Advertisement
ކ. މާލެ
|
3 މާރޗް 2020 | އަންގާރަ 08:40
މިނިސްޓަރު އިމްރާން އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން
މިނިސްޓަރު އިމްރާން އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެ އެމްވީ
މިނިސްޓަރު އިމްރާން
ކުރީގެ ރައީސް ޔާމީނާއެކު އެއްވެސް ޑީލެއް ހަދާފައިނުވާނެ: މިނިސްޓަރު އިމްރާން
ޑީލެއް ހަދަންޖެހޭ އެއްވެއް ސަބަބެއް ނެތް
މިސަރުކާރުން އެއްވެސް މީހާކާ ނުވަތަ ޒާތީ ގޮތުން އަނިޔާވެރި އަމަލެއް ނުހިންގާނެ
އަދީބުގެ އަނިޔާވެރި ވާހަކަތައް ރައީސް ޔާމީން ދެއްކެވި

ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި އެއްވެސް ޑީލެއް ހަދާފައިނުވާނެ ކަމަށް ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް ޔާމީނާއި ޑީލް ހެދި ވާހަކަތައް އޭގެ ޒާތައް ބަލާއިރު ކުޑަކޮށް ހިނި އަންނަ ކަހަލަ ވާހަކައެއް ކަމަށެވެ. ރައީސް ޔާމީނުގެ އެންމެ ބާރާއި ނުފޫޒުގައި ހުންނެވިއިރު ޑީލްއެއް ހުށަހެޅުއްވި ކަމަށާއި، ނަމަވެސް އެޑީލް ނުހަދާކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެނގޭނެ ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ރައީސް ޔާމީނުގެ އެއްވެސް ބާރުވެރިކަމެއް ނެތް ޙާލަތުގައި ޑީލެއް ހަދަންޖެހޭ ހިސާބަށް ނުދާނެ ކަމަށެވެ.

އުސޫލެއްގެ ގޮތުން ޖަލުގެ ގައިދީއެއްގެ ގޮތުގައި ހުރެ އެއްވެސް ބާރުވެރިކަމެއް ނެތް ހިސާބުގައި ހުއްޓަ ޑީލެއް ހަދަން ދާންޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑު ގަބޫލެއްނުކުރަން. އެހެންވީމަ އެސުވާލު އުފެދުނު ގޮތާ މެދު އަޅުގަނޑު ހައިރާންވަން.
ހޯމް މިނިސްޓަރު އިމްރާން

މިނިސްޓަރު އިމްރާން ވިދާޅުވީ މިސަރުކާރުން އެއްވެސް މީހާކާ ނުވަތަ ޒާތީ ގޮތުން އަނިޔާވެރި ޢަމަލެއް ނުހިންގާނެ ކަމަށާއި، ޒާތީ ގޮތުން އަދަބެއް ނުދޭނެ ކަމަށެވެ. އަދި އެ އުޞޫލުން ކަންކަން ކުރިއަށްދޭތޯ ކަށަވަރުކުރަން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރުގައި ސިޔާސީ ގޮތުން ބަންދުކޮށްފައި ތިބި މީހުން ބައިތިއްބާފައިވާ ގޮތް. އަޅުގަނޑު މިއީ ދެފޫޓް ހަމަނުވާ ސިމެންތި އައްޓެއްގެ މަތީގައި 100 ދުވަހަށްވުރެ ގިނަ ދުވަހު އޮތް މީހެއް. އެކަމަކު އަޅުގަނޑުމެން ރައީސް ޔާމީން އެއޮތީ ކާލޯނު ގޮދަނޑިމަތީގައި ބާއްވާފައި. ހޫނުފެނުން ފެންވެރޭނެ އެނގޭތޯ. ކޭބަލް ޓީވީ ފެންނާނެ. އެހެންވީމަ އެއީ އަޅުގަނޑުމެން ކަން ކުރާ ގޮތް.
ހޯމް މިނިސްޓަރު އިމްރާން

ރައީސް ޔާމީނާ ބައްދަލުކުރީ ހޯމް މިނިސްޓަރުގެހައްޞިއްޔަތުންކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލަށް ވަޑައިގެންނެވީ، އަސާސީ ޙައްޤެއް އުނިވޭތޯއާއި، ލާއިންސާނީ ގޮތެއްގައި ޢަމަލުކުރޭތޯއާއި އަދި ޖަލުގެ ޙާލަތު ބައްލަވަން ކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ރައީސް ޔާމީނަށް އެއްވެސް އަސާސީ ޙައްޤެއް ގެއްލިފައިވޭތޯ އަދި އެމަނިކުފާނަށް އިތުރަށް ކަންކަން ރަނގަޅުކުރަން ޖެހޭތޯ މިބައްދަލުވުމުގައި ބެލުނު ކަމަށާއި، ޑޮކްޓަރު އިރުޝާދުދީފައިވާ ގޮތަށް ބޭސްފަރުވާގެ ކަންކަން ހަމަޖެހޭނެކަމުގެ ޔަޤީންކަން ރައީސް ޔާމީނަށް ދެއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ރައީސް ޔާމީނުގެ ސަރުކާރުގެ ދެވަނަ ނައިބު ރައީސް އަޙްމަދު އަދީބުގެ ގޯސް، އަނިޔާވެރި ވާހަކަތަކާއި އަދީބު ޢަމަލުކުރައްވާފައި ގޮތުގެ ވާހަކަތައް ރައީސް ޔާމީން ދެއްކެވި ކަމަށާއި، އެވާހަކަތައް އަޑުއެއްސެވި ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

ރައީސް ޔާމީނާ ޑީލްއެއް ހަދަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އެފަދަ ކަމެއް ނުކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓަރު އިމްރާން ދެއްވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ސަރުކާރު ދަމަހައްޓަން ކުރެވެން ހުރި އިޚުލާސްތެރި މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
3 މާރޗް 2020 | އަންގާރަ 18:24
މަހަށް..
ޑީލް ހުށަ އެޅި. ގަބޫލު ނުކުރީ. ޜަ އީސް ޔާމީން ހަމަ ސްމާޓް އަދިވެސް.
3 މާރޗް 2020 | އަންގާރަ 18:07
އައހަ އްލު މީހާ
ޖަލަށްވަދެ ސިމެންތި އަށީގެ ވާހަކަ ދެ އއްކުމަކީ ބަދަލު ހިފާނެކަން ހަނދާންކޮ އް ދިނުން. އިންސާފު ނުލިބޭނެ އިމްރާނު ހު އްޓާ ދެނެ އް