Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 16:49
ޖިންސީ ގޯނާކުރުމާއި ދެކޮޅަށް ބޭއްވި އިހްތިޖާޖެއްގެ ތެރެއިން
ޖިންސީ ގޯނާކުރުމާއި ދެކޮޅަށް ބޭއްވި އިހްތިޖާޖެއްގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ޖިންސީގޯނާ ކުރުމުގެ މައްސަލަ
14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދޮން ބައްޕަޔަކު ހައްޔަރުކޮށްފި
31 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައި
ޖިންސީގޯނާގެ މައްސަލަތައް ދަނީ ގިނަވަމުން

މެދު އުުތުރު ރަށެއްގައި، 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ދޮން ބައްޕައަކު ހައްޔަރު ކޮށްފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ ކުއްޖާގެ ދޮން ބައްޕަ ޖިންސީ ގޯނާކުރި މައްސަލަ ހުށައެޅިފައިވަނީ ހޯމަ ދުވަހު ކަމަށެވެ. އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރެވިފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި ފަހަކަށް އައިސް އަންހެން ކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ދަނީ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ. އޭގެ ތެރެއިންވެސް ކުޑަކުދިންނަށް ޖިންސީ ހާނިކަ ލިބޭ މައްސަލަވަނީ އިންތިހާއަށް ގިނަވެފައެެވެ. އާއްމުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ އެ މައްސަލަތައް އެންމެ އެކަށީގެންވާ ބާރުމިނުގައި ނުބެލޭތީއެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ މުއައްސަސާތައް ދޯހަޅިވުމުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

Advertisement

ޖެންޑަރ މިނިސްޓްރީން، ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 121 މައްސަލަ މިދިޔަ މަހު ރިޕޯޓްކޮށްފައިވާއިރު، އޭގެ ތެރެއިން 48 މައްސަލައަކީ ޖިންސީ ހާނިއްކައާ ގުޅޭ މައްސަލަތަކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް