Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 08:33
ޑިކޯވެގެން އެހީތެރިކަން ފޯރުކޮށްދިން މީހާ
ޑިކޯވެގެން އެހީތެރިކަން ފޯރުކޮށްދިން މީހާ
އެމްއެންޑީއެފް
ކަނޑުމަތީ ހާދިސާ
އެން ދަމަން ފީނި މީހަކު، ޑީކޯ ވެގެން އެހީތެރިކަން ފޯރުކޮށްދީފި
ޑީކޯވީ އުމުރުން 49 އަހަރުގެ ދިވެއްސެއް
މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ހޯމަ ދުވަހުގެ ރޭ 23:00 ހާއިރު
ޑިކޯ ވެފައިވަނީ ފުޅި އަޅައިގެން އެންދަމަން ފީނަން އުޅުމުގެ ތެރޭގައި

ފުޅި އަޅައިގެން އެންދަމަން ފީނަން އުޅުނު މީހަކު، ޑައިވިންގ ޑީކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮަށްދީފިއެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ މި ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ ހޯމަ ދުވަހުގެ ރޭ 23:00 ހާއިރުއެވެ. ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ސީ އެމްބިއުލާންސްގައި ރޭ ދަންވަރު 1:00 ހާއިރު ގއ. ވިލިނގިއްޔަށް ގެންގޮސްދީފައިވަނީ ގއ. ކެދެރާ ކައިރީގައި މަސްވެރިކަން ކުރަން އުޅުނު "އައްސާރިޔާ" ނަމަކަށްކިޔާ ދޯނިން އެންދަމަން ފީނި އުމުރުން 49 އަހަރުގެ ދިވެއްސެކެވެ.

Advertisement

އެމީހާގު ހާލު ރަނަގަޅުވަމުން އަންނަކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް