Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 20:13
އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
މިނިމަމް ވޭޖް ރިޕޯޓް
މިނިމަން ވޭޖް ރިޕޯޓަށް ލަފައެއް ދިނުމުގެ ސުންގަޑިއަކަށް މަރޗް 11 ކަނޑައަޅައިފި
މިނިމަމް ވޭޖް ރިޕޯޓަށް ލަފައަކަށް އެދުނީ އިކޮނޮމިކް މިނިސްޓްރީން
މިނިމަމް ވޭޖް ކަނޑައެޅުމަކީ އިކޮނޮމިކް މިނިސްޓްރީއަށް ލިބިފައިވާ ބާރެއް

މިނިމަމް ވޭޖް ބޯޑުން ތައްޔާރުކޮށްފައިވާ މިނިމަމް ވޭޖް ރިޕޯޓަށް މަޖިލީހުން އަރުވާ ލަފާ އެރުވުމުގެ ސުންގަޑިއަކީ މި ހިނގާ މަރޗް މަހުގެ 11 ވަނަ ދުވަސް ކަމުގައި އިގްތިސާދީ ކޮމިޓީއިން ކަނޑައަޅައިފިއެވެ.

ހޯމަ ދުވަހު ބޭއްވި އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި މި ހުށައެޅުއްވުން ހުށައެޅުއްވީ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދުއެވެ. ކޮމިޓީން މި ފާސްކުރި ނިންމުން ފާސްކޮށްފައިވަނީ އެ ވަގުތު ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި އަށް މެންބަރުންގެ ވޯޓު އެއްވަރުވުމުން މުގައްރިރުގެ ވޯޓާ އެކުގައެވެ.

Advertisement

މި ރިޕޯޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ މެމްބަރުންގެ ވިސްނުންފުޅު ހުންނެވީ ވީހާވެސް އަވަހަކަށް މި ރިޕޯޓް ދިރާސާކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް ލަފާ އެރުވުމަށެވެ. އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މި ރިޕޯޓަށް ލަފައެއް ހޯދުމަށް ހުށައަޅައިފައިވަނީ މިއީ އަލަށް ރާއްޖޭގައި ކުރަން ފަށާ ކަމަކަށް ވުމާއި ގުޅިގެންނެވެ. މިނިމަމް ވޭޖް ކަނޑައެޅުމަކީ އިކޮނޮމިކް މިނިސްޓްރީގެ ޒިންމާއެކެވެ.

މިނިމަމް ވޭޖް ބޯޑުން ލަފާ ދީފައި ވަނީ މިނިމަމް ވޭޖްގެ ގޮތުގައި 6،400ރ. ކަނޑައެޅުމަށެވެ. އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން ލަފާ ދިނީ ރާއްޖޭގެ މިނިމަމް ވޭޖަކީ 6،000ރ. އާއި 6،500ރ. އާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
2 މާރޗް 2020 | ހޯމަ 23:48
ރިސޯޓް ބޯއި
މަމިއުޅެނީ ރިސޯޓް، ހިއްސާ އާ ހެދީ ސަލާމަތް ނުވެވިގެން!