Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 13:38
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ބިލުތަކާއި ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުން ބައްދަލުވުންތަކެއް ބާއްވަނީ
ގަސްތުކުރައްވަނީ މިހާރަށްވުރެ ފުޅާކޮށް މަޖިލީހުގެ އިދާރާގައި އާންމު ބައްދަލުވުންތަކެއްގެ ސިފައިގައި ބިލްތަކަށް ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށް

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކަށް ޢާންމުންގެ ޚިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާގައި ބައްދަލުވުންތަކެއް ބޭއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ޤަވާއިދުގައި ކޮންމެ ބިލަކާއި ގުޅޭގޮތުންވެސް ޢާންމުންގެ މަޝްވަރާ އަށް އެބިލެއް ހުޅުވާލެވޭނެކަމަށް ބުނެފައިވާކަމަށެވެ. މިދިޔަ ހަފުތާގައި ޢާންމު ކޮމިޓީގެ މުޤައްރިރާއި މަޖިލީހުގެ އަމީން ޢާންމާއި ކައުންސެލަރ ޖެނެރަލާއެކުގައި، ޢާންމުންނަށް މިފުރުޞަތު މިހާރަށް ވުރެ ފުޅާކޮށް ހުޅުވާލުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement

ރައީސް ނަޝީދު ވިދާޅުވީ މިހާރުވެސް މަޖިލީހުގެ އިދާރާއިން ބިލުތަކަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް އިޢުލާންކުރަމުންދާ ކަމަށެވެ. ނަމަވެސް ޤަސްތުކުރައްވަނީ މިހާރަށްވުރެ ފުޅާކޮށް މަޖިލީހުގެ އިދާރާގައި ޢާންމު ބައްދަލުވުންތަކެއްގެ ސިފާގައި ފުޅާ ދާއިރާއެއްގައި ބިލު ހުށަހެޅުއްވި މެންބަރާއެކު ކުރިޔަށް ގެންދެވޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެހެންވީމާ އަޅުގަނޑު ގަސްތުކުރަނީ އާންމުންގެ މަޝްވަރާއަށް ހުޅުވާލެވޭ ހިނދު އެކަން ހިނގައިގެން މިދަނީ އިބްތިދާޢީ ބަހުސް ނިމި މިބިލް ކޮމިޓީއަށް ދިޔުމުން ކޮމިޓީގެ މަސައްކަތުގެ ތެރޭގައި އާންމުންގެ މަޝްވަރާއަށް މިހުޅުވާލެވެނީ . އެހެންވީމާ އާންމުންގެ މަޝްވަރާއަށް ހުޅުވާލެވޭއިރު ބިލް ހުށަހަޅުއްވާ މެމްބަރާއި އަދި ސަރުކާރުގެފަރާތުން ހުށަހެޅޭ ބިލެއް ކަމަށްވާތީވެ ސަރުކާރުގެ ޕާޓީގެ މެޖޯރިޓީ ލީޑަރާއި އަދި ސަރުކާރުންވެސް މިބިލާއި ގުޅޭގޮތުން ދެއްވަން ބޭނުންވާ އިތުރު މައުލޫމާތެއްވެސް ދެއްވެވޭ ގޮތަކަށް މިތަނުގައި އިންތިޒާމުވެގެންދާނެ ގޮތަކަށް ހަފްލާއެއް އެއީ ކޮންމެ ބިލަކާމެދުގައިވެސް ރައްޔިތުންނަށް އެންމެ ބޮޑަށް ބައިވެރިވެވޭނެ ގޮތެއް ހޯދުމަށްޓަކައި.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މިހާރު ބިލުތަކަށް އާންމުންގެ ޚިޔާލު ހޯދަމުން އަންނަނީ ލިޔުމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް