Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 15:00
ބިލެތްދޫ ދާއިރާގެ އަހުމަދު ހަލީމު
ބިލެތްދޫ ދާއިރާގެ އަހުމަދު ހަލީމު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންނަށް ރަނގަޅަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކޯލިޝަންގެ ލީޑަރުން ވުޒާރާތަކާ ހަވާލުވުމަށް މެންބަރު ހަލީމް ގޮވާލައްވައިފި
ސަރުކާރު ތަންކޮޅެއް ލަސްކޮށް އުޅޭކަމަށް ބޭފުޅުންނަށް ދެކެވޭ ދެކެވުމަކީ ކޯލިޝަންގެ މައްސަލައެއް ކަމަށް ގަބޫލުކުރައްވާ ކަމަށް އަހުމަދު ހަލީމު ވިދާޅުވި
ކޯލިޝަނާ ހެދި ކަންކަން ނުކުރެވިގެން ލަސްވެގެންދާ ކަމަށް ގަބޫލުކުރައްވާ އަހުމަދު ހަލީމު ވިދާޅުވި

ސަރުކާރު ހިންގާ ކޯލިޝަން ބަދަހިކޮށް ބޭއްވުމަށާއި ރައްޔިތުންނަށް ރަނގަޅަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކޯލިޝަންގެ ލީޑަރުން ސަރުކާރުގެ ވުޒާރާތަކާއި ހަވާލުވުމަށް ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެންބަރ އަހުމަދު ހަލީމް(ދޮންބިލެއް) ގޮވާލައްވައިފި އެވެ.

Advertisement

ދިވެހިރާއްޖޭގެ ހަކަތައިގެ ބިލަށް ބަހުސްކުރައްވަމުން އަހުމަދު ހަލީމު ވިދާޅުވީ ރައްޔިތުން ކޯލިޝަން ސަރުކާރު ހޮވާފައިވަނީ ކޯލިޝަން ސަރުކާރެއް ބަދަހިކޮށް އޮވެގެން ކަމަށް ގަބޫލުކުރެވިގެން ކަމަށެވެ. އެހެންނަމަވެސް ސަރުކާރު ތަންކޮޅެއް ލަސްކޮށް އުޅޭކަމަށް ބޭފުޅުންނަށް ދެކެވޭ ދެކެވުމަކީ ކޯލިޝަންގެ މައްސަލައެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް އަހުމަދު ހަލީމު ވިދާޅުވި އެވެ. ކޯލިޝަނާ ހެދި ކަންކަން ނުކުރެވިގެން ލަސްވެގެންދާ ކަމަށް ޤަބޫލުކުރައްވާ އަހުމަދު ހަލީމު ވިދާޅުވި އެވެ.

އެހެންވީމާ އަޅުގަނޑު އެދެން ކޯލިޝަން ބަދަހިކޮށް އޮތުމަށްޓަކައި ކޯލިޝަން ގައި ތިއްބެވި ލީޑަރުން ސީދާ ލީޑަރުން މާމިގިނލި ދާއިރާގެ މެމްބަރ ގާސިމް އިބްރާހީމް ކުރީގެ ރައީސް މައުމޫން އަބްދުލްޣައްޔޫމް އެބޭފުޅުން ސީދާ ސަރުކާރަށް ވަޑައިގެންނަވާ. އަޅުގަނޑު ވަރަށް ބޮޑަށް އެދޭ އެދުމެއް ފިޝަރީޒް މިނިސްޓަރު މަޑުކޮށްލައްވާފައި ސީދާ ރައީސް މައުމޫން ފިޝަރީޒް މިނިސްޓްރީ އާ ހަވާލުވެވަޑައިގެންނަވަން. ގާސިމް އިބްރާހީމް ސީދާ ފިނޭންސް މިނިސްޓްރީ އާ ހަވާލުވެފައި އަދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އާ ގާސިމް އިބްރާހީމް ހަވާލުވުމަށް ވަޑައިގެންފިއްޔާ އަޅުގަނޑަށް ހީވަނީ މާރަނގަޅަށް ކޯލިޝަން ހިނގަމުންދާނެހެން.
ބިލެތްދޫ ދާއިރާގެ އަހުމަދު ހަލީމު

ހަލީމު ވިދާޅުވީ މިހާރުވެސް ކޯލިޝަންގެ އެއް ވަޒީރަކު ރަނގަޅު ނަމޫނާއެއް މިކަމުގައި ދައްކަވަމުން ގެންދަވާކަމަށެވެ. އެގޮތުން ހޯމް މިނިސްޓަރަކަށް ހުންނެވި އަދާލަތު ޕާޓީގެ ލީޑަރ އައްޝައިޚް އިމްރާން އަބްދުﷲ ގެ ނަން ފާހަގަކުރައްވާ އަހުމަދު ހަލީމު ވިދާޅުވީ މަޖިލީހުން ތެލިފޮޅިގެން ފުލުހުންނަށް ޤާނޫނަކުން ބާރުދީފައިވާ ކަަމަށެވެ.

