Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 21:25
އެމްޑީޕީގެ \"ރަށްވެހި ފަތިސް\" ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްޑީޕީގެ "ރަށްވެހި ފަތިސް" ޕޯސްޓަރު ހަރުކުރުމުގެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
އެމްޑީޕީގެ ކެމްޕެއިން
އަންނަ ހުކުރު ދުވަހު އެމްޑީޕީގެ ދޮރުން ދޮރަށް ފަށަނީ
އަންނަ ހުކުރު ދުވަހުގެ 14:00 ގައި ޑޯޓުޑޯ ފެށޭނެ
މި ހަރަކާތުގައި އެމްޑީޕީގެ ހުރިހާ ކެނޑިޑޭޓުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުންގެ ދޮރުން ދޮރަށް ފައްޓާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

Advertisement

އެމްޑީޕީގެ ކެމްޕެއިން މައި އޮފީހުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފް ވިދާޅުވީ މިމަހުގެ 6 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 14:00 އިން ފެށިގެން ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ދޮރުން ދޮރަށް ހަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ. މާލެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގައި ވާދަކުރާ އެމްޑީޕީގެ ހުރިހާ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމްތައް ހަރަކާތްތެރިވާނެ ކަމަށެވެ.

މިއަން ހުކުރު ދުވަހު، އެއީ 6 މާރޗުގައި މެންދުރު 14:00 އިންފެށިގެން މުޅި ރާއްޖޭގައި ޑޯޓުޑޯ އިވެންޓް ކުރިއަށްދާނެ، އަދި ހާއްސަކޮށް މާލެ ސިޓީގެ ހުރިހާ ދާއިރާއެއްގެ ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ ޑޯޓުޑޯ ހިނގަމުންދާނެ،
އެމްޑީޕީގެ ޑެޕިއުޓީ ސެކްޓަރީ ޖެނެރަލް އަދި ކެމްޕެއިން ސްޕޯކްސްޕާސަން އަފްޝަން ލަތީފް

މީގެއިތުރުން އަފްޝަން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ ބައިވެރިވުން ވަރަށް ކުޑަ ކަމަށާއި، ކައުންސިލްތަކަށް މަސައްކަތް ނުކުރެވޭނެ ހުރިހާގޮތެއް ހަދައި މާލޭގައި ހުންނަ މިނިސްޓްރީތަކުން ކަންކަން ހަމަޖައްސަން ޖެހުނު ކަމަށެވެ.

ރައީސް ޔާމީނަކީ ލާމަރުކަޒީ ނިޒާމާ ދެކޮޅު ބޭފުޅަކަށްވާތީ، ލާމަރުކަޒީކޮށް ރާއްޖެ ހިންގަން އެނގޭ، އެވިސްނުންހުރި ބަޔަކަށް ކައުންސިލްތައް ހަވާލު ކުރުން މުހިއްމު ކަމަށާއި ދިވެހިރާއްޖޭ ލާމަރުކަޒީ އުސޫލުން ހިންގަން އެނގޭ ހަމައެކަނި ބަޔަކީ އެމްޑީޕީކަމަށް ވެސް އަފްޝަން ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް