Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 23:01
ރައީސް ސޯލިހުއާ ހޯމް މިނިސްޓަރު އިމްރާން
ރައީސް ސޯލިހުއާ ހޯމް މިނިސްޓަރު އިމްރާން
ރައީސް އޮފީސް
ސަރުކާރު ކޯލިޝަން
ދައުރު ނިމުމުގެ ކުރިން ކޯލިޝަން ފޭލްވާނެ ކަމަށް އިމްރާން ގަބޫލެއް ނުކުރައްވާ
ބައްދަލުވުންތައް އަވަހަށް ބާއްވާނެ ކަމަށް އުއްމީދު ކުރަން: އިމްރާން
އެމްޑީީޕީގެ މަޖިލީސް މެމްބަރުން ގެންދަވަނީ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަށް ފާޑު ވިދާޅުވަމުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރުގެ ވެރިކަން ނިމުމުގެ ކުރިން ސަރުކާރު ކޯލިޝަން ފޭލްވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކޯލިޝަންގެ ލީޑަރުންގެ ތެރޭގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Advertisement

ކޯލިޝަން ރޫޅިދާނެ ކަމަށް ގަބޫލުކުރައްވަންތޯ ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ސުވާލުކުރުމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ކުރިޔަށް އޮތްތަނުގައި ކަންތައް ވެދާނެ ގޮތް ދަންނަވަން ނޭގެ ކަމަށެވެ. އެކަމަކު މި ފަސް އަހަރު ތެރޭގައި ކޯލިޝަން ބަދަލުވެދާނެ ނުވަތަ ރޫޅިދާނެ ކަމަށް އެެއްވެސް ވަރަކަށް އުއްމީދުނުކުރާ ކަމަށެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޯލިޝަންގެ ކަންކަމުގައި އެންމެ އިސްކޮށް ހުންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. އިންތިހާބުގެ ކުރިން ކޯލިޝަންގެ ބައިވެރިންނާ އެކުގައި ކޯލިޝަން ހެއްދެވި ފަދައިން، އެމަނިކުފާނުގެ ރިޔާސީ ދައުރު ނިންމާލާނެ ކަމާއި ދޭތެރޭ އަޅުގަނޑު މިހުންނަނީ ހިތުގެ އަޑިން ގަބޫލު ކޮށްގެން
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

ކޯލިޝަން ރޫޅިއްޖެ ހާލަތެއްގައި އިދިކޮޅާއި ގުޅިދާނެތޯ ސުވާލުކުރުމުން އިމްރާން ވިދާޅުވީ، މުސްތަގުބަލުގައި ވާނެ ގޮތެއް އިނގޭނީ އެ ދުވަހެއް ޖެހުމުން ކަމަށެވެ. ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންގެ ބައްދަލުވުންތަކެއް އައީ މީގެ ކުރިން ބާއްވަމުންނެވެ. އެކަމަކު މި ފަހަކަށް އައިސް ބައްދަލުވުންތަކެއް ބާއްވާ ތަނެއް ނުފެނެއެވެ. އެކި ސަބަބުތަކާއި ހެދި އެތައް ފަހަރެއްގެ މަތިން ބައްދަލުވުންތައް ވަނީ ކެންސަލް ކޮށްފައެވެ.

އަދާލަތުގެ ޕާޓީގެ ރައީސް ވިދާޅުވީ، ބައްދަލުވުންތަކެއް ކުރިޔަށް ނުގެސްގޮން އުޅޭނީ ކޮން ސަބަބަކާއި ހުރޭ ބައެއް ފަހަރު ހިތަށް އަރާކަމަށެވެ. އެކަމަކު އުއްމީދަކީ ރައްޔިތުންގެ އެދުމާއި އެކު ވީހާވެސް އަވަހަށް ބައްދަލުވުމެއް ބޭއްވުން ކަމަށް އިމްރާން ވިދާޅުވިއެވެ.

ކޯލިޝަން ރޫޅިދާނެ ކަމަށް އުއްމީދު ނުކުރައްވާ ކަމަށް އިމްރާން ވިދާޅުވެފައިވާއިރު، ލޯކަލް ކައުންސިލް އިންތިހާބަށް ފަހު ކޯލިޝަން ރޫޅާލުމަށް އެމްޑީީޕީން ފައިނަގައިގެން ތިބި ކަމުގެ އަަޑުތައް ވަނީ ގަދަވެފައެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެމްބަރުން ގެންދަވަނީ އެމްޑީޕީ ފިޔަވާ އެހެން ޕާޓީގެ ވަޒީރުންނަށް ފާޑު ވިދާޅުވެ ކޯލިޝަން ރޫޅާލާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މެމްބަރުން ވިދާޅުވާ ގޮތުގައި އެމްޑީޕީ ނޫން އެހެން ޕާޓީގެ ވަޒީރުންނަށް އެ ވަޒީރުންގެ މަސްއޫލިއްޔަތު އަދާނުކުރެވެއެވެ. އަދި ސަރުކާރުގެ ދުވެލި މަޑުވުމުގެ ފަހަތުގައިވެސް ވަނީ އެ ވަޒީރުންނާއި ގުޅިގެންނެވެ. ކޯލިޝަން ތެރޭގައި އެންމެ ބޮޑަށް ކޯޅެނީ ޖޭޕީއާ އެމްޑީޕީއާއެވެ. މި ދެ ޕާޓީ ދޭތެރޭގައި ދޭތެރެ ދޭތެރެއިން ބަހުގެ ހޫނު ހަމަލާތައް ދަނީ ރައްދުކުރެވެމުންނެވެ. ބައެއް ރައްޔިތުން ބުނަމުންދާ ގޮތުގައި ނަމެއްގައި ކޯލިޝަން އޮތުމުގެ ބޭނުމެއް ނެތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
3 މާރޗް 2020 | އަންގާރަ 18:04
ފަހަރިސްތާނު
ދަ އުރު ނިންމިދާނެ ދެން ދާންޖެހޭނީ އެމްޑީޕީވެސް މަހަށް. ބާގީން ގޮވަ އި ގެން އުޅެ ބަލަ
3 މާރޗް 2020 | އަންގާރަ 18:02
ޕާންބޭކަރީ
ޑީލަށް އެ އްބަސްވިނަމަ އޯކޭ ވީސް. ދެން ދަ އްކާނީ 2 ފޫޓުގެ އަށި ކަމަށް ބުނީ އިހަ އްދުވަހު
3 މާރޗް 2020 | އަންގާރަ 17:54
އރާބެ
ވާނުވާ ނޭގޭ މީހުން މިނިސްޓަރުންނަށް ބަ އިތި އްބަ އިގެން ގާނޫނެ އް ގަވާ އި ދެ އް ނުބަލާ ކުރާކަންތަކުން ޕާޓީދެކެ ވެސް ފޫހިވެ އްޖެ. ކޯލިސަން ވި އްޔާ ކޯލިސަން ޕާޓީ ވި އްޔާ ޕާޓީ