ހަމަ ޤާނޫނަށް ބާރު ލިބޭއިރަށް އަފްރާޝީމާއި ދެން ހުރި މައްސަލަތަކުގެ މީހުން ހިފާ ހައްޔަރުކުރާނެ ކަމަށް ބުނު. ޤަނޫނު ބާރުދިނީމާ ވަރަށް ރަނގަޅަށް ޤާނޫނު ބައްލަވާފައި އެ ޤާނޫނުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ނުކުރެވޭނެހާ ގޮތަކަށް ކަންކަން ރާވައިގެން ހަމަ އެއްކަމެއްވެސް ނުކުރައްވާ އެބަ ހުންނެވި ހޯމް މިނިސްޓަރު ކަމުގައި. އެހެން ކަމެއް ނުކުރައްވާ އަޅުގަނޑުމެން ލައްވާ ރެޔާ ދުވާލު ޤާނޫނެއް ހައްދަވާފައި އަދި އަޅުގަނޑުމެންނަށް އަފްރަޝީމްގެ ކަމެއްވެސް ދެން އޮތްކަމެއްވެސް މީހެއްގެ މަރަށްވެސް ވީގޮތެއް އިނގެނީއެއް ނޫން. އަދި ހަރުކަށި ފިކުރުގެ މީހަކު ހައްޔަރުކުރިކަމެއްވެސް އިނގެނީއެއް ނޫން. އެއްވެސް ކަމެއް ނުކޮށް އެބަހުރި.
ބިލެތްދޫ ދާއިރާގެ އަހުމަދު ހަލީމު

މީގެއިތުރުން މިހާރު ލީކުވެގެން އުޅޭ އޯޑިއޯތަކަށް އިޝާރާތްކުރައްވާ އަހުމަދު ހަލީމު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމު ވަޒީރު ކަމުގައި ހުންނެވިނަމަ މިހާރު އެ ނިކުންނަ އޯޑިއޯ އާއި ވީޑިއޯ ފަދަ ތަކެތި ނުނިކުންނާނެ ކަމަށެވެ.

ގާސިމަށްވެސް ރައީސް މައުމޫނަށްވެސް ކޯލިޝަންގައި ތިއްބަވަންޏާ ބޮޑަށް ބަދަހިކުރަންޏާ އަޅުގަނޑުވެސް ގަބޫލުކުރަން ކޯލިޝަން ބަދަހިކޮށް އޮންނަންވާނެ. އެހެންވީމާ އެބޭފުޅުން ސީދާ ވަޒީރުކަމަށް ވަޑައިގެންނަވާ. ގާސިމަށް އިލްތިމާސްކުރަން އަދި އެއްވުޒާރާ އިތުރުކޮށް ޓްރާންސްޕޯޓް މިނިސްޓްރީއާ ވެސް ހަވާލުވުމަށް. އޭރުން މިވީޑިއޯތަކާއި އޯޑިއޯތައް ނިކުމެގެން ނުދާނެ. އޭރަށް ނިކުންނަންޏާ ނިކުންނާނީ ސީދާ އެމަނިކުފާނުގެ އަޑުފުޅުން .
ބިލެތްދޫ ދާއިރާގެ އަހުމަދު ހަލީމު

މިފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުން ގެންދަވަނީ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ވަކިން ޚާއްޞަކޮށް ކޯލިޝަންގައި ހިމެނޭ އެހެން ވުޒާރާތަކުގެ ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ފިޝަރީޒް މިނިސްޓަރާއި ހައުސިންގ މިނިސްޓަރ އިސްތިޢުފާ ދެއްވުމަށް މީގެކުރިން މެންބަރުން ވަނީ ގޮވާލައްވާފަ އެވެ. އަދި ކޯލިޝަން ސަރުކާރު ނިމުމަށް ގެނައުމަށްވެސް މެންބަރުން ވަނީ ގޮވާލައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް