Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 08:44
ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޓްވިޓަރ
ޖުމްހޫރީ ޕާޓީ
''ދީނާ ގައުމުގެ ދިފާއުގައި'' ޖޭޕީންވެސް ބޮޑު ޖަލްސާއެއް ކާނިވާ ސަރަހައްދުގައި
ޖަލްސާގެ ޝިޔާރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ''ދީނާއި ގައުމުގެ ދިފާއުގައި'
ޖަލްސާގެ ތައްޔާރީތައް މިހާރުވަނީ ފަށާފައި

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ކެމްޕޭނު ފެށުމުގެ ގޮތުން ޖުމްހޫރީ ޕާޓީން ބާއްވާ ޖަލްސާ މި މަހުގެ 13 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ހޯމަ ދުވަހުގެރޭ ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ޖޭޕީން ކާނިވަލުގައި ބާއްވާ ބައްދަލުވުން ވެގެން ދާނީ މީގެ ކުރިން އެމްޑީޕީންނާއި، ޕީޕިއެމުން ބޭއްވި ފަދަ ބައްދަލުވުމެއް ކަމަށެވެ. ކައުންސިލް އިންތިޚާބާއި، އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ޖުމުލަ 183 ކެނޑިޑޭޓުން ވާދަކުރާނެއެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމިން ރަޝީދު ވިދާޅުވީ، ޕާޓީގެ ޖަލްސާ ކާނިވާލް ޞަރަޙައްދުގައި ބޭއްވުމަށް ކަމާއިބެހޭ އިދާރާތަކުން ނަގަން ޖެހޭ ހުއްދަ އަށް އެދިފައިވާ ކަމަށެވެ. ޔާމީން ރަޝީދު ވިދާޅުވީ، ޖަލްސާގެ ތައްޔާރީތައް މިހާރުވަމުންދާ ކަމަށެވެ.

Advertisement

ޖަލްސާގެ ޝިޢާރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ''ދީނާއި ޤައުމުގެ ދިފާޢުގައި'' އެވެ. ޔާމީން ވިދާޅުވީ، އެ ޝިޢާރަކީ އެންމެ ކުރީއްސުރެ އެ ޕާޓީގެ ޝިޢާރުކަމަށާއި، އެއަކަށް ދުވަހަކުވެސް ބަދަލެއް ނާންނަ ކަމަށެވެ.

ޖޭޕީގެ ކެމްޕޭން ލޯންޗިން ޖަލްސާ ކާނިވާ ޞަަރަޙައްދުގައި ބާއްވަން ނިންމާފައި އެމްޑީޕީ އާއި ޕީޕީއެމް އިން އެޕާޓީތަކުގެ ކެމްޕޭން ލޯންޗިން ޖަލްސާ ވަނީ ބާއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް