Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 11:37
އަލިފާން ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރި ވަނީ
އަލިފާން ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރި ވަނީ
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
ބިގްމޭން ކެފޭގައި ރޯވެ އެކަކު ފިހިއްޖެ
ކެފޭގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ
އަލިފާނުގެ ހާދިސާގައި ފިހިގެން ބިދޭސީއަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން
އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 8:00 ގައި

ޗާންދަނީ މަގުގައި ހުންނަ ބިގްމޭން ކެފޭގައި ރޯވެ އެކަކު ފިހިއްޖެއެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެމުން އެމްއެންޑީއެފުން ބުނެފައިވަނީ، ޗާންދަނީ މަގުގައި ހުންނަ "ބިގް މޭން އެންޑް ކޯ" ކެފޭގެ ބަދިގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ ހޯމަ ދުވަހުގެ ހެނދުނު 8:00 ހާއިރުކަމަށެވެ.

Advertisement

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ޙާދިސާގެ ރިޕޯޓު ލިބުނުތާ 30 މިނިޓް ތެރޭގައި ކޮންޓްރޯލްކޮށްފައިވާއިރު، އަލިފާނުގެ ޙާދިސާގައި ފިހިގެން ބިދޭސީއަކަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މި ޙާދިސާގައި ކެފޭގެ ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ، ޙާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ބަލަމުންދާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް