Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 21:21
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ކުރިޔަށްދަނީ
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ކުރިޔަށްދަނީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ކޯވިޑް-19 ބެހޭ މަޢުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި ފޯރުކޮށް ދިނުމަށް ރައީސް އިރުޝާދު ދެއްވައިފި
ސަރުކާރުން ވަނީ ބައެއް ގައުމުތަކަށް ދަތުރުކުރާ ފްލައިޓްތައް މެދުކަނޑާލައިފި
ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ދަނީ ކުރެވެމުން
ވައިރަސް ދަނީ ހަލުވިކަމާއި އެކު ފެތުރެމުން

ކޮރޯނާވައިރަހުގެ ނުރައްކަލުން ރައްކާތެރިވުމުގެ ގޮތުން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގެ ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ކަމާއިބެހޭ ފަރާތްތަކަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވާފައެވެ.

ކޮވިޑް-19 ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުންފިލުވުމަށް ވަޒީރުންނާއެކު ހޯމަ ދުވަހު ބޭއްވި ބައްދަަލުވުމުގައި ރައީސް ވަނީ، ބައްޔަށް އިތުރަށް ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިރުޝާދު ކަމާއިބެހޭ ފަރާތްތަކަށް ދެއްވާފައެވެެ.

Advertisement

ރައީސް އޮފީހުން ބުނީ، ހޯމަ ދުވަހު މެންދުރު ބޭއްވި ބައްދަލުކުރެއްވުމުގައި، ވައިރަހުގެ ނުރައްކާތެރިކަން މިހާރު ދުނިޔެއަށް ފެތުރެމުންދާ މިންވަރާއި، ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި، މި ވައިރަސްގެ އަސަރުކޮށްފައިވާ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރުމަށް އެކުލަވާލާފައިވާ ޕްލޭންތަކާއި ތައްޔާރީތަކުގެ އެންމެފަހުގެ މައުލޫމާތު ރައީސް ސޯލިހު އޮޅުންފިލުއްވެވި ކަމަށެވެ.

ރައީސް ސޯލިހު ގެންދަވަނީ، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކޮރޯނާއިރަހުގެ މައުލޫމާތު، ކަމާއިބެހޭ މުއައްސަސާތަކާއި ބައްދަލުކޮށް އޮޅުންފިލުވަމުންނެވެ. މި ނުރައްކާތެރި ރޯގާ އަދި މިހާތަނަށް ރާއްޖެއިން ފެނިފައިނުވިޔަސް އެކަމާއި ގުޅިގެން ސަރުކާރުގެ އެކި އިދާރާތަަކުން ދަނީ ފިޔަވަޅުތައް އަަޅަމުންނެވެ. ބަލިން ރައްކާތެރިކޮށް ބައްޔާ ބެހޭ މައުލޫމާތު އާއްމުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ގައުމީ ފެންވަރެއްގައު ހޭލުންތެރި ކަމުގެ ޕްރޮގްރާމްތައް ދަނީ ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް