސް ބަލައެއްނުގަތް
އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ހ އާއި 175 ވަނަ މާއްދާގެ ރ އާއި ކ އާ ޚިލާފުކަމަށް ރައީސް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ނުފެތޭތީ އަންގާރަ ދުވަހުގެ ޖަލްސާއަށް ހުށަހަޅާފައިވާ ކުއްލި މައްސަލައެއް ބަލައިނުގަންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިއަދުގެ ޖަލްސާއަށްވެސް ކުއްލި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 170 ވަނަ މާއްދާގެ ހ އާއި 175 ވަނަ މާއްދާގެ ރ އާއި ކ އާ ޚިލާފުކަމަށެވެ. އެހެންކަމުން އެމައްސަލަ ބަލައިނުގަންނަ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އެއީ ކޮންކަހަލަ މައްސަލައެއް ކަމެއް އަދި އެ މައްސަލަ ހުށަހެޅުއްވި މެންބަރެއް ރިޔާސަތުން ހާމަކުރައްވާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 170 ވަނަ މާއްދާއަކީ ކުއްލި މައްސަލައާ ގުޅުންހުރި މާއްދާ އެވެ. މިމާއްދާގެ ހ ގައި ބުނެފައިވަނީ ރައްޔިތުންގެ ނުވަތަ ޤައުމުގެ މަޞްލަޙަތު ހިމެނިގެންވާ މުހިންމު ކަމެއް، ކުއްލި މައްސަލައެއްގެ ގޮތުގައި، ޖަލްސާއަކަށް ހުށަހެޅުމުގެ ފުރުޞަތު ކޮންމެ މެންބަރަކަށްވެސް ލިބިގެންވާކަމަށެވެ.

Advertisement

ޤަވާއިދުގެ 175 ވަނަ މާއްދާއަކީ ކުއްލި މައްސަލާގައި ފުރިހަމަވާންޖެހޭ ސިފަތައް ބަޔާންކޮށްފައިވާ މާއްދާ އެވެ. އެ މާއްދާގެ ރ ގައި ބުނެފައިވަނީ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ސަރުކާރުން އުފުލަންޖެހޭ ޒިންމާއަކާ ގުޅުންހުރި ކަމަކަށްވުމެވެ. ކ ގައި ބުނެފައިވަނީ ޙަޤީޤަތެއްގެ މައްޗަށް ބިނާކޮށް ހުށަހެޅޭ މައްސަލައަކަށްވުމެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް ނޮޅިވަރަމް ދާއިރާގެ މެންބަރ މުޙައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެއްވެސް ވަނީ މަޖިލީހުގެ ޤަވާއިދަށް ނުފެތޭތީ ބަލައިނުގަންފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް