Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 09:51
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ކުރީގެ ނައިބު ރައީސް ޑރ ޖަމީލް
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި ކުރީގެ ނައިބު ރައީސް ޑރ ޖަމީލް
ރާއްޖެއެމްވީ
ރައީސް ޔާމީން
ޔާމީނަކީ ބޮޑު "ފިނޑިއެއް" ކަމަށް ވިދާޅުވި ޑރ. ޖަމީލަށް ބޮޑަށް ރަނގަޅުވާނީ ޔާމީން ޖަލުގަ ހުންނެވިއްޔާ: އިންތި
ޔާމީން ޖަލަށް ހުކުމް ކުރުމާއި ގުޅިގެން، ޕާޓީގައި ހުސްވެފައިވާ މަގާމަށް ގިނަ ބަޔަކު މަސައްކަތް ކުރޭ
ޔާމީން ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން
ޖަމީލް މީގެކުރިން ވަނީ ރައީސް ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި

ކުރީގެ ރައީސް ޔާމީނަކީ ބޮޑު ފިނޑިއެއްކަމަށް ދިވެހި ރައްޔިތުން ކުރިމަތީ ސިފަކޮށްދިން ޑރ ޖަމީލަށް ބޮޑަށް ރަނގަޅުވަނީ ޔާމީން ޖަލުގައި ހުންނެވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ވާހަކަދައްކަވަމުން، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ސްޕޯކްސްޕާރސަންކަންވެސް ކުރައްވަމުން ގެންދަވާ އިންތި ވިދާޅުވީ، މަނީ ލޯންޑްރިނގް ގެ ކުށް ސާބިތުވެ ކުރީގެ ރައީސް ޔާމީން ޖަލަށް ޙުކުމް ކުރުމާއި ގުޅިގެން، ޕާޓީގައި ހުސްވެފައިވާ މަޤާމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދާކަމަށެވެ. އިންތި ވިދާޅުވީ، ޑރ ޖަމީލް ބޮޑަށް އެދިވަޑައިގަންނަވާނީވެސް ރައީސް ޔާމީން ޖަލުގައި ހުންނެވުންކަމަށެވެ. އިންތި ވިދާޅުވީ، މިހާރު ދިފާޢުގައި ހުންނެވިއަސް، ޑރ ޖަމީލަކީ އެތައް ރައްޔިތުންނެއްގެ ކުރިމަތީގައި ޔާމީނަކީ ބޮޑު ހިޔާނާތްތެރިއެއްކަމަށާއި، ބޮޑު ފިނޑިއެއްކަމަށް ސިފަކުރެއްވި ބޭފުޅެއްކަމަށެވެ.

އިހަކަށް ދުވަހު އަޅުގަނޑުމެންނަށް އަޑުއިވިގެންދަނީ، ޔާމީންއަކީ ބޮޑު ފިނޑިއެކޭ، ބޮޑު ހިޔާނާތްތެރިއެކޭ، ޔާމީންއާއި އެކު އެއްވެސް ހިނދުކޮޅަކަށް ގައުމު ދޫކޮށްލެވިގެން ނުވާނެކަމަށް. އެތައް ބައެއްގެ ކުރިމަތީގައި ޖަލްސާތަކުގައި ދެއްކެވި ވާހަކަތަކުގެ ވީޑިއޯއާއި އޯޑިއޯ ރެކޯޑިނގް އާއި އެކުގައި އެހުންނެވީ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ

އިންތި ވިދާޅުވީ ކުރީގެ ރައީސް ޔާމިނުގެ ހަޤީޤީ އަނިޔާވެރިކަން އެންމެ ގާތުން ފެނުނު އެއްބޭފުޅަކީ ޑރ ޖަމީލުކަމަށެވެ. ރައީސް ޔާމީނުގެ ދައުރުގައި އެންމެ ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. ޖަމީލް އެ މަޤާމުން ދުރުކުރެއްވުމުން ރައީސް ޔާމީނަށް އޭރު ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ކޮށްފައި ހުރި ކޮރަޕްޝަނުގެ ޢަމަލުތަކާއި ރައީސް ޔާމީނާއި ގުޅޭ ގޮތުންވެސް އެތައް ތުހުމަތުތަކެއް ކުރައްވާފައިވެއެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއިން ހުރިހާ ގޮނޑިތަކަށް ވާދަކުރަން ނިންމި ހިސާބުން ޑރ. ޖަމީލް ވަނީ ކޯލިޝަން މަސައްކަތުން ވަރަށް ބޮޑަށް ފެޔަށް ޖެހިވަޑައިގެންފައެވެ. އަދި މިހާރުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅަކީވެސް ޑރ. ޖަމީލެވެ.

ރައްޔިތުންގެ މަޖިލީހުގެ 78 މެންބަރުންގެ އަޣުލަބިއްޔަތުން ނައިބު ރައީސްކަމުގެ މަޤާމުން ޖަމީލު ދުރުކުރެއްވުމަށް ފަހު، އެ މަޤާމަށް މަޖިލީހުން ޢައްޔަނު ކުރެއްވީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙްމަދު އަދީބެވެ. އަދީބު އެ މަޤާމަށް ޢައްޔަނު ކުރީ ޖަމީލުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ފާސްކުރިތާ ޖެހިގެން އައި ދުވަހުއެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް