Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 13:48
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ލާދީނިއްޔަތު ފަތުރަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ގަވާއިދަށް ނުފެތޭތީ ބަލައެއްނުގަތް
އަލީ އާޒިމް ވަނީ ނިޒާމީ މައްސަލަ ނަންގަވާ މިމައްސަލަ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ހުށަނޭޅޭނެކަމަށް ވިދާޅުވެފައި

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ލާދީނިއްޔަތު ފަތުރަން ބަޔަކު މަސައްކަތްކުރާތީ އެކަމާދެކޮޅަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީ ނޮޅިވަރަމް ދާއިރާގެ މެންބަރ މުޙައްމަދު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ޤަވާއިދަށް ނުފެތޭތީ އެމައްސަލަ ކުރިޔަށް ނުގެންދަން މަޖިލީހުގެ ރިޔާސަތުން ނިންމަވައިފި އެވެ.

Advertisement

ހޯމަ ދުވަހުގެ ޖަލްސާގައި ކުއްލި މައްސަލަ އެއް ހުށަހެޅިފައިވާކަމަށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެންބަރ އަލީ އާޒިމް ވަނީ ނިޒާމީ މައްސަލަ ނަންގަވާ މިމައްސަލަ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ހުށަނޭޅޭނެކަމަށް ވިދާޅުވެފަ އެވެ. އާޒިމް ވިދާޅުވީ މެންބަރު ނަޝީދު ހުށަހަޅުއްވާ ކުއްލި މައްސަލަ ބެއްލެވިއިރު މިކުއްލި މައްސަލަ ހުށަހެޅޭނެ އެއްވެސް ސަބަބެއް ކުއްލި މައްސަލައަކުން ނުފެނުނު ކަމަށެވެ.

170 ވަނަ މާއްދާގެ ށ ގައި ވަނީ މިމާއްދާގެ ހ ގެ ދަށުން ހުށަހެޅޭ ކުއްލި މައްސަލަ އަކީ ރައްޔިތުންގެ ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރުކުރާފަދަ ބޮޑުކަމެއް ކުއްލި އަކަށް ދިމާވުމުން އެކަމެއް ސަމާލުކަން ސަރުކާރަށް ގެނައުމަށްޓަކައި ހުށަހެޅޭ މައްސަލައެކޭ. އަޅުގަނޑަކަށް މިމައްސަލައަކުން އެއްގޮތަކަށްވެސް ނުފެނުނު. ރައީސް މަގްސަދު ހާސިލްވެގެންދާނެ އެހުށަހެޅުމުގެ ފުރުސަތު ލިބިގެންދިޔުމާއެކު އެމެމްބަރުގެ ހަމަ ޔަގީނުންވެސް މަގްސަދު ހާސިލްވާނެ. އެއީކީ މިގަވާއިދުގެ ދަށުން ކުރެވޭނެ ކަމެއްކަމުގައި ނުވާތީވެ ރައީސް ގެ ސަމާލުކަން ގެނައުމަށްޓަކައި ފުރުސަތުގެ ބޭނުންކުރީ.
މެދުހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް

އާޒިމް ނިޒާމީ މައްސަލަ ނަންގަވާ އެގޮތަށް ވިދާޅުވުމުން މަޖިލީހުގެ ރައީސް ވިދާޅުވީ ޢާންމުގޮތެއްގައި ކުރިޔަށް ގެންދަނީ މަޖިލީހަށް މައްސަލައެއް އައިސްފިނަމަ މެންބަރަކު އިއުތިރާޟު ނުކުރާނަމަ އެމަސައްކަތެއް ކުރިޔަށް ގެންދާ ގޮތައްކަމަށެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ ލީޑަރ މި މައްސަލަ ކުރިޔަށް ގެންދިޔުމަށް އިންކާރުކުރައްވާކަމަށް ނަޝީދު ވިދާޅުވި އެވެ. އެފަދަ ޙާލަތެއްގައި ލަފާ އަހަން ޖެހެނީ މަޖިލީހުގެ އިދާރާއިން، އަމީން އާންމާއި މަޖިލީހުގެ ކައުންސިލަރ ޖެނެރަލް އަރިހުން އާޒިމް ފާހަގަކުރައްވާފަދަ މައްސަލައެއް ނުވަތަ ނުކުތާއެއް ގަވާއިދުގައި ހިމެނޭތޯ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

މިމައްސަލާގައި މެންބަރުން ޚިޔާލުފާޅުކުރައްވަމުން ގެންދެވިއިރު އިދިކޮޅު ޕީޕީއެމްގެ މެންބަރ ނައިފަރު ދާއިރާގެ މެންބަރ އަޙްމަދު ޝިޔާމް ނިޒާމީ މައްސަލައެއް ނަންގަވާ ވިދާޅުވީ ނޮޅިވަރަމް ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަކީ މަޖިލީހުން ބަލައިގަންނަންޖެހޭ ކުއްލި މައްސަލައެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ޤަވާއިދުގެ 170 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ރައްޔިތުން ނުވަތަ ޤައުމުގެ މަޞްލަޙަތު ހިމެނިގެންވާ މުހިންމު ކަމެއް ކުއްލި މައްސަލައެއްގެ ގޮތުގައި ޖަލްސާއަކަށް ހުށަހެޅުމުގެ ފުރުޞަތު ކޮންމެ މެންބަރަކަށްވެސް ލިބިގެންދާނެ ކަންކަމަށް ޝިޔާމް ވިދާޅުވި އެވެ.

