Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 11:35
އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބެވި މެމްބަރުން
އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބެވި މެމްބަރުން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަން
އިލެކްޝަންސް ކޮމިޝަންގެ ހުސްވާ މަގާމަށް، އަކްރަމް، ފަޔާޒު، ހަނީފާ އަދި މަންސޫރު!
މިހާރު އަކަރަމް އަދާކުރާ ކޮމިޝަނުގެ މެމްބަރުކަމުގެ ދައުރު ހަމަވާނީ މިމަހުގެ 23 ވަނަ ދުވަހު
ފަޔާޒަކީ އީސީގެ ކުރީގެ ނައިބު ރައީސް
ހަނީފާ އަކީ އީސީގެ ކުރީގެ ގާނޫނީ ވަކީލު

އިލެކްޝަންސް ކޮމިޝަނުގައި ހުސްވާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލެއްތި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ފެނިވަޑައިގަންނަވާ ހަތަރު ބޭފުޅެއްގެ ނަން މަޖިީހުގައި އިއްވައި، އެނަންތައް ދިރާސާކުރުމަށް ކަމާބެހޭ ކޮމެޓީއަށް ފޮނުވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޞާލިހު ފޮނުއްވާފައިވާ ބޭފުޅުންގެ ތެރެއިން ލިސްޓުގެ އެއްވަނާގައި އޮތީ، މިހާރުވެސް އެކޮމިޝަނުގެ ނައިބު ރައީސް އަދި އެ ކޮމިޝަނުގެ ތަރުޖަމާނު އަޙްމަދު އަކްރަމެވެ. ދެވަނާގައި އޮތީ، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަޙްމަދު ފަޔާޒު ހަސަނެވެ. އެކޮމިޝަނުގެ ކުރީގެ ޤާނޫނީ ވަކީލު މަރިޔަމް ޙަނީފާ ޚާލިދުގެ ނަން ތިންވަނާގައި އޮތްއިރު، ހަތަރު ވަނާގައި އޮތީ އަޙްމަދު މަންސޫރު ވ. ރިވެތި އެވެ.

Advertisement

އިލެކްޝަންސް ކޮމިޝަނުގައި އަކްރަމް އަދާކުރަމުންދާ މަޤާމުގެ މުއްދަތު މި މާރޗު މަހުގެ 23 ވަނަ ދުވަހަށް ހަމަވާނެ އެވެ. އެހެންކަމުން އަކްރަމް މިވަނީ ދެވަނަ ދައުރަކަށްވެސް އެކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތި ލައްވާފަ އެވެ. އަކްރަމަކީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، އަމާންކަމާއި އޮމާންކަމާއެކު ބޭއްވުމުގައި އިލެކްޝަންސް ކޮމިޝަނުގައި އިސް ދައުރެއް އަދާކުރެއްވި އެކޮމިޝަނުގެ މެންބަރުގެ އިތުރުން ތަރުޖަމާނު ވެސް މެއެވެ.

ފަޔާޒަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާޠިލު ކުރިއިރު އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ދުވަސްވަރު، ހިނގާދިޔަ ކަންތައްތަކަކާއި ގުޅިގެން ސުޕްރީމް ކޯޓުން ސުމޯޓޯ މައްސަލައެއް ބަލައި، އެކޮމިޝަނުގެ މެންބަރުކަމުން ވަކި ކުރެއްވި އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސެވެ. އެ ދުވަސްވަރު އިލެކްޝަންސް ކޮމިޝަނުގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވީ ހަނީފާ ޚާލިދު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް