Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 11:18
އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ޤައުމީ އިސްތިރާޖީ ފްރޭމްވާރކް އިފްތިތާހްކޮށްދެއްވުން
އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ޤައުމީ އިސްތިރާޖީ ފްރޭމްވާރކް އިފްތިތާހްކޮށްދެއްވުން
ޔޫސުފް ސޮފްވާން ރަޝީދު
އެންވަޔަރަމެންޓް މިނިސްޓްރީ
ގްރީން ކްލައިމެޓް ފަންޑް އެހީ ހޯދުމަށް ތައްޔާރުކުރި ޤައުމީ އިސްތިރާޖީ ފްރޭމްވާރކް އިފްތިތާހްކޮށްފި
މި ފްރޭމް މަރކަކީ ގާތްގަނޑަކަށް 1 އަހަރުދުވަހުގެ މަސައްކަތުގެ ނަތީޖާ
ކުރިއަށް އޮތް 5 އަހަރު ދުވަހު ރާއްޖެއިން ތައްޔާރުކުރާ ޕައިޕްލައިންގެ ގޮތުގައި ވަނީ ޖުމަލް 438 މިލިއަން ޑޮލަރު ހޯދުމަށް ހިމަނާފައި
ޤައުމީ އިސްތިރާޖީ ފްރޭމްވާރކްގައި 31 ޕްރޮޖެކްޓް ކޮންސެޕްޓް ވަނީހިމަނާފައި

"ގްރީން ކްލައިމެޓް ފަންޑް" (ޖީ.ސީ.އެފް.) ގެ އެހީ ހޯދުމަށް، ރާއްޖޭގެ ފަރާތުން ކުރިއަށް އޮތް 5 އަހަރު ދުވަހު އިސްކަންދޭނެ ދާއިރާތައް ކަނޑައަޅާ ތައްޔާރުކުރެވުނު "ޤައުމީ އިސްތިރާޖީ ފްރޭމްވަރކް" އިފްތިތާޙްކޮށްފިއެވެ.

ހޯމަ ދުވަހުގެ ހެނދުނު ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މައްސަލަތަކައް ޙައްލުހޯދުމަށް އެކުލަވާލެވިފައިވާ، އ.ދ. ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭމުއާހަދާގެ ދަށުން އެކުލަވާލެވިފައިވާ ބައިނަލްއަޤުވާމީ ފަންޑެއް ކަމަށްވާ "ގްރީން ކްލައިމެޓް ފަންޑް" (ޖީ.ސީ.އެފް.) ގެ އެހީހޯދުމަށް، ރާއްޖޭގެ ފަރާތުން ކުރިއަށް އޮތް 5 އަހަރު ދުވަހު އިސްކަންދޭނެ ދާއިރާތައް ކަނޑައަޅާ ތައްޔާރުކުރެވުނު "ޤައުމީ އިސްތިރާޖީ ފްރޭމްވަރކް" ނުވަތަ "ނެޝަނަލް ސްޓްރެޓީޖިކް ފްރޭމްވަރކް ޓު މޮބިލައިޒް އިންޓަރނޭޝަނަލް ކްލައިމެޓް ފައިނޭންސް އިން ދަ މޯލްޑިވްސް" އިފްތިތާޙުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދުއެވެ.

މި ފްރޭމްވަރކަކީ، ޖީ.ސީ.އެފް އާއި އދ. ގެ ތިމާވެށްޓާބެހޭ ޖަމިއްޔާގެ އެހީލިބިގެން ކުރިއަށްގެންދެވޭ މަޝްރޫޢެއްގެ ދަށުންއެކުލަވާލެވުނު ފްރޭމްވަރކެކެވެ. މި ފްރޭމްވަރކް ތައްޔާރުކުރުމުގެ މަސައްކަތް އިފްތިތާޙުކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި އޭގެ ފަހުން ގިނަ މަޝްވަރާ ބައްދަލުވުންތައް ބޭއްވި، މި ފްރޭމްވަރކަކީ ގާތްގަނޑަކަށް 1 އަހަރުދުވަހުގެ މަސައްކަތުގެ ނަތީޖާއެވެ.

Advertisement

މި ފްރޭމްވަރކްގައި، ޖީ.ސީ.އެފް. އަށް 2020 އިން ފެށިގެން ކުރިއަށް އޮތް 5 އަހަރު ދުވަހު ރާއްޖެއިން ތައްޔާރުކުރާ ޕައިޕްލައިންގެ ގޮތުގައި ވަނީ ޖުމުލަ 438 މިލިއަން ޔޫ.އެސް. ޑޮލަރު ހޯދުމަށް 31 ޕްރޮޖެކްޓް ކޮންސެޕްޓް ވަނީ ހިމަނާފައެވެ. މި ޕައިޕްލައިން އެކުލަވާލެވިފައިވަނީ ސަރުކާގެ ކަމާބެހޭ މިނިސްޓްރީތަކާއި، ކައުންސިލްތަކާއި، މަދަނީ ޖަމާޢަތްތަކާއި، އަދި މިދާއިރާގައި ޙަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކުގެ ޚިޔާލާ މަޝްވަރާވެސް ފުޅާދާއިރާއެއްގައި ހޯދިގެންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޖީ.ސީ.އެފް. އިން އެހީދޭ ހުރިހާ ދާއިރާތަކެއްގެ މަޝްރޫޢު މި ޕައިޕްލައިންގައި ވަނީ ހިމަނާފައެވެ.

މީގެ ތެރޭގައި ގޮނޑުދޮށް ޙިމާޔަތްކުރުން، ދިރޭތަކެތީގެ ނަޞްލުތައް ރައްކާތެރިކުރުން، ދަނޑުވެރިކަން، މަސްވެރިކަން، ފަތުރުވެރިކަން، އިޔާދަކުރަނިވި ހަކަތަ އަދި ދަތުރުފަތުރު ފަދަ ދާއިރާތައް ހިމެނެއެވެ. މި ޕައިޕްލައިންގައި ހިމެނޭ މަޝްރޫޢުތަކަކީ ސަރުކާރުން މިހާރު ތަންފީޒުކުރަމުން ގެންދާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ވެސް އެހީތެރިވެދޭ މަޝްރޫޢުތަކަކައް ވެގެންދާނެއެވެ. މިގޮތުން ޖަޒީރާ ދިރިއުޅުމާއި ނޫ އިޤްތިސާދު ކުރިއެރުންފަދަ ލަނޑުދަނޑިތަކަށް ވަކިން ޚާއްޞަކޮށް މި މަޝްރޫޢުތަކުން ބާރުއަޅާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
2 މާރޗް 2020 | ހޯމަ 15:07
ހާދު
ސަރުކާރުގެ ހިންގުމުގައި އެމް.ޑީ.ޕީ ނުން ވަޒީރުންގެ ޕާރފޯމަންސް މާރަނގަޅު ކަމަށް ފާހަގަ ކުރެވޭ. އެހެންވެ އެމިނިސްޓްރީތައް ހަލާކުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން. ހުސައިނުގެ މިނިސްޓްރީގެ ގިނަ މަސައްކަތްވެސް މިހާރުވަނީ އަސްލަމާއި ހަވާލުކޮށްފަ އަދި ބާކީ ހުރި ކަންތައް އަބްދު ﷲ ޝާހިދާއި ހަވާލުނުކޮށްގެން މަރުފަލިޖަހަނީ.