ހުށަހަޅުއްވާފައިވާ މައްސަލައަކީ ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ލާދީނިއްޔަތު ފަތުރަން ބަޔަކު މަސައްކަތްކުރާތީ އެކަމާދެކޮޅަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީ އެ އެބަފެތޭ ށ އަށް. 170 ވަނަ މައްދާގެ ށ ގައި ބުނަނީ މިމާއްދާގެ ހ ގެ ދަށުން ހުށަހެޅޭ ކުއްލި މައްސަލަ އަކީ ރައްޔިތުން ނުވަތަ ގައުމުގެ މަސްލަހަތަށް ސީދާ އަސަރުކުރާ ފަދަ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި ސަރުކާރުން އެކަމާމެދު އަޅާފައިވާ ނުވަތަ އަޅާފައިނުވާ ފިޔަވަޅަކަށް ފާޑުކިޔުމުގެ ގޮތުން. އެހެންވީމާ ވަރަށް ރަނގަޅަށް ކުއްލި މައްސަލައެއްގެ ގޮތުގައި އެބަޖެހޭ ފާހަގަކުރަން.
ނައިފަރު ދާއިރާގެ މެމްބަރ އަހުމަދު ޝިޔާމް

މިމައްސަލާގައި ގޮތެއް ނިންމަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިކަމުގައި ހަމައެކަނި ލަފައަކަށް އަހަން ޖެހެނީ މަޖިލީހުގެ އިދާރާގައި ކަމަށެވެ.

އަޅުގަނޑު އިތުރުކަމެއް މިކަމުގައި ކުރާކަށް ނުވެސްޖެހޭ. މަޖިލީހުގެ އިދާރާގައި އަޅުގަނޑު އަހަންޖެހެނީ. އަޅުގަނޑު ދެންނެވި ވާހަކައަކީ އާންމު ގޮތެއްގައި އަޅުގަނޑު މިދަނީ މިތަނަށް ހުށަހެޅޭ މައްސަލަތައް ވޯޓަށް އެހުމަށްފަހު ދެން އެވޯޓަކުން ފެންނަގޮތަކުން ނިންމަމުންނޭ. އެއީ މެމްބަރަކު އިއުތިރާޒު ނުކުރާނަމަ އޭ. މިއަދު ހުށަހެޅުނު މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަދި އެތައް އިއްޒަތްތެރި މެމްބަރުންނެއް އިންކާރު އެބަކުރޭ. އެހެންވީމާ އަޅުގަނޑު ނިންމީ އިދާރާގައި އަހާލުމަށް. އިދާރާއިންވެސް ވިދާޅުވީ މިއީ ކޮންމެހެން އަޅުގަނޑު ކުރަންޖެހޭ ކަމެއް ނޫންކަމެއް. އެހެންވީމާ މިއަދު މިކަމެއް އަޅުގަނޑު ނުކުރަން .
މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 170 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ ރައްޔިތުންގެ ނުވަތަ ޤައުމުގެ މަޞްލަޙަތު ހިމެނިގެންވާ މުހިންމު ކަމެއް، ކުއްލިމައްސަލައެއްގެ ގޮތުގައި، ޖަލްސާއަކަށް ހުށަހެޅުމުގެ ފުރުޞަތު ކޮންމެ މެންބަރަކަށްވެސް ލިބިގެންވާކަމަށެވެ.

މިމާއްދާގެ ށ ގައި ބުނެފައިވަނީ މި މާއްދާގެ (ހ) ގެ ދަށުން ހުށަހެޅޭ ކުއްލި މައްސަލައަކީ، ރައްޔިތުންގެ ނުވަތަ ޤައުމުގެ މަޞްލަޙަތަށް ސީދާ އަސަރުކުރާފަދަ ބޮޑުކަމެއް ކުއްލިއަކަށް ދިމާވުމުން، އެކަމެއް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި، ސަރުކާރުން އެކަމާމެދު އަޅާފައިވާ ނުވަތަ އަޅާފައިނުވާ ފިޔަވަޅަކަށް ފާޑުކިއުމުގެ ގޮތުން، އަދި، މައްސަލަ ހުށަހެޅުމަށް މި ޤަވާއިދުގައި އޮންނަ އުޞޫލުން ހުށަހަޅައިފިނަމަ، އެކަމުގެ މުޢާލާތް ކެނޑިދާނެތީ، ނުވަތަ ވަގުތު ފާއިތުވެދާނެތީ، ހުށަހަޅާ މައްސަލައެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
2 މާރޗް 2020 | ހޯމަ 14:19
ޖުލައި
މުހިންމު ވާނީ ކިހާވަރެއް ވީމަތޯ؟