Advertisement
ކ. މާލެ
|
2 މާރޗް 2020 | ހޯމަ 08:26
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާތަކެތި
ޕޮލިސް
ފުލުހުން
ދެ ކޭސް ބަނގުރަލާއެކު ފަސް ދިވެހިން ހައްޔަރުކޮށްފި
ދެ ކޭސް ބަނގުރާ ފެނިފައިވަނީ، އެ މީހުން ހުޅުމާލެ މުދާ ޖެޓީ ސަރަހައްދުން ހުއްޓުވައި ބަލައި ފާސްކުރި އިރު
މި މީހުން ހައްޔަރުކޮށްފައިވަނީ، މިދިޔަ ފެބްރުއަރީ 29 ގައި
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން

ދެ ކޭސް ބަނގުރަލާއެކު ފަސް ދިވެހިން ހައްޔަރުކޮށްފައިވާކަމަށް މޯލްޑިވިސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.

މިކަން ހާމަކޮށް އާދިއްތަ ދުވަހު ފުލުހުން ބުނެފައިވަނީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލޭގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދެ ކޭސް ބަނގުރަލާއެކު ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.

ހުޅުމާލޭ މުދާ ޖެޓީ ޞަރަޙައްދުގައި ބަޔަކު ބަނގުރާ އުފުލާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 21 އަހަރުގެ މީހަކާއި، 28 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި، 22 އަހަރުގެ މީހެއްގެ އިތުރުން 29 އަހަރުގެ މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ، މިދިޔަ ފެބްރުއަރީ މަހުގެ 29 ގައެވެ.

Advertisement

ދެ ކޭސް ބަނގުރާ ފެނިފައިވަނީ، އެ މީހުން ހުޅުމާލެ މުދާ ޖެޓީ ޞަަރަޙައްދުން ހުއްޓުވައި ބަލައި ފާސްކުރި އިރުއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް