Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 08:55
ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް
ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް
ރާއްޖެ އެމްވީ
ހޯމް މިނިސްޓަރ
މަޤާމުގައި ހުރިއިރު މަސައްކަތް ކުރީ ވަޒީރަކު ދިފާޢުކުރުމަށް: މުނާޒް
މަޤާމުން ވަކި ކުރެއްވުމުން މުނާޒް ގެންދެވީ މިނިސްޓަރ އިމްރާނަށް ފާޑު ވިދާޅުވެ ޓްވީޓް ކުރައްވަމުން
މުނާޒް މަޤާމުން ވަކިކުރެއްވިކަން އިއުލާން ކުރައްވާފައިވަނީ ޖެނުއަރީ މަހު

މަޤާމުގައި ހުންނެވިއިރު މަސައްކަތް ކުރައްވަމުންގެންދެވީ ދައުލަތުގެ ވަޒީރެއްގެ ދިފާޢުގައި ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒް ވިދާޅުވެއްޖެ އެވެ.

މުނާޒް މިހެން ވިދާޅުވެފައި މިވަނީ އޭނާ މަޤާމުގައި ހުންނެވިއިރު ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ގެ މަސައްކަތް ރަނގަޅު ކަމަށް އެމަނިކުފާނު ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ ޕްރޮގުރާމުގައި ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

Advertisement

މުނާޒުގެ ޓްވީޓްގައި ވަނީ މަޤާމުގައި ހުންނެވިއިރު ވާހަކަ ދައްކަވަމުން ގެންދެވީ ދައުލަތުގެ މިނިސްޓަރެއްގެ ދިފާޢުގައި ކަރެކްޝަންސްގެ ސީޕީގެ ހައްޞިއްޔަތުންނެވެ.

ހޯމް މިނިސްޓަރަށް ކުފޫ ހަމަވާވަރުގެ ލީޑަރޝިޕް ކޮލިޓީ ހުރިނަމަ ލިމިޓެޑް ރިސޯސް ބޭނުންކޮށްގެން ހަމަ ކުރިން ތިބި އޮފިސަރުން މޯޓިވޭވޭޓް ކޮށްގެން ކުރި މަސައްކަތް ބަލައިގަތީސް ކަމަށް ޓްވީޓްގައި ވެއެވެ.

މުނާޒް މަޤާމުން ވަކި ކޮށްފައިވާކަން އަންގައި ރައީސް އޮފީހުން އޭނާއަށް ފޮނުވާފައިވާ ސިޓީ ޓްވިޓަރގައި ހިއްސާކުރައްވާ ފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 21 ގައެވެ.

މުނާޒް ވިދާޅުވީ، އޭނާ މަޤާމުން ވަކިކޮށްފައިވަނީ ސަރުކާރު ކޯލިޝަންގެ އެތެރެއިންނާއި ބޭރުން ގުޅިގެން "ޖަލު ހިލުވާލުމަށް" ކުރި ކަންކަން ކާމިޔާބު ނުވުމުން ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރުމަކީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި މުނާޒް ވަނީ ސިފަ ކުރައްވާފައެވެ.

މަޤާމުން ވަކި ކުރެއްވުމުން އޭނާ ގެންދެވީ މިނިސްޓަރ އިމްރާނަށް ފާޑު ވިދާޅުވެ ޓްވީޓް ކުރައްވަމުންނެވެ.

އެގޮތުން ކުރެއްވި ޓްވީޓުގައި ޖަލު އޮޑިޓް ރިޕޯޓު ގައިވާ ކަންކަމަކީ ތަންފީޒުކުރެވޭނެ ކަންކަމެއް ނޫންކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވި ކަމަށް މުނާޒް ވަނީ ތުހުމަތު ކުރައްވާފައެވެ.

"ޤައިދީންގެ ބޭސްފަރުވާ އަވަސްކުރަން، ޢަމަލީ ގޮތުން މިނިސްޓަރ އިމްރާނަށް އެއްވެސް ކަމެއް ހަމަޖައްސައި ނުދެވުނު" ކަމުގެ ތުހުމަތުތުވެސް ކުރައްވާފައި ވެއެވެ.

ސަރުކާރުން ބޭނުންވިނަމަވެސް، ޙައްޤު މިންވަރު ހޯދައި ނުދެވިގެން އުޅެނީ "ނާޤާބިލު ވަޒީރުން ގޮވައިގެން އުޅެން ޖެހިފައިވާތީ" ކަމަށްވެސް މުނާޒް ވަނީ ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުންދާ އެލްޖީއޭ، ހޯމް މިނިސްޓްރީ، ޖުވެނައިލް ޖަސްޓިސް ޔުނިޓު، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކަރެކްޝަނަލް ސަރވިސް "ފްރީޒް ވެފަ" ހުރީ އެންމެ ވަޒީރަކާ ހެދިކަމަށް ވެސް މުނާޒް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
4 މާރޗް 2020 | ބުދަ 07:17
ސަކީންތަ
ހައްގު މިންވަރު ހޯދަން ހަޅޭއްލަވަން ލަދެއް ހަޔާތެއްވެސް ނެތް ޗީޑި
3 މާރޗް 2020 | އަންގާރަ 18:20
ޖަހާލަތު
އިމްރާނަށް ވިކޭ ވަރަށް ވުރެން ރަ އީސް ޔާމީނު ސްމާޓު ވާނެ.
3 މާރޗް 2020 | އަންގާރަ 18:18
ޕާޅަކިންޑަ
މާފުށީގަ ކާކު ގޮޅިބަރި އެ އް ހަދަން ފެށީ ކޮރަޕްޝަނުން. 100 ގޮޅި ރަ އީސް ޔާމީނު ކަންފަތް ބުޑުގަ. ޢި އުލާނެ އއްވެސް ނުކުރޭ. ބެޗް ކޮންސްޓަކްޝަނުން ކަޓު ނަގަ އިގެން. ޕޮލިހުންގެ ނަމުގަ އެގްރިމެންޓު ހެދީ. ކޮބާ މާލި އްޔަތު ގާނޫނޫ؟
3 މާރޗް 2020 | އަންގާރަ 11:08
ބްރޯ
ބޯފަން އަބުދު ބުނީ ޑީލް ހަދަން ގޮސް އަތަށް ގޮ އއްވާލީޔޯ. ރަ އީސް ޔާމީން އިސް ނޮޓް ޗީޕް
3 މާރޗް 2020 | އަންގާރަ 11:04
ަފަހަރި
ޖަލުގެ ހާލަތު ބަދަލުވިކަން އެގޭނީ ޖަލުމީހުންނާ އިންޓަވި އު ކޮ އްގެން.